2019 ވަނަ އަހަރަށް ފާސްކޮށްފައިވާ 30 ބިލިއަން ރުފިޔާގެ ތަނަވަސް ބަޖެޓަކީ، އާ ސަރުކާރުން އެންމެ ބޭނުންވި ގޮތަށް ތައްޔާރުކޮށްފައި އޮތް ބަޖެޓެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ވިދާޅުވެއްޖެއެވެ.

އއ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު އެއަތޮޅު ފެރިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ޞޯލިޙް ވިދާޅުވީ، އާ ސަރުކާރުން ބޭނުންވި ހުރިހާ ކަމެއް، ލިބުނު ކުޑަވަގުތުކޮޅުގެ ތެރޭގައި، އަންނަ އަހަރުގެ ބަޖެޓުތެރެއަށް ލެވޭގޮތްވެފައި ނުވާ ކަމަށެވެ.

"އަންނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ، އަޅުގަނޑުމެން އެންމެ ބޭނުންވި ގޮތަށް އޮތް ބަޖެޓެއް ނޫން. އެއީ ކުރީ ސަރުކާރުން އަޅުގަނޑުމެންނަށް ވާރުތަވި ބަޖެޓެއް." ރައީސް ޞޯލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެންމެ ބޭނުންވާ ގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި ޕްރޮޖެކްޓުތައް ނުހިމެނުނު ނަމަވެސް، 2020 ވަނަ އަހަރަށް އެކަށައަޅާ ބަޖެޓް އެކަށައަޅާނީ، ސަރުކާރުގެ ވަޢުދުތައް ފުއްދުމަށް އަމާޒު ހިފައިގެން ކަމަށާއި، އެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.

ރައީސް ޞޯލިޙް މިހެން ވިދާޅުވި ނަމަވެސް، ބަޖެޓް އެކުލަވާލުމަށް އެއް މަސް ދުވަހުގެ މުއްދަތެއް އިންތިޚާބުވި ސަރުކާރަށް ފިނޭންސް މިނިސްޓްރީން ދީފައިވެއެވެ. އަދި އެމުއްދަތުގެ ތެރޭގައި އިންތިޚާބީ ސަރުކާރުން ވަނީ އާ ސަރުކާރުން ހިންގަން ބޭނުންވާ އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ބަޖެޓުގައި ހިމަނަންވެސް ހިމަނާފައެވެ.

ނަމަވެސް، ބަޖެޓް ހުށަހެޅި ދުވަހުވެސް ސަރުކާރުން ވިދާޅުވެފައިވަނީ ބަޖެޓަކީ ސަރުކާރުން އެންމެ ބޭނުންވާ ގޮތަށް އެކުލަވާލެވިފައިވާ ބަޖެޓެއް ނޫން ކަމަށާއި، ވައުދުތައް ފުއްދުމަށް އަހަރުގެ ފަހުކޮޅަށް ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހިދާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ 30.25 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްކޮށްފައިވަނީ، މަޖިލީހަށް ހާޒިރުވެ ވޯޓްގައި ބައިވެރިވި 73 މެންބަރުންގެ އިއްތިފާގުންނެވެ. މިއީ ފާއިތުވި ފަސް އަހަރު ތެރޭގައި މަޖިލިސް މެންބަރުންގެ އިއްތިފާގުން ބަޖެޓް ފާސްކުރި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރާއްޖެ

    ކަލޯ ނުކިޔަވާ ހުރީމަ އެހަދަން ޖެހުނީ ޔާމީނަށް. ރީތިވެއްޖެއެއްނު؟

  2. ބަޖޭ

    ފާސްކުރި ބަޖެޓަކީ އީވާގެ އެދުމަކަށް އަލަންއައިސަރުކާރުގެ ތެރެއަށް އިތުރުކުރި މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނަށް ކާރާ، ޑްރައިވަރާ، ކާރުޕާކުކުރާނެތަންތަކާ އެމީހުންގެ މުސާރައަށް ޚަރަދު ކުރުމަށް އިތުރު ކޮށްފައިވާ ފައިސާ ހިމަނައިގެން ފާސްކޮށްފައިވާ ބޮޑު ބަޖެޓެއް އެއީ ޔާމީނަށް ބެހޭ ކަމެއްނޫން، ކުރީގެ ސަރުކާރުން ވަނީ ވަރަށްބޮޑެތި މަޝްރޫޢުތަކެއް ނިންމައިފައި މިސަރުކާރުން އަދިވެސް ކޯލިސަންގެ ކޯޅުމުގައި އުޅޭތީ ވަރަށް ފޫހިވެއި ރައްޔިތުންނާމެދު ވިސްނައެއްނުލައި ޕާޓީ މީހުނައިގެން މަރުދެނީ

  3. އަހްމަދު

    މިސަރުކާރުން ބޭނުންވިގޮތައް ބަޖެޓުތައްޔާރުކުރިނަމަ 40 ބިލިޔަންރުފިޔާއައް އެރީސްތާ ނަސީބެއްނު އެކަހަލަ ފުރުސަތެއްނުދިންކަން

  4. ޢަހަންމާ

    އާން. މޮޅުއެއްޗެއް ކިޔާގެންތާދޯ އެއްވެސް ކަމެއް ނުމޮށް ބަޖެޓު ކާލެވޭނީ. ލާދީނީ ގޮލާ

  5. ދދދދ

    ކަލެއަށް ޔާމީން ފަރާތުން ބަހެއް ދަސް ވެފަ ތިއޮތީ.

  6. ޖޮއްބެ

    ބަޖެޓަކީ ވާރުތަވާ އެއްޗެއްތަ؟ ސޯލިހޫ.

  7. ސަގަރު

    އަނހާ ދެން ކީއްވެ ބޯގޅލީ.

  8. ހުސޭނުބޭ

    އެހެންވިއްޔާ ވާރުތަ މުދަލޭ ކިޔާފައި ބަޖެޓްވެސް ގުންކިޔާފައި ދިރުވާލަ! ބަޖެޓް ވާރުތަވީއިރު ކުރީ ސަރުކާރުން ކޮށްފައިހުރި ބޮޑެތި ގިނަގުނަ މަސައްމަތެއް ވާރުތަނުވޭދޯ! ނޫނިއްޔާ ވާރުވާ އެއްޗެއް ކީއްވެތަ ގިނަވެފައި އެ އޮތީ! ތީ ހަމަ ޕާޓީކުދިންނަށް ކާންދޭން ހެދި ބަޖެޓެއް!

  9. Miadhu

    މިފަހަރު ދޮގެއްހަދާލައިފި ތިވެރިން ބޭނުންވާ އިސްލާހު ހުށައަޅަން ފުރުސަތުދިން އިސްލާހުތަށް ހުށައެޅީމު ފާސްކޮށްދިން ނިމިދިޔަ ސަރުކާރުން ވާރުތަކުރި ބަޖެޓެއްނަމަ 19 މިނިސްޓްރީ ޚަރަދާއެކު ނުއޮތީސް މުޅިބަޖެޓް ސިޔާސީ މުސާރައަށް ބައި އަޅާފައި ރައިއްޔަތުމީހާއަށް ކަމެއްކޮށްނުދޭން އެހެންބައެއްގެ ބޮލަށް ތުޅާފައްތަނީދޯ

  10. އަބޯ

    އަންނަ އަހަރުގެ ބަޖެޓަކީ ކުރީސަރުކާރުން ވާރުތަވި އެއްޗެއްނޫން ކުރީސަރުކާރުން ވާރުތަވީ 2018 ގެ 43 ދުވަހުގެ ބަޖެޓް .ފްލޯކު ވާހަކަޔަށް އަރާ ތިބޭމީހުން ހަމަޖެހޭ ވާހަކައެއް ނުދައްކާނެ. ދައްކާނީ ހުސް ފްލޯކް ދޮގު ބަހަނާ ތަކާ ދޮގު ވާހަކަތައް.