މާލޭގައި މިއަދު ހިނގާދިޔަ ސިމެންތި ބަސްތާއެއް ވެއްޓުމުގެ ހާދިސާއެއްގައި ކުޑަ ކުއްޖަކަށް އަނިޔާވުމާއެކު، އިމާރާތް ކުރުމަށް ސިޓީ ކައުސިލުން ދޭ ހުއްދަ މަޑުޖައްސާލައިފިއެވެ.
އިމާރާތް ކުރުމަށް ދޭ ހުއްދަ ދިނުން ސިޓީ ކައުންސިލުން މަޑު ޖައްސާލާފައިވާ ކަމަށް، ކައުންސިލުން ބުނެފައި ވާ އިރު، އެ ފިޔަވަޅު އެޅީ، މިއަދު ހިނގާ ދިޔަ ހާދިސާއާ ގުޅިގެން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
އެގޮތުން މިވަގުތު ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތަކީ އެފަދަ މައްސަލަތައް ހައްލުކުރުމަށް އެޅެން އޮތް ފިޔަވަޅުތައް ބަލާ އެކަންކަން ހައްލުކުރާނެ ގޮތްތަކެއް ހޯދުން ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މ. ނަލަހިޔާ ކައިރީގައި، "ޑަބްލިޔު ކޮންސްޓްރަކްޝަން" ނަމަކަށް ކިޔާ ކުންފުންޏަކުން ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި އަނިޔާ ވެފައި ވަނީ އުމުރުން ނުވަ އަހަރުގެ ބަންގްލަދޭޝް ކުއްޖަކަށެވެ. ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 10:45 ގައިކަމަށް އެފަރާތުން ބުނެފައިވެއެވެ.
އައިޖީއެމްއެޗްއިން ބުނެފައި ވަނީ ސިމެންތި ބަސްތާއިން ޖެހުނު ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި، މިހާރު ދަނީ ކުއްޖާގެ އޮޕަރޭޝަނެއް ކުރެވެމުން ކަމަށެވެ.
މިޙަބަރު ކިޔާފަ ވަރަށް ދެރަވެއްޖެ އަވަސް ޝިފާ އަކާަސް އެދެން
ޙިތާމަވެރި ހާދިސާއެއް ހިނގީމަ ނޫނި ފިޔަވަޅު ނާޅާތި. މާލޭގެ މީހުންނަކީ ރާއްޖެތެރޭގެ ރައްޔަތުން ފެލާލައިގެން އުފަލުގަ އުޅޭ ބައެއް. ނުބީހެޏާ ކަނޑާ ހަމަޔަށް ބުނާހެން ހޮތާމަވެރި ހާދޮސާއެއް ހިނގަންދެން އޯކޭ ކޮންމެ ގޮތަކަށް ބަޔަކު އުޅުނަސް. ގަވާއިދާ ހިލާފަށް ބަޔަކު އުޅުނަސް ފިޔަވަޅު ނެޅޭނެ. ފިޔަވަޅު އަޅަން ބަލާއިރު ކޮންމެވެސް މަޖްލިސް މެމްބަރެއްގެ ހިއްސާ. ކޮންމެވެސް މުއްސަންޖެއް. ޏުފޫޒު ގަދަ މީހެއް.