މ.ހާޑްރޮކް ދެވަނަ ފަންގިފިލާގައި ކަރަންޓް ޝޯޓްއެއްވެ، ހިނގި އަލިފާންނުގެ ހާދިސާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފިއެވެ.

އެމްއެންޑީއެފް އިން ހާމަކޮށްފައިވާ ގޮތުގައި އަލިފާނުގެ މިހާދިސާގެ ޚަބަރު އެފަރާތްތަކަށް ލިބިފައިވަނީ މިރޭ 0028 ހާއިރު އެވެ. އަދި މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ 0057 ގައި ކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ. މިހާދިސާގައި އަލިފާންގެ ހާދިސާ ހިނގި ގެޔަށް ލިބުނު ގެއްލުންވަނީ ސާފުވާގޮތް ނުވެފައެވެ.

އެމްއެންޑީއެފްއިން އިތުރަށް ބުނެފައިވަނީ އަލިފާނުގެ ސަބަބުން ދުން ބޭރު ކުރުމަށް އެފަރާތްތަކުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު