ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ޢަބްދުއްލަތީފް މުޙައްމަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފްގެ މުއައްސިސްކަމުގައި އެންމެ ފުރަތަމަ ކުރީގެ ރައީސް އަޙްމަދު އަދީބު ސޮއި ކުރައްވައިގެން އުފެއްދެވި މޯލްޑިވްސް ތާރޑްވޭ ކޮންގްރެސްޓްސް (އެމްޓީޑީ) އުފެއްދުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ލަތީފް ސަރުކާރަށް ފާޑުވިދާޅުވެފައިވަނީ ސަރުކާރުން އަދީބްއާ މެދުގައި ތަފާތުކުރުން ގެންގުޅޭ މައްސަލައިގައެވެ.

މެމްބަރު ޢަބްދުއްލަތީފް މުޙައްމަދު ވިދާޅުވީ، އަޙްމަދު އަދީބަކީ، ޖަލުގައި އޮތް މީހެއް ކަމަށާއި، އަޙްމަދު އަދީބަށް ޕާޓީ ހިންގެންވީ ކީތްވެގެންތޯ ވަރަށް ގިނަ ފަހަރަށް ވަރަށް ގިނަ ފަރާތްތަކުން ވިދާޅުވާ ކަމަށާއި، ނަމަވެސް ޤާނޫނު އަސާސީއާއި ޤާނޫނު ތަންދޭ މިންވަރަކުން އަޙްމަދު އަދީބަށް އެ ހައްޤު އޮންނަންޖެހޭނެ ކަމަށެވެ.

"ކީތްވެގެންތޯ އެހެން ލީޑަރުންނަށް އެ ފުރުޞަތު އޮތީ. އަރުވާލެވިފައި، ބަންދުވެފައި، ރާއްޖެ ދޫކޮށް ދިޔަ ބޭފުޅުންނަށްވެސް ޕާޓީ ހިންގަން ފުރުޞަތު އޮތް. ޖަލުގައި ކުޑަ ގޮޅީގައި އޮތް ބޭފުޅުންނަށްވެސް ޕާޓީ ހިންގަން ފުރުޞަތު ލިބުނު. ކިތައް ލީޑަރުންތޯ ކުށްވެރިވެގެން ކުށުގެ ހުކުމްކުރި ކިތަށް ލީޑަރުންތޯ ޕާޓީ ހިންގަމުންދިޔައީ." ލަތީފް ވިދާޅުވިއެވެ.

މި ސަރުކާރަށް ފާޑުވިދާޅުވެ މެންބަރު ލަތީފް ވިދާޅުވީ، އަޙްމަދު އަދީބާ ދޭތެރޭގައި މި ސަރުކާރުން ކަންތައް ކުރާ ގޮތާ ދޭތެރޭގައި ހިތާމަ ކުރައްވާ ކަމަށާއި، އެހެން އެކަން ވެގެންދަނީ ކޮންމެވެސް ނުފޫޒެއްގެ ސަބަބުން ކަމަށް ޤަބޫލުކުރެއްވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޙްމަދު އަދީބާ ދޭތެރޭގައި މި ސަރުކާރުން ކަންތައް ކުރާ ގޮތާ ދޭތެރޭގައި އަޅުގަނޑު ދެރަވޭ، ސަބަބެއް ކަމަށް އަޅުގަނޑު ދެކެނީ ކޮންމެވެސް ނުފޫޒެއް، ކޮންމެވެސް ބާރެއް، ކޮންމެސް ފަރާތެއްގެ އަމުރުތަކެއް އަންނާތީކަމަށް. އެ މަނިކުފާނުގެ ގެކޮޅުގައި އެތައް ބައިވަރު ޕޮލިހުންނެއް ބައިތިއްބައިގެން ނުވަތަ އެމަނިކުފާނަށް ފާރަލަމުން، އެހާ ހިސާބަށް ކަންތައް ގޮސްގެން ނުވާނެ." ލަތީފް ވިދާޅުވިއެވެ.

ސަރުކާރަށް އިތުރަށް ފާޑުވިދާޅުވަމުން ލަތީފް ވިދާޅުވީ، މި ޤައުމުގައި އަދީބު ނޫނަސް ކުއްވެރިވީ ކިތަންމެ ބަޔަކު ތިބި ކަމަށާއި، އެބޭފުޅުންނާ ދޭތެރޭގައި ވަރަށް ރަނގަޅަށް ވރަށް އޯގާތެރިކޮށް ކަންތައް ކޮށްދެއްވިއިރު، އަޙްމަދު އަދީބާ ދޭތެރޭގައި މުޅިން ތަފާތުކަމަށެވެ.

"އެހެންވީމަ އަޅުގަނޑު މިދެންނެވީ އިންސާފާއެކު ހަމަހަމަކަމާއެކު އޯގާތެރިކަމާ، އަޅާލުމާ އެ ހުރިހާކަމެއް ހިމެނިގެންދާނެ ޕާޓީއަކީ އެމްޓީޑީ ކަމާމެދުގައި ޝައްކެއް ނުކުރަން، އިރާދަކުރެއްވިއްޔާ ޔަޤީންކުރަން." ސަރުކާރަށް ފާޑުވިދާޅުވުމަށްފަހު އެމްޓީޑީއަށް ތާއީދުކޮށް ލަތީފް ވިދާޅުވިއެވެ.

ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ޢަބްދުއްލަތީފް މުޙައްމަދު އިބްރާހީމް މުޙައްމަދު ޞޯލިޙްގެ ސަރުކާރަށް ފާޑުވިދާޅުވިއިރު، ޖުމްހޫރީ ޕާޓީއަކީ ކޯލިޝަނުގެ ބައިވެރިއެކެވެ. ނަމަވެސް ސަރުކާރު ކޯލިޝަނުގެ މެދުގައި ބަހުގެ ހޫނު ހަމަލާތައް ބަދަލުކުރުން ވަނީ ޢާއްމުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިއްބެ

    ބަލަގަ ލަތީފޫ ފޫ ފޫ. ލާރިޔަށް ބޫތަ ހިފިއަސް ތީ ދެން ބޮޑުވަރު. މިހާރު މީނަގެ ލަދެއް އަގަލެއްވެސް ނެތްވަރު އެބަ ފެނޭ!

  2. އެމް ޑީޕީ

    ލަތީފުގެ ސިކުނޑީގެ ޓެސްޓެއް ހެދުނަށް ފެނޭ!

  3. ކައުންސެލަރު

    ޣައްދާރުންނާމެދު ތަފާތުކުރުން މާބޮޑަށްވެސް ގެންގުޅުމަކީ ކުރަންޖެހޭކަމެކެވެ. މީ ލައްކަވާހަކައެވެ. އެކަމަކު މަށަކީ މިސަރުކާރަށް ތާއީދުކުރާމީހަކީމެއްނޫނެވެ.

  4. މިތިބަ އާލާތްގަނޑެއްތާ

    ހައްގެކޭ ކިޔާނެ ކަމެއް ނެތް. 12 އެތިވެސް ތީ އަދީބު އަތަުން ކައިގެން ތިބި ވަގުން. ވައްކަން ކޮށް އަނބި ދަރިންނަށް އަލިފާން ކާން ދީފަ އަނެކުންނަށް ވަގަށް ގޮވީމަ އެއޮތީ މާތް މީހަކަށްވެ އަވަދި ވެފަ. ސަނހަރޯ.

  5. ޙައްވަ

    ލަތީފު މާރީއްޗެއް ނޫން ތިވާހަކަ ދައްކާކާށް. ސޭޓު އަތުން މާމަދީ ލިބުނުލެއް. ޢެހެންވެ އަދީބު ކާރިއަށް ގޮސްގެން ތިއުޅުނީ. ޢިހްލާސްތެރިކަމެއް ނެތް.