ރާއްޖޭގެ ސިޔާސީ މައިދާނުން ފެނުނު އެންމެ އުންމީދީ ލީޑަރަކީ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު އަބްދުލް ޣައްފޫރުކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

އަންނަ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުވެސް ހަވާލުކޮށްފައިވާ ފަލާހު މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

"ކުރީގެ ނައިބު ރައީސް އަދީބަކީ ރާއްޖޭގެ ސިޔާސީ މައިދާނުން ފެނުނު އެންމެ އުންމީދީ ލީޑަރު" ފަލާހު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ފަލާހު، އަދީބަށް ތައުރީފު ކުރައްވާ މިހެން ވިދާޅުވިއިރު، ރާއްޖޭގައި އެންމެ ފަހުން ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީކަމުގައިވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) ގެ ރައީސްކަމަށް ވަނީ އަދީބު އިންތިޚާބު ކުރައްވާފައެވެ. ހަމައެހެންމެ، އެޕާޓީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅަކީވެސް އަދީބު އެވެ.

ކުރީގެ ނައިބު ރައީސް އަދީބަކީ އެކި މައްސަލަތަކުގައި 33 އަހަރުގެ ޙުކުމެއް ތަންފީޛު ކުރައްވަމުންދާ ބޭފުޅެކެވެ. އެހެންނަމަވެސް، އޭނާ މިހާރުވަނީ ގޭބަންދަށް ބަދަލު ކުރައްވާފައެވެ.

މެންބަރު ފަލާހަށް ޓިކެޓު ދީފައިވަނީ ޕީޕީއެމް އިން ކަމަށްވާއިރު، އެޕާޓީގެ ގިނަ ފަރާތްތަކުން ދަނީ އަލަށް އުފައްދާ ޕީއެންސީ އަށް ސޮއި ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޖިންނި

    އެންމެ އުއްމީދީ ޚާއިނަކީ ކާކުތޯ !

  2. މަޖީދީމަގުން

    މޮޔަ ވާހަކަ ނުދައްކަވާ

  3. ނާވީ

    އެންމެގިނައިން އަދީބް އަތުން ލާރި ކެއީ ފަލާހް- އަދީބް

  4. Anonymous

    މިއީ ރ.ޔާމީންގެ ތަރުޖަމާނު 2ވަނަ މުޢާޒު ބާ؟؟، އަނެއްކާ މީފަލާހު ގަނެލާފައިވަނީ ކިހާވަރެއްގެ ފައިސާ ފުންޏެއްދީގެންބާ، މިއީ މިކަލޭގެ އަމިއްލައަށް ދައްކާފައިވާ ވާހަކައެއްނޫން އެމްއެމްޕީއާރސީގެ ފައިސާ ދެއްކިވާހަކައެއް ކަމަށް ބޮޑަށް ބެލެވެނީ، ރ.ޔާމީނު މީނައަށް ދީފައިވާ އިލެކްޝަންގެ ޓިކެޓް އަނބުރާ އަވަހަށް ނަގަންފެނޭ!!!

    • ހ

      ފައިސާ ފަހަތުން ދުވާ ތިޔަކަހަލަ އެންމެން ސާފްކޮށްފަ ފޮނުވާލާ . ދެން ރ.ޔާމީން އާ ގުޅެނީ އަހަރުމެން ކަހަލަ އިޚްލާސްތެރިން.

    • ްްހ

      ފައިސާ ފަހަތުން ދުވާ ތިޔަކަހަލަ އެންމެން ސާފްކޮށްފަ ފޮނުވާލާ . ދެން ރ.ޔާމީން އާ ގުޅެނީ އަހަރުމެން ކަހަލަ އިޚްލާސްތެރިން.

  5. ޢިބުރަެ

    ފަލާހު ބިރުގަންނަނީ އަދީބުދެކެ އެހެންވީމަ ސައިޒް ވަނީ ހަހަހަހަ

  6. ވަގުކަލޭގެ

    އަދީބު އަތުން ލާރިގަނޑު ކާލާގެން ތިބި މީހުންތައް ފެނޭތަ؟ އަދީބު ނުކުތީ މިމީހުން ސައިޒްވީ.. އަދި ނިހާންމެންވެސް ދުއްވގަންނާނެ.. ރޔާމީންއަށް މިއަދު އެނގޭނެ ކާރީގަ މިގެންގުޅެވުނީ ކޮންބައެއްކަން..

  7. ޙައްވަ

    އެންމެ އުންމީދީ ވަގަކީ އަދީބު

  8. ޖަމީލުބެ

    މިދިޔަ ފަހަރެކޭވެސް އެއްގޮތަށް ގޮނޑި ހޯދައިދިން ފަރާތަށް ތައުރީފު ކުރން ފެށީ/...

  9. Anonymous

    އެންމެ އުންމީދީ ލީޑަރަކީ އަދީބުކަމަށް ބުނަނީ އޭނައަކީ ރައްޔިތުންގެ އެތަކެއްބިލިޔަން ފައިސާތަކަށް ޚިޔާނާތްތެރިވެފައިވާ އަދި އެތައްދިވެހި ރައްޔިތުން މަރާލާފައި ނުވަތަ މަރުވާލާފައިވާ އަދި ގާތިލަކަށްވާތީތަ؟؟
    ޢެގާތިލު ގައިދީ އަށް ސިޔާސީޕާޓީހަދަން ފުރުސަތުދީ ޔާމީނަށް ލިބޭނެކަމަށް ބަލައިގެން އުޅޭ މިއަދުގެ ސަރުކާރުގެ އަތަށް އެންމެފުރަތަމަ ގޮވާނީ، ރައީސު އިބޫސާލިހު ވަރަށްވިސްނައިގެން ހުންނަވާތި؟؟؟އަތުން ފޭހުނު ލޮންސި އަމިއްލަ ލޮލަށް ހެރޭނީ!!

    • ދޮގެއް؟

      އަދީބު ވަގު ބުނާހާ ގޮތަކަށް މަޖިލިހުގަ ވޯޓު ވިއްކި މީހުން ކޯޗެއް ވިސްނާކަށް. ރީނދޫ ބާގައަކު ނުހުންނާނެ އެމްއެމްޕީއާރްސީ ފައިސާ ގޯނިން ކައިގެން ނެތް އެކަތިވެސް. އެމީހުން އެހެން މީހުންނަށް ވަގަށް ގޮވަނީ އެމީހުންގެ ވަގުކަން ފޮރުވަން. އެއީ ވަގުން. އެއީ ބާޣީން. އެއީ ޓެރަރިސްޓުން.

  10. ޯލޯލް

    މޮޔަ ފަލާހް

  11. Anonymous

    މި ފަލާހު މާލެއިންގަތް ގޯތި ގަނެދިންފަރާތެއްވެސް އެނގުނީތާ؟؟އަދި މިފަދަ ކިތައްމެ ކަކުނިތަށް އެސޮރުމެންގެ ހޮރުން އަމިއްލިައަށް ނިކުންނަތަން ފެންނާނެ، ﷲއީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަނލާގެއެވެ.

  12. ދދދދދދ

    އެމްއެމްޕީއާރްސީ ފައިސާގެ ރަހަ ލާފަ ތިބި އެންމެން ސާފުވަމުން މިހިރަ ދަނީ ނިކަން ބާރަށްތާ.

  13. ޙުސައިން

    ބޮޑު ވަގެއް އެއީ

  14. އަޒޫ

    މަވެސްސޮއިކުރާނަން

  15. Miadhu

    ޚާއިނެއް
    ޣައްދާރެއް
    ޓެރަރިސްޓެއް
    ވަގެއް

    ރަހުމެއްޔެރިއެއް
    އުއްމީދީމީހެހް
    ހެޔޮލަފާމީހެއް
    ސޯލިހެއް
    އިހުލަސްތެރިއެއް

    ރިއްވަތުދޭމީހެއް
    ގޭންގްމާސްޓަރެއް
    މީހުންމަރާމީހެއް
    މުޖުރިމެެއް
    މިއީ ޢެއްދުލަކުން އެކަކަށް ނިސްބަތްކުރާ ބަސްތައް ތަންދޮރުނުދަންނަ ގަމާރުންގެ ހާލަތީ ކޮބާ

  16. ޅަދީދީ

    ވާސަރީވާ ފަލާޙް ތިޔަ ހެރީ ރަނގަޅަށް ކެވިފަހެން ހާދަހީވެޔޭ. ދައުލަތުގެ މާލިއްޔަތު ދިރުވާލައިގެން ހުރި އެކަކު އަދީބަކީ. ޢަދިވެސް އޭނާގެ މައްސަލަތައް ބަލާ ނުނިމޭ. ޝުކުރިއްޔާ ފަލާޙް ތިވަރަށް ނުވިކުނަސް

  17. ވިސްނާ

    ޤައުމީ ކަމެއްގެ ގޮތުގަ އަދީބުއާ ދެކޮޅަށް އެންޓިކެންޕޭނުހިންގަންޖެހޭ....އިންސާނުންނަކީ ކަންކަން ވަރަށް އަވަހަށް ހަދައިންނެތި މަގުފުރެދޭބައެއް.....އަދީބަކީ ނުހައްގުން އެތަށް މިލިއަން ރުފިޔާއެއް ރައްތިތުންގެފައިސާއިން ހިޔާނަތްތެރިވެފައިބާމީހެއް.....މީމިޤައުމަށް ހުރި ވަރަށްބޮޑު ނުރައްކަލެއް

  18. ޜަނާ

    ށަރުކާރުން ދަވާލި ލާރިގަނޑު އޮންނާނެތީ އެންމެ އުއްމީދީ ވެގެން އެ އުޅެނީ އޭގެ ދަހިވެތި ކަމުގަ

  19. ސައްތާރު

    މިިިިިިިިސޮރު ކޮންމެވެސް އެދުމަކާގެން ބޯގޮވާފަ ހުރިތަންފެންނަނީ، މިރާއްޖެ ފަހުގެ ތާރީހުގަ ދުއް އެންމެބޮޑު ވަގު އަދި ގޭންގު މާޝްޓަރ ޕްރޮމޯޓް ކުރާއިރު، މީނަ ހުރީ ހަމަހޭގަބާއޭ ހިތައް އެބައަރާ!

  20. ބީ އެމް

    ބަލަ ފަލާހުއަކީ ބުރޯގެ ލާރިގަޑު ކާލި އެކަކުކަންނޭގެނީބާ ކުއްވެރިޔކަށް ތާއިދުކުރާނީވެސް ކުށްވެރިއއެއް

  21. ކެޔޮޅު

    އެއްމެ އުއްމީދީއެއްނޫން އެއްމެޔަހޫދީ ލީވަގަކީ އަދީބު ،