ރާއްޖޭގެ ޖަލުތަކުގައި ކުރިމަތިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ޖަލުތަކުގައި މީހުން މަރުވުން ކަމަށް ޖަލުތައް އޮޑިޓް ކުރުމަށް ހޯމް މިނިސްޓްރީއިން އެކުލަވާލި ހަތް މެމްބަރުންގެ ކޮމިޝަންއިން ވިދާޅުވެއްޖެއެވެ.
އެކޮމިޝަންގެ މަސައްކަތް 18 ޑިސެންބަރުގައި ފަށާފައިވާއިރު ކޮމިޝަންގެ މަސައްކަތްތައް ކުރިއަށްދާގޮތާއި ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެކޮމިޝަންގެ މެންބަރެއް ކަމަށްވާ ޝަހިންދާ އިސްމާއިލް ވިދާޅުވީ ކޮމިޝަންއަށް މިހާތަނަށް ފާހަގަވެފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމަކީ ޖަލުތަކުގައި މީހުން މަރުވުން ކަމަށެވެ.
"އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި އޮތީ ޖަލުތަކުގައި މީހުން މަރުވުން. ދެވަނަ ކަމަށް މިއޮތީ ސިއްހީ ފަރުވާ ދިނުމުގައި ހުރި މައްސަލަތައް އަދި ޖަލުތަކުގައި މީހުންނަށް އަނިޔާ ކުރުމާއި ލާއިންސާނީ ގޮތްގޮަތައް ކަންތައްތައް ކުރުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް" ޝަހިންދާ ވިދާޅުވިއެވެ.
މައިގަނޑު ހަތަރު ބަޔަކަށް ބަހާލައިގެން 75 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ އޮޑިޓްގައި ޖަލުތަކަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާއި ޤައިދީންނާއި މެދުގައި ކަންކަން ކުރަމުން އަންނަ ގޮތާއި ޖަލުތަކުގައި ކޮރަޕްޝަންގެ މައްސަލަތައް ހުރި ނެތްވަރު ވެސް ބަލާނެ ކަމަށް ޖަލުތައް އޮޑިޓް ކުރާ ކޮމެޓީއިން ބުނެއެވެ.
ޖަލުތައް އޯޑިޓް ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާ އިރު، ހޯމް މިނިސްޓްރީއިން ވިދާޅުވާ ގޮތުގައި ޖަލުތައް އޯޑިޓް ކުރުމުގެ މައިގަނޑު ބޭނުމަކީ ޖަލުތަކުގެ މިހާރު ހާލަތު ބަލާ، އިސްލާހު ކުރަން ހުރި ކަންކަން ފާހަގަކޮށް ރިޕޯޓެއް އެކުލަވާލުން ކަމަށެވެ. އަދި އެ ރިޕޯޓަށް ރިއާޔަތްކޮށް، ގައުދީންގެ ހައްގުތައް ކަށަވަރުކޮށްދިނުމާއި، ގައިދީންގެ އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކަށަވަރު ކޮށްދޭނެ ކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.
ޖަލުތައް އޮޑިޓް ކުރާ ކޮމިޝަންގައި ހިމެނޭ މެންބަރުންނަކީ:
1- ޑރ. އަބްދުﷲ އިސްނީން ހިލްމީ / ތެވެލި، ސ ހިތަދޫ
2- އައްޝައިޚް އަހުމަދު އަބްދުލްކަރީން / ހުޅުމާލޭ ފްލެޓް 23-3-07
3- އަލްފާލިލާ ޝަހިންދާ އިސްމާއީލް/ މއ. ބޯގަންވިލާ، މާލެ
4- އަލްފާލިލް އަހުމަދު މުހައްމަދުފުޅު/ ތިހިތަވާގެ، ރ. ކަނދޮޅުދޫ
5- އަލްއުސްތާޒު ޖުލައިހް ދާއޫދު/ ގ. މާލޭހިޔާ، މާލެ
6- އަލްއުސްތާޒާ ޝްރިޔާ އާދަމް/ ޝާތީ. އދ. ދަނގެތި
7- އަލްފާލިލާ އައިމިނަތު ނާހީމް އަހުމަދު/ މުބުލާގެ، ޏ. ފުއައްމުލަށް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޖަލުތައް އޮޑިޓް ކުރާ ކޮމިޝަންގެ އިތުރުން މިހާތަނަށް ވަނީ އިތުރު ދެ ކޮމިޝަނެއް އުފައްދަވާފައެވެ. އެގޮތުން ސަރުކާރުން އުފައްދަވާފައިވާ ކޮމިޝަންތަކަކީ މަރުތަކުގެ މައްސަލަ ބަލާނެ ކޮމިޝަނާއި ދައުލަތުން ވެފައިވާ ހިޔާނާތްތައް ބަލާނެ ކޮމިޝަނެކެވެ.
މަރުވާތީ ކަންބޮޑުބަނީ މުސްލިމެއްތޯ؟ އަހަރެމެން އިންސާނުން ކިތަންމެ ކަންބޮޑުވިޔަސް
ގޭގަ ރަޖާއަޅައިން އޮތަސް މަަރުވާނެ. ހޮސްޕިޓަލްގަ އޮތަސް މަރުވާނެ.
އެމެރިކާގެ ވައިތްހައުސްގެ ކޮތަރިއެއްގަ އޮތަސް ހަމަ މަރުވާނެ.
ކަންބޮޑުވާންވީ ޖަލަށްލާންޖެހޭ ކުށްވެރިން އުފެދި އިތުރުވާތީ. ކަންބޮޑުވާންވީ އާދައިގެ އިންސާނެއްގެ ހައްގެއް ނެތިފަ ކުށްވެރިންގެ ހައްގަށް ގޮވޭތީ.
ޝަހިންދާ ކިތަންމެ ކަންބޮޑުވިޔަސް އެމީހެއްގެ އަޖަލުޖެހުނީމާ އެމީހަކު މިދުނިޔެއިން ވަކިވެގެންދާނެ! ނުވަތަ މަރުވާނެ! އެމީހަކު މަރުވާނީ އެކަން މާތްﷲ ތަރުތީބު ކުރައްވާފައިވާގޮތުގެ މަތީން!! އެމީހަކު މަރުވާއިރު ޖަލުގައިވެސް ހުރެދާނެ! ރަށެއްގައިވެސް ހުރެދާނެ!! އެހެން ގައުމެއްގައިވެސް ހުރެދާނެ!! ކަންބޮޑު ވަންޏާ ވާންވީ!! ޖަލުގައި ތިބޭ މީހުންވެސް މަރުވާނެ!! އެއީ ތަގުދީރުގެ ނިޔާ!! އަހަރެން ކަންބޮޑުވަނީ މީހަކަށް އަނިޔާކޮށް ތަޅާ މީހަކު ގަސްތުގައި ޖަލގައިވެސް އެހެންތަނެއްގައިވެސް މަރާލައިފިނަމަ! ދީނާ ދުރު މީހުން ކަންބޮޑުވާނެ މަރުވެދާނެތީ! ފުރިހަމަ މުސްލިމަކު މަރުވެދާނެތީ ބިރެއް ނުގަންނާނެ!! ޝަހިންދާ ކުޑަކޮށް ވިސްނާލައިގެން ވާހަކަ ދައްކާ!! މިހާރު މިރާއްޖޭގެ ޖަލުގައި މީހުންގެ ގައިގާތަޅާ އަނިޔާކުރައެކޭ މަށެއްނެތިން ބުނާކަށް! އެއީ މިހާރު މާޒީ!! ޖަލުން އެކަށީގެންވާ ބޭސްފަރުވާވެސް ލިބޭ! އެކަމަކު އަދިވެސް ރަގަނޅުކުރަންޖެހޭ ބޮޑުތަނުން!! އެއީ ކުރަނަވީކަމަކީ!
އެންމެ ބޮޑު ކަންބޮޑު ވުމަކީ ތިމާޔަށް ތިމާގެ އައުރަ ނޭންގުން. ތިމާޔަށް ތިމާހެއްދެވިފަރާތަކީ ކޮބައި ކަމާ، ހައްގު ދީނަކީ އަދި އެދީނުގެ ބޭސިކަކީ ކޮބައިކަން ނޭންގުން. މިއަށްވުރެ ބޮޑު މައްސަލައެއް ކޮބާ؟
ހޭދެބައި ނުވެ ބަލަ ޖަލުގަ ވިޔަސްް އަދި ކިތައްމެ ފުރިހަމަ ގަނޑުވަރެއްގަ ވިޔަސް އެމީހަކު މަރުވުމަކުން ނުހުއްޓުވޭނެ އެއީ އެކަކަށްވެސް އެނގޭ ކަމެއްނޫން އެމީހެއްގެ މަރު އަންނާނީ ކޮން އިރަކު ކޮންތާކު ހުއްޓާ ކިހިނެއް ކަމެއް ނޭނގޭނެ
ޖަލުތަކުގަ އުޅެނިީ ޖަނަވާރުން ނަމަތާ، ޖަނަވާރުން މަރުވާނީ، އައުރަ ނިވާކޮށްގެންހުރެ ހެއްދެވި ފަރާތާމެދު ވިސްނާލިނަމަ މީހުން މަރުވުމާމެދު ކަންބޮޑެއްނުވާނެ!
ތީސަރީހަބަހުން ދީނައްފުރައްސާރަކުރާއަންހެނެއް..ﷲމިމީހުންގެއުނދަގުލުން ސަލާމަތްކުރައްވާށި.
ދެން މަރެއް ނުވާނެ މިހާރު މިއޮތީ އެމްޑީޕީ ސަރުކާރެއް ޖަލުގަވެސް ހޮސްޕިޓަލުގަވެސް
ބަލަ މަރަކީ ކޮންމެ ތަނެއްގައި ހުއްޓަސް ވަގުތުޖެހުމާއެކު އެމީހަކާ ބައްދަލުކުރާ އެއްޗެއް. އެވަރު ނޭނގޭ މީހުންތަން ތަންތަނުގެ ބޮޑަތި މަޤާމުތަކުގައި ތިތިބޭނީ.
ޝަހިންދާ އަކީ ތަޢުލީމީ ގޮތުން މިމަސައްކަތަށް ކިހާވަރެއްގެ ގާބިލުކަމެއް ހުރިމީހެއް؟
މިނިސްޓަރ ފައަޔާޒުގެ ނުވަތަ އިބުރާގެ ކޮއްކޮވީމަތަ؟
މިސަރުކާރުަ ވެސް އާއިލާ މީހުންނަށް ބައިއެޅުން އެކްޓިވިސްޓުންބަށް ކާންދިނުން މިއޮތީ
ދުނިޔޭގައި ވާކޮންމެއެއްޗެއް އުފެއްދެވިފަރާތުން އެތަކެތި ނެތިކުރަށްވާނެކަމީ ޝަށްކެއްއޮތްކަމެއްނޫން އެގޮތުގެމަތިން އިންސާނާ ދުނިޔެއަށްފުނުއްވާނެދުވަހަކާ، އަދިނެތިކުރަށްވާނެދުވަހަކާއި، ވަގުތެއް ކަޑައަޅުއްވަނީ އެއްކައުވަންތަ ޚާލިޤްވަތަ ﷲކަން ނުދަންނަމީހަކު ސަރުކާރުގެ ތިފަދަމަޤާމެއްގައިހުންނާތީ ހަމަހައިރާންވޭ އިބްރާހިމް މުޙައްމަދު ޞާލިހް އަށް އަޅުގަނޑު ގޮވަލަނީ ﷲގެ އެއްކައުވަންތަކަމާމެދު ޝައްކުކުރާމީހުން މަނިކުފަނުގެ ސަރުކާރުން ވީއެންމެއަވަހަކަށްބޭރުކުރުން.
އެންމެ ބޮޑު ހިތާމައަކީ ޝަހިންދާ މެންކަހަލަ ލދނ މީހުން މިފަދަ މަޤާމުތަކުގައު ތިބޭކަން