އިތުރު ދެ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.
އިލެކްޝަން ކޮމިޝަނުގެ ނައިބް ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ އިއްޔެއާއި މިއަދު އިތުރު ދެ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި އެ ކޮމިޝަންއަށް ހުށަހަޅާފައިވާ ކަމަށެވެ.
އީސީން ބުނީ "ކަރިސްމާ ޕާޓީ މޯލްޑިވްސް" ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމުގެ ހުއްދައަށް އެދިފައި ވަނީ މ. ކެލަމް މުހައްމަދު އިސްމާއިލް ކަމަށެވެ. އަދި "ނޭޝަނަލް ރިފޯމް ޕާޓީ" އުފެއްދުމުގެ ހުއްދައަށް މިއަދު އެދިފައި ވަނީ ސ. ފޭދޫ އިނގުރުމާގޭ މުހައްމަދު ދީދީއެވެ. އޭނާއަކީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރމުހައްމަދު ޝަހީމް އަލީ ސައީދުގެ ވަރަށް އަރިސް ބޭފުޅެކެވެ.
ނޭޝަނަލް ރިފޯމް ޕާޓީ އުފެއްދުމަށް ހުށަހެޅުއްވި ޑީޑީ އަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭނުގައި ޑރ. ޝަހީމާއެއްކޮށް އުޅުއްވި ބޭފުޅެކެވެ.
މިދެ ޕާޓީ އުފެއްދުމުގެ ހުއްދައަށް ހުށަހަޅާފައިވާއިރު، އިތުރު ދެ ޕާޓީއެއް އުފެއްދުމަށް އިލެކްޝަނުން މިދިޔަ ހަފްތާގައި ހުއްދަ ދީފައެވެ.
ދެ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އިލެކްޝަނަށް ހުށަހަޅާފައިވާއިރު ރައީސް ޔާމީން އިސްވެ ހުންނަވައިގެން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މަ ބޭނުން ޕީސީ މޯލްޑިވްސް ކިޔާ ޕާޓީއެއް އުފައްދަން.
ޕާޓީތައް އުފައްދަން ޖެހެނީވެރިކަން ކުރުމުމުގެ
ގާބިލްކަމެއްނެތްބަޔަކަށް ވެރިކަން ލިބި ރައްޔިތުން މަގުމަތިވާތީއެވެ މައިންމަގަށް ލައްގަޅޭ ވެރިކަން ލައްގަޅޭ ކިޔަން އިންދ
ވެތިކަން އައިސް އުގަށްވެއްޓުމުން ރައްޔިތުން
ބިކަވީއެވެ މިހާލަތުން އަރައިގަތުމަށް ޕާޓީހަދަން
ޖެހެއެވެ.
އަނެއްކާ ދެޕާޓީ؟ ސުއްބޫހު. މިނޫނީ ނޯންނާނެ އާބާދީއާ ނުކަތާވަރަށް ޕާޓީ ހުންނަ ގައުމެއް. އަދި މޮޅުކަމަކީ ކޮންމެ ޕާޓީއަކަށް މެމްބަރުން ހަމަވެގެން އިތުރުވެސް ވެޔޭ.
އަޅުގަނޑު ހުރިހާ ރައްޔިތުންނަށް ގޮވާލާނީ އެންމެހާ ޕާޓީތަކަށް ނޫނެކޭބުނާށޭ....އެއީ ފިތުނަވެރިކަމެކެވެ. އެންމެން އަތް ގުޅާލައިގެން ޕާޓީތައް ނައްތާލަން މަސައްކަތް ފަށަމާ.....ބައި ބައި ނުވެ ދުނިޔޭގެ އެންމެހާ މުސްލިމުން އެއްވެރިއެއްގެ ފަހަތަށް އެރުންނޫން ހެޔޮ ގޮތެއްނުވާނެ....
މަބޭނުން ކަރީނާކިޔާ ޕާޓީއެއް އުފައްދަން!!!!!!!!
ރަގަޅު، އަދިވެސް ފަސާދާ ކުރެވޭގޮތް ކުޑައީ! ތި މީހުންނަށް ފުރަތަމަ ކޮަޅުގަ ޑިމޮކްރަސީ އަކީ އިސްލާމީ ޝަރީޢަތާ ޚިލާފް އެއްޗެއް ކަމުގައި ބުނެވުނު. ފަހުން އެއަށްވުރެ ރަގަޅު އެއްޗެއް އޮތްކަމަކަށްނުވި. އެތަން މިފެންނަނީ. ދުވަހެއް ދުވަހަކަށް އެއާ އޮޅުލެވޭގޮއް ބޮޑުވަނީ. މިއުރެންނަށް އިސްލާމްދީނުގެ އަސާސްތަކާއި ހަމަތަކާއި އުސޫލްތައް ހުންނަނީ އެކިދުވަސްވަރު އެކި ގޮތަށްބާ! މިއީބާ މިއުރެންނަށް އިސްލާމްދީނަކީ ހުރިހާ ޒަމާނަކަށްވެސް ފެތޭ ދީނަކަށް ވާގޮތަކީ؟
ރާއްޖެ ހަލާކު ނުވެގެން ކުރާނެ ކަމެއް ނޭނގިގެން އުޅޭ ޖާހިލުބާގައިގެ މީހުންތަކެއް
ކަރިޝްމާ ކަޕޫރު ޕާޓީ ކިޔާބަލަ.
މިވެރިކަން ދެމިއޮތުން ބިނާވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މައްޗަށް އެކަނި ކަމުގައިވާއިރު، ރައީސް ޔާމީނަށް މަޖިލީހުގެ މެޖޯރިޓީ ލިބުމުން ހިނދުކޮޅެއްގެ ތެރޭގައި އެކަންވާނެއެވެ. ކޯލިޝަންގެ ތެރޭގައި ރެނދުލައި ކޯލިޝަންގެ އިތުބާރު ގެއްލުވާލުމުގެ ކަންތައްތައް ހިނގަމުންދާނަމަ، ކޯލިޝަނަށް ލިބޭ ގޮނޑި މަދުވާނެއެވެ.
އެގިގެންދަނީ ރާއްޖޭގަ އުފެދިފައިވާ ހަމަކޮންމެ ޕާޓީއަކީ ވެސް ޑިމޮކްރަޓިކް (ގިނަ މީހުން ހިޔާލާއި އެއްގޮތައް ނިންމުން ނިންމާ) ޕާޓީ ތަކެއްކަން. އެހެންވީމާ ޕާޓީ އުފައްދާ މީހާ ކިތަންމެ ބޮޑު ފޭލިވުމަކުން ފޭލި ވިޔަސް ދުރަށް ޖެހޭނެ ގޮތެއް ނޯވޭ. ޕާޓީ ތެރޭ ކިތަންމެ ރަގަޅު މީހުން ތިބިޔަސް ޕާޓީ ރަމްޒުކޮށްދޭ މީހެއްގެ ގޮތުގައި ރިޔާސީ އިންތިހާބެއްގައި ވާދަކުރުމުގެ ފުރުސަތު ޕާޓީ އުފެއްދި ލީޑަރު ފިޔަވާ އެހެން މީހަކަށް ދޭކަށް ބޭނުމެއް ނުވޭ. ދެންވާ ގޮތަކީ ރިޔާސީ އިންތިހާބެއްގަ ވާދަކުރަން ބޭނުންވާ ކޮންމެ މީހެއް މިޖެހެނީ ޕާޓީ އެއް އުފައްދާގެން އެހިސާބަށްދާން
ޑިމޮކްރަސީ އުވާލާފަ އިސްލާމީ ޝަރީޢާ ޤާއިމްކުރޭ މިތަން ފަސާދަ ނުވަނީސް. މިހާރުވެފަ އޮތް ފަސާދަވެސް ވަކި ކުޑައެއްނޫން. ޢެކަން ފެނޭ ގޭންގުތަކަށް އެކަނި ނަޒަރުހިންގާލިޔަސް. މީހުންގެ ދިރިއުޅުން ފަނާކޮށް ހޭބޯނާރާ އެމަސައްކަތުގަ އުޅުން ދޫކުރަންވެއްޖެ މިހާރު މިދިވެހީން.
އަހުރެން ވެސް މިއުޅެނީ ޙަލަފުލް ފުޟޫލު ގެ ނަމުގައި ސިޔާސީ ޕާޓީއެއް ހަދާށެވެ. މިހާރު 3 ހާސް މީހުން ހަމަކުރުމުގެ ގޮތުން އަދީބު ޕާޓީއިން މިޕާޓީ ހެދެންދެން ވަގުތީގޮތުން ( ޕާޓީހެދުނީމާ އަނބުރާ ދާގޮތަށް ) އެ ޢަދަދަށް މީހުން ލިބޭތޯ އެބަ ބަލަމެވެ.