ތާރީހީ މިސްކިތް "ކަޅުވަކަރު މިސްކިތް" ކުރިން ދިރާގު މައި އޮފިސް ހުރި ބިމުގައި ބަހަށްޓަން ހެރިޓޭޖު މިނިސްޓްރީއިން ނިންމުމުން އެކަމާއި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޝައިހް ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަޅުވަކަރު މިސްކިތް، އިސްލާމިކް މަރުކަޒުގެ ކައިރީގައި ބެހެށްޓައިފިނަމަ މުންކަރާތްތަކަށް މަގުފަހިވާނެ ކަމަށާއި އެހެންކަމުން އެއީ އެއްވެސް ހާލެއްގައި ކުރުން ރަނގަޅު ކަމެއް ނޫންކަމަށެވެ.

"އިސްލާމީ މަރުކަޒާއި އިންވެގެން ނަމާދުކުރާ ގޮތައް ކަޅުވަކަރު މިސްކިތް ބެހެށްޓުމަކީ އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ނޫން. ދެ މިސްކިތުގެ އަޑުގަދަކުރާއިން އުނދަގޫވުމާއި އެތަކެއް މުންކަރާތަކަށް މަގުފަހިވެގެންދާނެ" ޝައިހް ޒައިދު ވިދާޅުވިއެވެ.

ޝައިހް ޒައިދު ވިދާޅުވީ ކަޅުވަކަރު މިސްކިތުގައި ނަމާދު ނުކޮށް އެ މިސްކިތް ތާރީހީ ބިނާއެއްގެ ގޮތުގައި އިސްލާމިކް މަރުކަޒު ކައިރީގައި ބެހެށްޓުމަކުން އެއްވެސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް ނަމާދު ކުރާ ގޮތައް ދެ މިސްކިތް ކައިރި ކައިރީގައި ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމުގައެވެ.

ޝައިހް ޒައިދު މިހެން ވިދާޅުވެފައިވާއިރު އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޗާންސެލަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ ކަޅުވަކަރު މިސްކިތް، މިސްކިތެއްގެ ކުރިމަތީގައި ބަހަށްޓަން ނިންމާފައިވާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފުތާ

    ނޫނޭ މިސަރުކާރުން ނުކުރާނެ ގޯސްކަމެއް!

  2. عبدالله

    ކީރިތި ﷲ ގެ ފޮތާއި ސުންނަތުގެ ނައްޞުތަކުން ދަލީލު ދެއްކުމުން ފުދެއެވެ. ރައީސް އިބޫވެސް ރައީސް ނަޝީދުވެސް ރައީސް މައުމޫނުވެސް އަދި މަޖިލީހުގެ ރައީސް ޤާސިމްވެސް ޢިލްމުވެރިންގެ ރައުޔާއި ތަދުބީރަށް ބަލާނެ ކަމަށް އުންމީދުކުރަމެވެ. އެހެނީ، މިނިސްޓަރ ޢިމްރާނަކީވެސް ކީރިތި ﷲ ގެ ފޮތާއި ސުންނަތުގެ ނައްޞުތަކުން ދަލީލު ހޯދަން ދެނެވަޑައިގަންވާ ބޭފުޅަކަށްވާއިރު، "އިސްލާމީ މަރުކަޒާއި އިންވެގެން ނަމާދުކުރާ ގޮތައް ކަޅުވަކަރު މިސްކިތް ބެހެށްޓުމަކީ އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ނޫންކަމަށް " ކޯލިޝަންގެ ބޭފުޅުންނަށް ޤަބޫލުކުރެއްވޭނެއެވެ.

  3. ލަކީ

    މީނަ ދަންނަނީ ހަމައެކަނި މުންކަރާ މިބަސް މި ނޫން އެއްޗެއް ނޭގޭ

  4. ޖިންނި

    ފާއިތުވެދިޔަ 800 އަހަރުތެރޭ އައި އެންމެ މުންކަރާތް ބޮޑު ސަރުކާރު

  5. ޖޮއްބެ

    ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނެއް ނޭނގުނިއްޔާ އެމިސްކިތުގައި އަޅައިގަނެގެން ނެއްޓެން ނޭނގިގެން އެ އުޅޭ ޔުމްނާ މެންގޭ ދޮރުމަތީގައި ބަހައްޓަން ވީނު؟ އަޖައިބެއްނުވާނެތަ؟

  6. މަޒް

    ތި ބުނާ މިިސްޓްރީގައި ހުރީ ޔާމީނުގެ ކޮއްކޮއެއް ދޯ؟ މައުމޫނުގެ ދަރިއެއްދޯ.. މާ މޮޅުވެފަ އެކަން ނުކުރާތީ.. ދަންނަ މީހުން ބުނީމަ އެކަން ނުކޮއް ދޫކޮއްލާ.. އޭރުން ހުންނާނީ ރަނގަޅަށް.. ނަމާދު ނުކުރާ ގޮތަށް އާސާރީ ބިނާއެއްގެ ގޮތުގައި ބެހެއްޓުން އޯކޭ

    • Anonymous

      އައްދޭ. ތިހެންވެއްޖެއްޔާ ނަޝީދުގެ ފޫބުޑުން ދުވާ އަންހެނެކޭވެސް ބުނަންވާނު. ކީއްވެ އެހެން ނުބުނެވެނީ.

  7. ކަމާލު

    އިސްލާމިކް މިނިސްޓްރީގަ ޗާންސެލަރެއް ހުންނެވީ ކޮން ކުރިޔަކުންތޯ؟