އިންޑިއާ އިން ރާއްޖެ އަށް "ހަދިޔާ" ކޮށްފައިވާ ކަމަށް ބުނާ، ނަމަވެސް އިންޑިއާގެ ކޯސްޓްގާޑް ސިފައިން ބޭނުން ކުރުމަށް ރާއްޖޭގައި ބާއްވާފައި އޮންނަ ދެ ހެލިކޮޕްޓަރު އަބުރާ ފޮނުވާލާނެ ވެރިޔަކީ އޭނާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު އޭނާގެ ފޭސްބޫކް ޕޭޖްގައި އުމަރު ވިދާޅުވެފައިވަނީ މި ރާއްޖޭގެ އެއްވެސް ސިޔާސީ ލީޑަރަކަށް އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރު ފޮނުވާލެވުނު ކަމަކަށް ނުވިކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ މި ހެލިކޮޕްޓަރު ފޮނުވާލާނެ ވެރިޔަކީ އަޅުގަނޑެވެ."
އުމަރު މިހެން ވިދާޅުވިއިރު އިންޑިއާ ސިފައިން ރާއްޖޭގައި ދުއްވާ ހެލިކޮޕްޓަރުތަކުގެ ދަތުރުތައް ނުކޮށް އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން މިދިޔަ ހަފްތާގައި ހެލިކޮޕްޓަރުގެ ދަތުރުތައް އަލުން ވަނީ ފަށައިފައެވެ.
އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ތިބެގެން ދުއްވާ ދެހެލިކޮޕްޓަރުގެ ބޭނުން ހިފުން ޔާމީންގެ ސަރުކާރުން ހުއްޓާލީ ހެލިކޮޕްޓަރުތަކަކީ ރާއްޖެއަށް ހަދިޔާކޮށްފައިވާ ތަކެތި ކަމަށް އިންޑިއާ އިން ބުނި ނަމަވެސް ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަން ދިވެހިންނަށް ފުރުސަތު ނުދޭތީ އުފެދުނު ދެބަސްވުންތަކުގެ ސަބަބުންނެވެ.
އިންޑިއާ އިން ފުރަތަމަ އެއްބަސްވީ ދެއަހަރު ތެރޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރާނެ ދިވެހި ސިފައިން ޓްރޭނިންކޮށް ދިވެހިންނާއި ހެލިކޮޕްޓަރުތައް ހަވާލުކުރާށެވެ. ނަމަވެސް އެއްބަސްވުމާއި އެއްގޮތައް އިންޑިއާ އިން އަމަލު ކޮށްފައެއް ނުވެއެވެ.
ޔާމީންގެ ސަރުކާރުން ހެލިކޮޕްޓަރުތައް ބޭނުން ކުރުން ހުއްޓާލާ ހެލިކޮޕްޓަރުތަކާއި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށްދާން އެނގިއެވެ. ނަމަވެސް އެއެންގުމަށް އިންޑިއާ އިން ބޯލަނބާފައެއް ނުވެއެވެ.
ރައީސް ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެން ހެލިކޮޕްޓަރުތައް ރާއްޖޭގައި ބަހައްޓަން ނިންމާ، އިންޑިއާ ސިފައިންގެ ވިސާ ވަނީ އާކޮށްދެއްވާފައެވެ.
އިންޑިޔާ ސިފައިން މިގައުމުން ބާލާ މީހަކަށް އަޅުގަނޑާއި އަޅުގަނޑުގެ ބަސްގަބޫލް ކުރާ ބައެއްގެ ވޯޓް އިރާދަކުރެއްވިއްޔާ ހޯދަދޭނަން!
އޮނަރަބަލް އުމަރު ނަސީރަކީ ތެދުވެރި އަމާނާތްތެރިއެއް. ޤައުމު ދެކެ ލޯބިވާ ދަރިއެއް. މުޅި ޤައުމު އަޅުވެތިކޮށް، ދިވެހިންގެ މުދާ ލޫޓްވުމަށް ކަމަރު ބަދެގެން ތިބި ލުޓޭރުން މި ޤައުމުން ބޭރުކުރަންޖެހެއެވެ. މި ޤައުމު އަމާން ބަދަރަކަށް ހޭރިއާ ކުރެވޭނެ ހަމައެކަނި ލީޑަރަކީ އުމަރު ނަސީރު. މާތްﷲ އުމަރު ނަސީރަށް ރައްކާތެރިކަން ދެއްވާ، ޤައުމާއި ރައްޔިތުންގެ ހައްޤުގައި ކުރައްވާ މަސައްކަތުގައި ކާމިޔާބު ދެއްވާށި. އާމީން
ބަލަ އިންޑިޔާއަށް ނޭގެނީތަ މި ރާއްޖޭގައި އެތަކެއް ޕައިލެޓުން ތިބިކަން ތިޔައީ މި ގައުމަށް އަތްގަދަ ކުރަން ބާއްވައިގެން އުޅޭ ދޭތީ ތިމާމެންނަށް ހައްގުނޫންތަކެތިވެސް ދިރުވާލަން މަސައްކަތްކުރުމަކީ އިންޑީޔަޣެ ހޮބީއެއް
ބަލަ އިންޑިޔާއަށް ނޭގެނީތަ މި ރާއްޖޭގައި އެތަކެއް ޕައިލެޓުން ތިބިކަން ތިޔައީ މި ގައުމަށް އަތްގަދަ ކުރަން ބާއްވައިގެން އުޅޭ ދޭތީ ތިމާމެންނަށް ހައްގުނޫންތަކެތިވެސް ދިރުވާލަން މަސައްކަތްކުރުމަކީ އިންޑީޔަޣެ ހޮބީއެއް/ މިގައުމުން ފުރަތަމަ ބޭރުކުރަން އިންޑިޔާގެ ސަފީރު މީ ފައްކާ ޖާސޫސެއް
އަވަސްކުރޭ އުމަރު!
މިަޮޅެނީ މިގައުމުގައި އޮތް ހެލިކޮޕްޓަރެއްތަ ފޮނުވާ ނުލެވިގެން ، ބަލަ މިހަިރަ ބުރާނޗާ ތިޔަ ބޭފުޅާގެ ވަޒީރުކަމުގައި ކިތަށް މީހުން މެރި ، ގަތުލުކުރި އެއިން މީހެއްގެ ގާތިލެއް ނުހޯދޭތާ ވީގޮތެއްވެސް ސާފްނުވި މީހަކަށް ވޯޓްދޭން ބޭނުމެއް ނޫން!
ހެހެހެ އުމަރޫ މިހާރު މޮޔަތޯ ތިގޮވަނީ ތިބޭފުޅާނޫ ން ތޯ މަރުގެހުކުމް ތަންފީޒުކުރާފޯމުގަ ސޮއި ކުރީ ވެސް ހެހެ
ޝައްކެއް ނުކުރަން. އެކަމަކު ގިނަ ދިވެހިން ބޭނުންވަނީ ޕޯޑިއަމުގަ އެއްމެ ބާރަށް ފެލޭ ގައުމިއްޔަތުކަމެއް ގައިގަނެތް މީދާކައިފަ ތިބި އުނބު މިގައުމުގެ ވެރިކަމަށް ގެންނަން
ﷲ އިރާދަކުރެއްވިޔާ ތިކަންވާނެ
ތީތެދެއް
އޭ އުމަރާ ކާކުތަކަލޭ ވެރިކަމަށް ގެންނަން އުޅެނީ ދިވެހި ރައްޔިތުން ނޫޅޭ މޮޔަވެގެންނެއް ހަރުގަނޑަ ކަށްއަރާބަލަ
ސެލިއުޓް ޔޫ އުމަރު. މިގައުމު ބޭނުން ވަނީ ތިފަދަ ދަރިން. ޤައުމު ވިއްކާ އަމިއްލަ ޖީބު ބޮޑުކުރާ ބައެއް ނޫން. ﷲ އުމަރުގެ ތި މަސައްކަތަށް ކާމިޔާބު ދެއްވާށި.
ހަރުގަނޑުގެ މައްސަލަ އެބައޮތް އޮމަރާ
އަގަނުގަޅާ ހުރޭ
ދިވެހީން ކަލޭގެ ވެރިކަމެއް ބޭނުމެއް ނުވޭ