މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ދަށުން ހިންގަމުން އައި ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް އުވާލައްވައި، އެތަނުގެ ދަށުން ހިންގަމުން އައި ޕަބްލިކް ވަރކްސް ސަރވިސަސް ވެސް އުވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރައްވާފައިވާ ގޮތުގައި އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް އާއި ޕަބްލިކް ވަރކަސް އުވާލައްވާފައިވަނީ ޖަނަވަރީ ދެވަނަ ދުވަހުން ފެށިގެންނެވެ.
ރައީސް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި މި ދެ އިދާރާ އިން ކުރަމުން އައި މަސައްކަތްތައް ދެން ކުރަމުން ދާނީ ޕްލޭނިންގ މިނިސްޓްރީ އިންނެވެ.
ސަރުކާރުން މިފަދަ ބަދަލުތަކެއް ގެނެސްފައިވާއިރު، ކުރީގެ އެމްއާރްޑީސީގައި ތިބި މުވައްޒަފުންވެސް ބަދަލުކޮށްފައިވަނީ ޕަބްލިކް ވަރކަސް ސަރވިސަސް އަށެވެ. ކުރީގެ ސަރުކާރުން އެގޮތަށް ކަންތައް ކޮށްފައިވާއިރު، މިހާރުގެ ސަރުކާރުން އިދާރީ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ސަބަބުން އެމުވައްޒަފުންނަށް ވަޒީފާ ގެއްލިދާނެކަމުގެ ބިރުވެސް ހީވިއެވެ.
އެހެންނަމަވެސް، އެމުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެކަމަށް އޭރު، ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެފައިވެއެވެ.
މީ ވަގުންނަށް ވައްކަންކިރަންދޭ ރާއްޖެ! ޥަގުންގެ މައްޗަށް ހުކުމްތަންފީޒް ނުކުރެވޭ ރާއްޖެ! ސައްތައިން ސައްތަ ވަގުންގެ މިރާއްޖެއަށް އުފަން މީހަކަށް ވީތީ ހިތާމަ ކުރަން!
ޢެމްއާރުޑީސީ އުވާލީ ޔާމިން ސަރުކާރުން. ޢެތަން އުވާލުމުން އެތަނުގެ މުއަްޒިފުން މަގުމަތިވީ.