މާފަންނުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާ ވެއްޖެއެވެ.
"ވަގުތު" އަށް މައުލޫމާތު ދެމުން މަންޒަރު ދުއްފަރާތަކުން ބުނީ ރޭ މެންދަމު ހިރިޔާ ސްކޫލް ކައިރީ، ކަނބާ އައިސާ ރަނި ހިނގުމުގައި މި އެކްސިޓެންޓު ހިނގާފައި ވަނީ ދުއްވާފައި ދިޔަ ޕިކަޕެއް، ޕާކުކޮށްފައި އޮތް ކާރެއްގައި ޖެހިގެން ކަމަށާއި އެކްސިޓެންޓުގައި ހަތަރު މީހަކަ އަނިޔާވެގެން އައިޖީއެމްއެޗިގައި ފަރުވާ ދެމުން ދާއިރު އަނިޔާވި އެކަކު ވަނީ ހޭނެތިފައި ކަމަށެވެ.
އެކްސިޑެންޓުގައި ޕާކުކޮށްފައި އޮތް ކާރަށާއި ޕިކަޕަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. ޕާކުކޮށްފައި އޮތް ކާރުގައި ޖެހުނު ޕިކަޕު ދުއްވަން އިނީ ބިދޭސީ ޑްރައިވަރެކެވެ.
އެގިފައިވާ ގޮތުގައި އެކްސިޑެންޓު އަނިޔާވި ހަތަރު މީހުންނަކީ ޕާކުކޮށްފައި އޮތް ކާރު ކައިރީގައި މަޑުކޮށްގެން ތިބި ހަތަރު މީހުންނެވެ. ފުލުހުން ވަނީ ޕިކަޕު ދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށްފައެވެ.
އެކްސިޑެންޓުގައި އަނިޔާވި މީހުން ވަނީ ފުލުހުންގެ އެހީތެރިކަމާއެކު، އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
މި ހާދިސާ ހިންގާފައިވާއިރު ރޭ ސިނަމާލެ ބުރިޖުގައި ދުއްވާފައި ދިޔަ ކާރެއްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިންގާފައެވެ.
ސުބުހާނަﷲ
މިސަރުކާުރުއައިފަހުން ދުވާލަކު ހިތާމަވެރިއެތައް ކަމެއް
މި އުޅޭ ބަންގާޅު ، އިންޑިޔާ އާލާތުން ޕިކަޕު ދުއްފާ
ދާއިރު ހީވާ ކަހަލަ އެމީހުނަށް އެ އުޅެވެނީ ރަޖުނީ ކާނތުގ ފިލްމެއްގައޭ