ދާދި ފަހުން ދައުރުވި ކޯޓު ރޫމެއްގެ ތެރޭގައި ބަޔަކު ނަގާފައިވާ ފޮޓޯތަކަކީ، ޖުވެނައިލް ކޯޓުގެ ބޭނުން ނުކުރާ ކޯޓު ރޫމެއްގެ ތެރޭގައި ނަގާފައިވާ ފޮޓޯތަކެއް ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފިއެވެ.

މީގެ ދުވަސްކޮޅެއް ކުރިން މީސް މީޑިއާގައި ދައުރުވި އެ ފޮޓޯތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް ކޯޓުތަކަށް އަމާޒުވިއެވެ. އަދި އެ މީހުންނަށް އެ ފޮޓޯތައް ނެގުނު ގޮތް ހޯދުމަށް ގޮވަމުންވެސް ދިޔައެެވެ. އަދި އެކަމުގައި ކޯޓުތަކާއި، ފުލުުހުންގެ އިހުމާލުވެސް އޮތްކަމަށް ބުނަމުން ދިޔައެވެ.

ޑީޖޭއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ވިދާޅުވީ، އެ ފޮޓޯތައް ނަގާފައިވާނަީ އެ ކޯޓުގައި ބޭނުން ނުކުރާތާ އެތައް ދުވަހެއްވެފައިވާ ރޫމެއްގައި ކަމަށެވެ. އެއީ ކުރީގެ ބޭނުން ކުރި ނަމަވެސް މިހާރު އެއްގޮތަކަށްވެސް ބޭނުން ނުކުރާ ކޯޓު ރޫމެއް ކަމަށް މާޖިދު ވިދާޅުވިއެވެ.

ޖުޑީޝަލް އެޑްމިނިސްޓޭޝަންގެ ލީގަލް އޮފިސަރ ފައިސަލް އާދަމް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ޖުޑީޝަލް އެޑްމިނިސްޓޭޝަންގެ ލީގަލް އޮފިސަރ ފައިސަލް އާދަމް – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"ކޯޓަށް ހާޒިރު ކުރެވޭ މީހުންނާއި، ހެކިބަސް ދިނުމަށާއި، އެކަ ކަންކަމަށް ހާޒިރު ކުރެވޭ މީހުންނާއި މެދު އަމަލު ކުރަމުން އަންނަ އުސޫލުތަކަކީ އެ މީހުންގެ ފޯނު އަތުލަމުން އަންނަނީ ޝަރީއަތުގެ މަޖިލީހަށް ހެކި ދިނުމަށްޓަކައި. އޭގެ ކުރިން ކޯޓުގެ ތެރޭގައި ފޯނު އަތުލާގޮތަކަށް ނޯވޭ". މާޖިދު ވިދާޅުވިއެވެ.

އަދި އެ ފޮޓޯތައް ނަގާފައި ވަނީ، ހެކިބަސް ދިނުމުގެ ކުރިން އެމީހުންގެ ފޯނުތަކާއެކު އެމީހުން ބައިތިއްބާފައި ތިބި ވަގުތެއްގައިކަމަށް މާޖިދު ވިދާޅުވިއެވެ.

"އެ ހާދިސާއާއި ގުޅިގެން މިހާރު ވާނީ ކޯޓު ތެރޭގައި އެހެން އަންނަ ފަރާތްތަކަށް އެއްގޮތަކަށްވެސް ފޯނު ބޭނުން ނުކުރެވޭނެ ގޮތަށް ހަމަޖެހިފައިކަންވެސް ފާހަގަކުރަން". މާޖިދު ވިދާޅުވިއެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ ލީގަލް އޮފިސަރު ފައިސަލް އާދަމް ވިދާޅުވީ، އެ ކޯޓު ރޫމަކީ، ކޯޓު ރޫމަކަށްވުރެ ބޮޑަށް ޝަރީއަތަށް ހާޒިރު ކުރެވޭ ކުދިންނާއި، ހެކިންގެ ރައްކާތެރިކަމަށް ބޭނުން ކުރެވޭ އެއް ރޫމް ކަމަށެވެ. އަދި އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނަކަން އޭނާ ފަަހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުރިހާ

    ތިވެސް ދޮގެއް..ކޯޓަށް ގެންދާ މީހުން ބައިތިއްބަނީ ތިކަހަލަ ތަނެއްގައެއްނޫން..ކޯޓް ރޫމެއް ގޮތައް ހުންނަ ތަނެއްގައެއްވެސް ނޫން..