ލ. ގަމުގައި ބަނގުރާ އުފެއްދުމަށް ބޭނުންކުރާސާމާނުތަކެއް ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މި ތަކެތި ހޯދާފައި ވަނީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ.ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އަދި މިތަކެތި ހޯދާފައިވަނީ ލ. މަތިމަރަދޫ ސިނާއީ ސަރަޙައްދުގައި ހުރި ފަޅުގެއެއްގެ ތެރެއިންކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، ބަނގުރާ އުފައްދާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ 03:15 ހާއިރު ހިންގި މި އޮޕަރޭޝަންގައި މި ތަކެތި ހޯދިއިރު، މިމައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.