ކުއްލި ގޮތަކަށް އިއްޔެ ނިޔާވި އެމްއެންޑީއެފްގެ ކެޕްޓަން މުޙައްމަދު ރާމިޒުގެ ހަށިކޮޅު ފަސްދާނުލައިފިއެވެ. ރާމިޒުގެ ހަށިކޮޅު ފަސްދާނުލާފައި ވަނީ ރަސްމީ އިއްޒަތުގައެވެ.
ރާމިޒުގެ މައްޗަށް ކަށު ނަމާދުކޮށްފައި އިސްލާމީ މަރުކަޒުގައެވެ. އެ ކަށު ނަމާދުގައިވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.
މިއަދު އަސްރު ނަމާދަށްފަހު ރާމިޒުގެ ހަށިކޮޅު ފަސްދާނުލެއްވިއިރު، ރާމިޒްގެ ޖަނާޒާގައި ނައިބް ރައީސް ފައިސަލް ނަސީމް އާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލުގެ އިތުރުން ސިފައިން ބައިވެރިވިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ އަވަހާރަވީއިރު ރާމިޒު ހުރީ ނޮދަން އޭރިޔާ ޕޯސްޓުގައިކަމަށެވެ. އަދި އޭނާ އަވަހާރަވީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަސްރަތު ކުރުމަށް ނުކުމެ އުޅުމުގެ ތެރޭގައެވެ. އޭނާ ކަސްރަތަށް ނުކުމެ އުޅުމުގެ ތެރެއިން ދުވަމުން ދަނިކޮށް ކުއްލިއަކަށް އޭނާ ވެއްޓުނީކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަދި ވަގުތުން ފަރުވާއަށް ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަކަމަށްވެސް ވިދާޅުވިއެވެ.
އަވަހާރަވިއިރު ކެޕްޓަން މުޙައްމަދު ރާމިޒުގެ އުމުރަކީ 48 އަހަރެވެ.
ނައިބުރައިސްގެ ޒިންމާއަކީ ޒިޔާރަތްކުރުމާއި ފޮޓޯއަށް އެރުންތޯ
އެވަރު ދެރަތަ؟
ކަށަވަރެއްނު!
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން އޮންނަން ޖެހެއޯ. އެކަމަކު އިސްލާމް ދީނަށް އުޅުމުން ދެނީ އަދަބު. މި ގައުމުގެ މިސްރާބުވެސް މިހާރު ހުރީ އެމަގަށް.
1 ކުއްލިއަކަށް އާދައިގެ ރައްޔިތު މީހަކު ގެއްލި ނޮވެންބަރު ނިމި ޑެސެމްބަރު ނިމި އާ އަހަރުގެ އާ ކަން ކުޑުނު އިރު ގެއްލިއްޖެ ކަން އިނގުނީ
2 ކުއްލި ގޮތަކަށް ތި ސިފައިންގެ މީހާ ގެ މަރުގެ ސަބަބު ތަހުގީގު ކުރަން ޖެހޭ
3 ތިން ވަނައަށް ތި ގޮތަށް ވާނީ ކާކު