ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކާގޯ އެކްސްރޭ ސްކްރީން ކުރާ އާ ދެ މެޝިން ބަހައްޓައިފިއެވެ.

އެމްއޭސީއެލް އިން މިއަދު ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ކާރގޯ އެކްސްޕޯޓް ކުރާ ބައިގާ އާ އެކްސްރޭ ދެ މެޝިން ބަހައްޓައި އިންސްޓޯލްކޮށްފައި ވާކަމަށެވެ. އަދި އެ ދެ މެޝިން ބޭނުން ކުރަން ފަށާފައިވާކަމަށްވެސް ބުނެފައިވެއެވެ.

އެމްއޭސީއެލްއިން ބުނީ، އެ މަސައްކަތް ކުރިއަށްގެންދިއުމުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ޝުކުުރު އަދާކޮށްފައިވާކަމަށެވެ. އަދި އެ މަސައްކަތްތައް އެންމެ ރަނގަޅަށް ކުރުމަށް ސްޓާފުންނަށް އޭނާ ވަނީ ނަސޭހަތްތެރިވެފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފެށިގެން ކުރިއަށް އެބަދެއެވެ. މިހާރުވެސް ވަރަށް ގިނަ މަސައްކަތްތައް ކުރެވެމުން އަންނައިރު، ބައެއް މަސައްކަތްތައް މި އަހަރު ތެރޭގައި ނިންމާލުމުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ތީ މިދިޔަ ސަރުކާރުން ކުރި މަސައްކަތުގެ ދަށުން ބެހެއްޓުނު 2 މެޝިން ކަމަށް ވާތީ އޭރު އެއަރޕޯޓް ގެ އޮފީސްގަ ތިބި މީހުންނަ ޝުކުރު އަދާކުރަން ޖެހޭނެ