މިހާރު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމުގެ ފުރުޞަތު، ހަތަރު މެންބަރަކަށް ގެއްލިއްޖެއެވެ. މި ފުރުޞަތު މި މެންބަރުންނަށް ގެއްލިފައިވަނީ މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވުމުންނެވެ.

އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، ޕާޓީއެއްގެ ޕްރައިމަރީއަކުން ބަލިވާ ފަރާތަކަށް، އެހެން ހައިސިއްޔަތަކުން އިންތިޚާބުގައި ބައިވެރިވެވަޑައިނުގެންނެވޭނެއެވެ.

މިހާތަނަށް، 19 މަޖިލީހުގައި ވާދަކުރުމުގެ ފުރުޞަތު ގެއްލިފައިވާކަން ކަށަވަރުވެފައިވާ މެންބަރުންނަކީ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިޔާ އިބްރާހީމް ދީދީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަބްދުލް ކަރީމް (ރުކުމާ) އަދި ވައިކަރަދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމެވެ.

މި މެންބަރުން ވާދަކުރައްވާފައިވަނީ މިހާރުވެސް އެބޭފުޅުން ތަމްސީލު ކުރައްވަމުން ގެންދަވާ ދާއިރާތަކުންކަން ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން، 18 ވަނަ މަޖިލީހުގައި ތިއްބެވި ބައެއް މެންބަރުންނަށް، އަންނަ މަޖިލީހަށް ކުރިމަތިލެވޭނެ ފުރުޞަތު ލިބިފައިވެއެވެ. ހަމައެހެންމެ، 17 ވަނަ މަޖިލީހުގެ ބައެއް މެންބަރުންނަށްވެސް، 19 ވަނަ މަޖިލީހުގައި ވާދަކުރުމުގެ ފުރުޞަތު ލިބިގެން ގޮސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ދުމާ

  ހާދަހާވާ އުފާވެރިއެވެ. ތިޔަނިޒާރެއްގެ ވަބާއިން ދާއިރާސަލާމަތްވެ އެމުޑުދާރު ދުލުގެ ކިބައިން ދިވެހި ރައްޔިތުން މިންޖުވީއެވެ. އެތައްބައެއްގެ އަބުރު ހިމާޔަތްވީއެވެ.

  • ޢޖެނޓ

   ތީ ހަމަ ރަނގަޅުވާހަކައެއް.
   ދެން ހޮވުނު ސޮރު އެއީ ވާހަކަ ދެއްކޭ ދޫހެލޭ މީހެއްނޫން. ޢޭނާ މަޖިލިހަށް ދިޔައިމަ ގިނަ ޒުވާނުންތަކެއް މަސްތުގެ ވަބާއިން ސަލާމަތްވާނެ. ޢުއްމީދުކުރަނީ އެކަހަލަ ބިލެއް ހުށަހަޅައި ހުރިހާ ޑްރަގް ލޯޑުން ޖަލަށްދާވަރު ކުރާނެކަމަށް

 2. ޣސ

  އަލީ ނިޒާރު އަދިވެސް ފޮނިކަމާ ކިބުރުވެރި ވެފަހުރެލާ

 3. ައަންހެންމަންޖެ

  ދުމާ ކުރަށްވާފައި ތިއޮތީ ފުރިހަމަކޮމެންޓެއް ވަރަށްބޮޑައް ތާއީދުކުރަން ސުކުރިތްޔާ

 4. ބޭބެ

  ކޮބާ މުހައްމާ

 5. Anonymous

  އަލީ ނިޒާރު އައް ފުރުސަތު ގެއްލުނީތީ އުފާކުރަން. ޢަލްހަމްދުލިއްލާހި

 6. ޭްއިއެބެ

  ހަމަ ޙަޤީޤަތުގަައިވެސް ތިޔައީ ތެދެއް.

 7. ާއާދަނު

  ކޮބާ މުހައްމާ ވެސް ނުހޮވޭ