މިއަދު ހެނދުނު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާ ނިޔާވެއްޖެއެވެ.

މިއީ މިއަދު މަސް މާރުކޭޓު ސަރަޙައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 07:05 ހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން އިތުރަށް ވިދާޅުވީ، އެކްސިޑެންޓް ހިނގީ ޕާކު ކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލެއް ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 17 އަހަރުގެ ކުއްޖަކަށެވެ. ފުލުހުން ވިދާޅުވީ މި ކުއްޖާ އެކްސިޑެންޓްވީ ތަނުން ނަގައިގެން ގެންދިޔައިރު ވިންދު ނުޖަހާކަމަށާއި އެހެންނަމަވެސް، ފަހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށުމުން ވިންދު ޖެހިކަމަށެވެ.

އެހެންނަމަވެސް، ކުއްޖާގެ ހާލު ކްރިޓިކަލްކަމަށް ފަހުންވެސް ވިދާޅުވިއެވެ.

މިއަދު މެންދުރު ލ. އަތޮޅު ލިންކުރޯޑުގައިވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ސީގަލް

  إِنّٰا ِللهِ وَإِنّٰاإِلَيهِ رٰجِعُونَ

  މި ހާދިސާއިން އިބްރަތެއް ހާސިލް ކުރެއްވުން އެދެން. ދުއްވާއެއްޗެހި ދުއްވާއިރު ތިމާއާއި އެނެކުންސެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނަވާ.

 2. އިބްރާ

  ސަރުކާރު މިކަމުގެ ޒިންމާ ނަންގަވަންޖެހޭ.

 3. ބޭރުމީހާ

  ސަރުކާރު ފެއިލްވީއެވެ. ސޫދު އަވަހަށް ތަޙްގީގު ކުރައްވާށެވެ.

 4. ދޮން

  ތީ ޔާމީނު ސަރުކާރު ހިންގިގޮތުން ވީކަމެއް.

 5. ޚކ

  ކޮންމެ ކަމެއް ސިޔާސީ ކުރީމަ ނިމުނީ ދޯ؟ ކޮބާތަ މައިންބަފައިންގެ ޒިންމާ؟ ލައިސަންސް ނެތް ކުޑަ ކުއްޖެއްކަން އެނގި ހުރެ އެ ސައިކަލު އެ ކުއްޖާ އަށް ދިން މީހާގެ ޒިންމާ ކޮބައިތަ؟ ކަމެއް ވާއިރަށް ސިޔާސީ ކުރަން މި ރާއްޖެ މީހުންނަށް އިނގޭނީ. ފަރުދީ ޒިންމާ ނަގަން ފުރަތަމަ ދަސްކޮށްބަލަ

 6. ޢާން

  މިސަރުކާރު އައިފަހުން ހާދަ މަރެކޭ!

  • ވާނުވާ

   ކޮންމެ މީހަކު ސަރުކާރާ އަޅައިގަނެގެން މި އުޅެނީ ކީއްވެގެންތަ.... ވާނުވާ ރަނގަޅަށް ބަލައިގެން ކޮމެންޓު ކޮށްބަލަ.... 17އަހަރުގެ ކުށްޖަކު އަތުގަ ލައިސެންސް ނެތި ހަމައެއް ލަމައެއް ނެތި ދުއްވާފަ ގޮސް އަމިއްލައަށް ތާކު ޕާކު ކޮށްފަ އޮތް ޕިކަޕަކަށް އެރީމަ ދެން އެކަމުގަ މި ސަރުކާރު ކުރާނެ ކަމެށް އޮންނާނެތަ.... ސައިކަލް ދުއްވަންވެސް ސަރުކާރުން އޮވެޔޭ ވަކި ދުވެއްޔެއް ހަމަޖައްސާފަ.... ގަވައިދުގަ އޮންނަ ގޮތަށް ބަލައިގެން ދުއްވާނަމަ މިކަހަލަ ނުރައްކާތެރި އެކްސިޑެންޓް ތަކެއް ނުވާނެ.... ކަމެއް ވާއިރަށް ސަރުކާރޭ ކިޔާފައެއް ނޫން އަނގަ ހުޅުވަންވީ.... ފަރުދީ ޒިންމާ އަދާކުރެވޭތޯ ބަލަންވީ....

 7. Anonymous

  ކުއްޖާގެ ފުރާނަ އަށް ހެޔޮރަހްމަތް ލައްވާށި ، އާއިލާ އަށް ކެތްތެރިކަން ދެއްވާށި ، ސައިކަލަށް ބަލާލުމުން ދުއްވި ބާރުމިން ވަޒަންކުރެވޭ . ހިތާމަހުރިކަމެއް ،

 8. އަލީ

  ކުއްޖާގެ ފުރާނަ އަށް ހެޔޮރަހްމަތް ލައްވާށި ، އާއިލާ އަށް ކެތްތެރިކަން ދެއްވާށި ، ސައިކަލަށް ބަލާލުމުން ދުއްވި ބާރުމިން ވަޒަންކުރެވޭ . ހިތާމަހުރިކަމެއް ،

 9. ހުސައިން

  إِنّٰا ِللهِ وَإِنّٰاإِلَيهِ رٰجِعُونَ

 10. ބުރުގާ

  ތީ ވަރައް އުފާވެރި ހަބަރެއް. ތިކަހަލަ އެއްޗެހިން މައިތިރިވާނީ ތިހެން. ހަރާން ކޯރު

  • ?

   ތީ ހާދަ ގޮތެއްނެތް މީހެކޭދޯ... ތިމާގެ އަމިއްލަ

   ދަރިއަކަށް އެކަހަލަ ކަމެއްވިނަމަވެސް ތިހެންތަ

   ހަމަ ބުނާނީ.. "ތީ ވަރަށް އުފާވެރި ޙަބަރެއް"

   މިހެންތަ... ހިލަ ހިތަކަސް ތީ ބޮޑުވަރު...

  • ?

   ލަދުކުޑަ.... އަމިއްލަ ދަރިއަކަށް އެހެންވެއްޖިއްޔާ

   ވެސް ވަރަށް ހިނިއައިސް ބުނާތިި "ތީ ވަރަށް އުފާވެރި ޙަބަރެއް" އެޖުމްލަ.. އިނގޭ..

 11. ނުވިހާ އޮޕަރޭޝަން

  ކޮބާ މަރުތައްބަލާ ކޮމެޓީގެ ވެރިޔާ ސޫދު. ރައީސް ޔާމީން އާ އަޅައިގަނެގެން އުޅެވޭތޯބަލާ. ކިތައް މަރުވީމަ އިބޫ ވެރިކަމުގެ މަރުތައް ތަހްގީގު ކުރަނީ.