ލާދީނީ ފަރާތްތަކާއި މެދުގައި ފިޔަވަޅު އެޅުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް އަލީ ޒައިދު މިހެން ވިދާޅުވެފައި ވަނީ މިފަހަކަށް އައިސް ބައެއް ދިވެހިން، ހާއްސަކޮށް އެމްޑީޕީގެ ކުރީގެ ރައީސް އިބުރާހީމް އިސްމާއީލް (އިބުރާ) ފަދަ ބޭފުޅުން އިސްލާމް ދީނަށާއި ކީރިތި ރަސޫލާ صلي للَّه عليه وسلم އަށް ފުރައްސާރަކޮށް، މީސް މީޑިއާގައި ތަފާތު އެތައް ވާހަކައެއް ދައްކަމުންދާ ދަނޑިވަޅެއްގައެވެ.

ޝައިޚް އަލީ ޒައިދު މިއަދު ކުރި ޓްވީޓްގައި ވިދާޅުވެފައި ވަނީ، މިހާރަކަށް އައިސް ލާދީނީ މީހުން ހިތައް އެރިހާ އެއްޗެއް މަތިވެރި އިސްލާމް ދީނަށް ނިސްބަތްކޮށް ގޮވާތަން ފެންނަ ކަމަށާއި، ކީރިތި ރަސޫލާ صلي للَّه عليه وسلم އާއި ސަޙާބީންނަށް މުޚާޠަބުކޮށް އެކަށީގެން ނުވާ ބަސްތައް ރައްދު ކުރަމުންދާ ކަމަށެވެ. އަދި މިފަދަ މީހުންނަށް ފިޔަވަޅު އެޅުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށްވެސް ޒައިދު ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން އެހެން ޓްވީޓެއްގައި މިފަދަ ވާހަކަތައް ދައްކާ މީޙުންނަށް ޕޮލިހުން އެކަށީގެންވާ ފިޔަވަޅު އަޅަމުން ނުދާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށްވެސް ޝައިޚް ޒައިދު ވިދާޅުވެފައިވެއެވެ.

"ފާޅުގައި ކީރިތި ރަސޫލާ އަށް ނިސްބަތްކޮށް ލާދީނީ ވާހަކަތައް ބައެއް ފަރާއިތަކުން ދައްކަމުން ދާއިރު މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެކަށީގެންވާ ގޮތައް ފިޔަވަޅު ނާލާތީ ހިތާމަ ކުރަން. 6/94 ނަންމަބރު ޤާނޫނު ގެ ދަށުން ފިޔަވަޅު ނާޅާ ނަމަ މިއީ ނުފޫޒުގަދަ ބަޔަކު ކުރުވާ ކަމަކަށް ބެލެވެނީ." ޝައިޚް އަލީ ޒައިދު ކުރެއްވި ޓްވީޓް ގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ދީނުގެ ހައްގުގައި

    ބަލަ ކިހިނެއް އަޅާނީ ... ޕޮލިސްކަމިޝަނަރު ގޭން ނެރިލާނެ ފިޔަވަޅު އަޅައިފިއްޔާ' އަނެއްކާ އެމީހުން ގެ ސަޕޯޓަރުން ކެކިގަންނާނެ ކުރިމަތީ އޮތީ އިންތިހާބު. އަނެއްކާ މިނިސްޓްރީގައި އެހެރީ ތިނަދޫ ނައިބު ސޮރު މިނިސްޓަރ އަށް ހުންނަނީ ބިރު ދައްކާފައި

  2. ބުނެލިިިީީ

    ހާދަ ފިނިކޮށް ތިވާހަކަ ދައްކަވަނީ ، ދީނާ ގައުމަގެ ހައްގުގައި ކެރިހުރެ ސާބިތުކަމާއެކު ވާހަކަ ދައްކަން ބިރުގަންނަނީ ދޯ.

  3. އިންޑ އައުޓް

    މޮޔަނުވޭ. އިބުރާ ގޯސްވާހަކައެއް ދެއްކި ނަމަ މިނިސްޓަރު ތިކަމާއިގެން އުޅޭނެ.
    އެހެން ނޫނަސް ކީއްކުރާ ދީނެއް ؟

  4. އަލީ

    ދެންކޮންހިތާމައެއް ކުރަންވީ

  5. އަލީ

    އަޅާނެފިޔަވަޅެއް ނެޔް

  6. ޒުބޭރު

    ކޮބާނުލާ ދީނަކީ ހުރިހާ ދީނަކުވެސް އެކަންކުރަނީ ލާއިގެން

  7. އަޙްމަދް

    ޖޯޝާއި ފޯރިއަރުވާ ޝޭޙް ޒައީދް ހާދަ ފިނޑި ބަސްކޮޅެއް.ހެހޭ ތީވާވަރަކީ!

  8. އަލީ

    ކުފުރުވެފައިވާ މީހުންނާއި މުރުތައްދުވެފައިވާ މީހުންނާއި ލާދީނީ މީހުންގެ ބާރު އޮންނަ ޕާޓީއަކަށް ވެރިކަން ހޯދައިދޭން ތިބޭފުޅުން ކުރި މަސައްކަތުގެ ފައިދާ ލިބިގަންނާށެވެ.

  9. އެހެން

    ހިތާމަކުރާ ވާހަކަ އެންމެން ދައްކާލަ ދައްކާލަ ތިއްބާ ގުނާ އަދަދުނުކުރެވޭ ވަރަށް އެކްސިޑެންޓް ހިނގައި ކުޑަބޮޑު މީހުންތައް އެއޮއް މަރުވަމުންދަނީ. މަރުތަކާމެދުވެސް ހިތާމަކުރާ ވާހަކަ އެންމެން ބުނެފަ ހުއްޓާލީމަ އަރަން އަންނަ ސުނާމީއެއް ނުހުއްޓުވޭނެ. މާތްﷲގެ ދީނަށް ހީނަރުކަން ގެންނަން ފަށާ ބަޔަކަށް ބަލާއާއި މުސީބާތްތައް އަންނާނެކަން ތިޔަ އިލްމުވެރިންނަށް ހަމަ ނޭނގެނީތަ؟

  10. ޢާވައި

    ޟިސަރުކަާރަކައް ކުރެވޭނެ އެއްކަމެއްވެސްނޯންނާނެ

  11. ކިލޮރެފެރެސް

    ބަލަ ކަލޯ ތިވަރުގެ ސަރުކާރެއްދޯ ހިމާޔަތް ކުރާވާހަކަ ވެސް ހަމަ ތި ދުލުން ކަލޭތި ހަމަ ބަޅެއްކަހަލަ ސޭހެެއް