ތެޔޮ ބޯޓެއް ގުޅީ ފަޅުގެ ނެރު ބައްތި ކައިރިއަށް އުރިއްޖެއެވެ.

ފުލުހުން ވިދާޅުވީ "ޓްރާންސް ފިއުލް" ނަމަކަށް ކިޔާ ތެޔޮ ބޯޓެއް ގުޅީ ފަޅުގެ އުތުރު ފަރާތު ނެރުބައްތި ކައިރިއަށް އަރާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މިހާދިސާ އާއި ގުޅިގެން މެރިން ޕޮލިސްގެ ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ތެޔޮ ބޯޓު އުރުނު ހާދިސާގެ އިތުރު މައުލޫމާތެއް އަދި ސާފެއް ނުވެއެވެ. ބޯޓުން ތެޔޮ ލީކް ވަމުންދާ ކަމެއް ވެސް ނުވަތަ ނޫންކަމެއް ވެސް އަދި ސާފެއް ނުވެއެވެ.

މިހާދިސާ އާއި ގުޅިގެން އެމްއެންޑީއެފްގެ ބަހެއް އަދި ނުލިބެއެވެ.