ރޭގެ ވަގުތެއްގައި ތ. ތިމަރަފުށީގެ ނުވަ ސައިކަލެއްގެ މަޑި ކަފާލައިފިއެވެ.
ތިމަރަފުށީގައި ސައިކަލުތަކަކަށް މިފަދަ ބޮޑު ގެއްލުމެއް ދިން ސަބަބު އަދި ޔަގީންވެފައި ނުވާ އިރު، އެ ކަމަކީ ކޮންބައެއް ހިންގި އަމަލެއް ކަމެއްވެސް އަދި އެނގިފައެއް ނުވެއެވެ. ސައިކަލުތަކަކަށް އެފަދަ ގެއްލުންތަކެއް ދިން މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި ސައިކަލުތަކަށް އެފަދަ ގެއްލުންތައް ދިނުމަކީ އާންމު ކަމެކެވެ. ހާއްސަކޮށް މީހުންގެ ޒާތީ ކަންކަމުގައި އެފަދަ އަމަލުތައް ހިންގާކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް، މިފަދަ ގޮތަކަށް ގިނަ ސައިކަލުތަކަކަށް ގެއްލުން ދިނުމަކީ އާންމުކޮށް ހިންގާ ކަމެއް ނޫނެވެ.
ސާބަސް ހެޔޮވެރިކަން
އާންމުކޮށް ނުހިނގިއަސް މީ ވަރަށް ދެރަކަމެއް. މީހުންގެ މުދަލަށް ދޭ ގެއްލުން ތިމާއަށް އަނބުރާ ނާންނާނެބާ؟ މީހަކަށް ދީފި ގެއްލުމެއްގެ ބަދަލު ﷲ ނުހިއްޕަވާ ދޫނުކުރައްވާނެކން ޔަގީން.
ތިޔަކަން ކުރި ބަޔަކު ތިޔަކަމެއް ކުރީ ހިތުން ސިއްރުންކަމަށް! އެކަމަކު މާތްﷲ ތިޔަކަން ކުރިބަޔަކު މޮޅަށް ދެނެވޮޑިގެންވޭ!
މީހެއްގެ ސައިކަލު މަޑި ކޮށައިލުމުގެ ކުރިން ތިމާގެ އަމިއްލަ ސައިކަލު މަޑިކޮށައިލަންވީނު! އޭރުން އިޙްސާސްގެ ބައި ހޭލާނެ!