ސްރީލަންކަން އެއާލައިންސްއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ކުރަމުން އައި ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމަށް ނިންމައިފިއެވެ.
އެއާލައިންގެ ރާއްޖޭގެ އޮޕަރޭޓު ކުރަނީ އޭސް އޭވިއޭޝަން ސާވިސެސްއިންނެވެ.
އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފިރާގު ވިދާޅުވެފައި ވަނީ، އެއާލައިންއިން މިހާރު ގަމަށް ކުރަމުން އަންނަ ދަތުރުތައް މިއަހަރުގެ އެޕްރީލް މަހު ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިގޮތަށް ނިންމާފައި ވަނީ އެ އެއާޕޯޓަށް އޮޕަރޭޓް ކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލަކަށް ނައުމުންކަމަށްވެސް ފިރާގު ވިދާޅުވިއެވެ.
ސްރީލަންކަން އިން ގަމަށް ދަތުރުކުރަން ފެށި 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. އެއިރުން ފެށިގެން ހަފްތާއަކު ތިން ދުވަހު ސްރީލަންކަން އިން ގަމާއި ކޮލަމްބޯ އާއި ދޭތެރޭ ދަތުރު ކުރެއެވެ.
ޢަޑޫމިހުންގެ އެއާޕޯޓް އާޑޫމިހުންނައް ހޯދާދިނި
ކޮބާތޯ ތިޔަބުނާ ދަތިތަކަކީ؟. ތިޔައީ ވަރަށްދެރަކަމެއް.
ތިޔަމީހުންނަށް ފަސޭހަކުރާށޭ ކިޔައިފައި އެއްކަމެއްވެސް ކުރާނެ ކަމެއްނެތް! ތިޔައީ ލާދީނީ ސަރަހައްދެއް! ޖަޒީރާއައްޑު
ބޯގޯސް ދެއުޅިއެއްނުވާ ބަޔަކު އުޅޭ ތަނެއް އައްޑޫ އަކީ
ތެބެނީ ހަމަ ތެދައް. ތިބޭހެއް ރިއެތިހެން ވެފެއި. ހަމަ ރަނގަޅާއް ގޮލައްޔަމެންނައް ތެވީ.
ދެރަނުވޭ. ނާލުބައްތެލި ފަހަރު ހުންނާނެ. އެމްޑީޕީގެ ހިންގުންތެރިކަން ހުރި މިންވަރަކުންތާ އެމީހުންނަށް ހިންގޭނީ.