ޖަމްޢިއްޔަތުއް ސަލަފުން، "ދީން ހިމާޔަތްކުރުން" ގެ ނަމުގައި ބާއްވަން އުޅުނު ދީނީ ފޯރަމަށް ފުލުހުން ފޮނުވައިގެންވެސް ހުއްޓުވަން، އިސްލާމިކް މިނިސްޓަރު މަސައްކަތް ކުރެއްވިކަމަށް ދޭހަވާފަދަ ވާހަކަތަކެއް ފެންމަތިވެއްޖެއެވެ.
ދީނީ ކަންކަން ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އަލީ ރަމީޒު، އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު އަލީ ޓެގު ކުރުމަށްފަހު، މިނިސްޓަރުގެ ޓްވީޓެއްގެ ސްކްރީން ޝޮޓެއް ޕޯސްޓު ކުރުމަށްފަހު ބުނެފައިވަނީ "ފޯރަމް ބާއްވައިފިއްޔާ ފުލުހުން ފޮނުވައިގެންވެސް ސަލަފުގެ ފޯރަމް ހުއްޓުވާނެކަމަށް ބުނީ ކާކުތޯ..." އެވެ.
Forum baavvaifiyyaa fuluhun fonuvaigenves salaf ge forum huttuvaane kamah bunee kaakutho @AhmedZahirAli ??? pic.twitter.com/uqbjDqS7uc
— Ali Rameez (@aliramyz) February 1, 2019
ސަލަފު ޖަމިއްޔާއިން ރޭ ބާއްވަން އުޅުނު ދީނީ ފޯރަމެއް ހުއްޓުވާފައިވަނީ، ދީނީ ދަރުސް ދިނުމުގެ ކުރިން ނަގަން ޖެހޭ ހުއްދަތަކެއް ނަގާފައިނުވާކަމަށް ބުނެއެވެ. ހުއްދަ ނަގަން އަންގާފައިވަނީ ކުރީގެ ސަރުކާރުން ނެރެފައިވާ ސާކިޔުލާ އަކާ ހަވާލާދީއެވެ.
އެހެންނަމަވެސް، ހަމަ މިދިޔަ އަހަރު މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ސަލަފަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ޒަމާނުންސުރެ ދީނީ ދަރުސް ދެމުންދާ ފަރާތްތަކަށް ކުރިން ދޫކުރެވިފައިވާ ހުއްދައިގެ ދަށުން ދީނީ ޕްރޮގުރާމުތައް ކުރިއަށް ގެންދެވޭނެކަމުގައެވެ.
ސަލަފުން ބުނި ގޮތުގައި ފާއިތުވި 12 އަހަރުގެ ތެރޭގައި ސަލަފުން ދީނީ ދަރުސްތައް ދެމުންދާއިރު، ހުއްޓުވާފައިވަނީ އެންމެ ފަހަރަކުއެވެ. ފުލުހުން ފޮނުވައިގެން ސަލަފުގެ ދަރުހެއް ހުއްޓުވީ 2007 ވަނަ އަހަރުއެވެ. އެއީ، ރައީސް މައުމޫން އަބްދުލް ޤައްޔޫމުގެ ވެރިކަމުގެ ތެރޭގައެވެ.
މިސަރުކާރުގައިވެސް އެގޮލާ ހިމެނޭ.
ދީން ހިމާޔަތް ކުރާ މީހުންނަށް މިހާރު މި ގައުމުގައި ފުރުސަތެއް ނެތް. މި ލާދީނީ ސަރުކާރުން ނުވެސް ދޭނެ މާތްﷲ މިބައިމީހުންނަށް މިކަމުގެ ބަދަލު ދެއްވާނެ. އިންޝާﷲ.
ސަލަފުގެ މަސައްކަތަށް ސާބަސް... ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ސަލަފުންކުރާ މަސައްކަތަކީ ވަރަށް މަގުބޫލް އަދި ޤައުމީ ފެންވަރުގައި ފާހަގަކޮށް ޝުކުރުވެރިވުން ހައްގު މަސައްކަތްތަކެއް. ދަރުސު ބާއްވަން އެއްވެސް ހުއްދައެއް ޤާނޫނު އަސާސީގައި ބުނެފައިވާގޮތުން ނަގާކަށް ނުޖެހޭ. ސަރުކާރުން ބިރުދައްކާނެކަމެއްނެތް...
އަނިޔާ. ހުދުމުހުތާރު، އެއީ ވަކިބަޔަކު ކުރީމާ ކިޔާއެއްޗެއް. ބާރައް އަތްޖަހާ
އާ ތިޔަ ފެށުނީ މި
މިގައުމުގަ އިސްލާމުންނަށް އުޅެން ދަތިކުރާނެދެން އެއްބަޔަކު އެގޮވަނީނުން ޓެރެރިސްޓުންނޭ އެއީ ހަމަ ސަރުކާރުގެ ބަސް މިއީ އިސްލާމީ ދައުލަތެއް ގޮތުގައި އޮވެދާނެކަމާމެދު މިހާރު ބިރުހީވޭ
ސަލަފު ޖަމްއިއްޔާ އަކީކާކުޕްރޮމޯޓް ކުރާ
ބައެއްކަން އެނގޭ
ޔާމީނަށް ވޯޓްހޯދައިދޭން ތިޔަގުރޫޕް ކުރިކަން
ކަން އަދި ޓީވީތަކަަށާްްއަރާޖެހި ސަކަރާތް އެހުރީ
ފެން ނާން
ހަނދީ މުށްގަޑެކޭ ގޮވާނެކަމެއްނެއް
ސަލަފު ކުދިން ރަނގަޅަށް އިޢްލާން ތައް ކިޔުއްވުން ވ މުހިއްމު. ޢިސްލާމިކް މިނިސްޓްރީން އެބުނަނީ އެރޭ އެޖަލްސާ ބާއްވާ ކަން ބާއްވާތަނަކާ ގަޑި އަކާ ބާއްވާ ދުވަހަކާ އެފޯރަމުގައި ބައިވެރިވެ ވަޑައިގަންނަވާ ދީނީ ޢިލްމުވެރިންގެ ނަން ތަކާއެކު ވަކި މުއްދަތެއްގެ ކުރިން މިނިސްޓްރީ އަށް އަންގާ ވާހަކަ ދެން އެބޭފުޅުން އޯކޭ ދެންނެވުމުން ކުރިއަށް ގެންދަވަންވީ.
ކޮންފަދަ ޖާހިލު މިނިސްޓަރެއްތީ
އެރެއަކީ އެމްޑީޕީގެ ޖަލްސާ އޮތްރޭ. ދެން ވިސްނާލައްވާ!
މިސަރުކާރުގެ ނޭއްގާނީކަން އަދި ރަނގަޅަށް
ފެންނާނީ މޑޕ އަށް މަޖިލިސް ލިބުނީމައެވެ
އެމްޑީޕީ އަށް ފިލާވަޅެއް ދަހެއް ނުވޭ 2012 ގެ ހާދިސާތަކުން.... އަދި ވެސް ނުލާފާ ކަން ދަށްކަނީ