ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، އަލްހާން ފަހުމީގެ ކެމްޕޭނުގައި އެމްޑީޕީ އަށް ނިސްބަތްވާ ރީނދޫ ކުލަ ބޭނުން ކުރަން ފަށައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާއަށް، އަލްހާން ވާދަކުރައްވަން ނިންމަވާފައިވާއިރު، އޭނާ ގެންދަވަނީ މީސް މީޑިޔާގެ އެކި ވަސީލަތްތައް ބޭނުން ކުރައްވައިގެން ފުޅާ ދާއިރާއެއްގައި ކެމްޕޭން ކުރައްވަމުންނެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ އެހެން ކުލަތަކުގައިވެސް އަލްހާންގެ ކެމްޕޭން ޕޯސްޓަރުތައް ފެންނަމުންދާއިރު، ރީނދޫ ޕޯސްޓަރާއެކު އަލްހާން ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ ކުލައަކީ އެއްވެސް މައްސަލައެއް ނޫންކަމުގައެވެ.

"ކުލައަކީ މައްސަލައެއް ނޫން!! އަހަރެން ހުންނާނީ މީހުންނަށްޓަކައި. އަހަރެންނަށް ވޯޓު ދީ. ހުރިހާ ކުލައެއްގެ ރައްޔިތުން، ހަމަހަމަކަމާއެކު ތަމްސީލު ކޮށްދޭނަން." "ޖަޒީރާ ރާއްޖެ" ތީމް އަށް ހަދާފައިވާ އަލްހާންގެ ރީނދޫ ޕޯސްޓަރާއެކު ވިދާޅުވެފައިވެއެވެ.

އަލްހާނަކީ ގިނަ ސިޔާސީ ޕާޓީތަކެއްގައި މަސައްކަތް ކުރައްވާފައިވާ ފަރާތެއްކަން، އޭނާއަށް ދަނީ ކޮންމެވެސް ވަރެއްގެ ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. އެގޮތުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ، ރެލީތަކުގައިވެސް ވާހަކަ ދެއްކެވިއިރު، އެމަނިކުފާނަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމުން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހަށް ތާއީދު ކުރައްވާކަމަށް ވިދާޅުވެ، ޤާސިމްގެ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.

2009 ވަނަ އަހަރު އަލްހާން މަޖިލީހަށް އިންތިޚާބުވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ޓިކެޓުގައެވެ. އެހެންނަމަވެސް، ދިމާވި މައްސަލައެއްގެ ސަބަބުން އޭނާވަނީ އެޕާޓީ ދޫކޮށް ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޖ

    މީދެންކާކު

  2. Anonymous

    ޓިކެޓް ލިބުނީ ޖ.ޕ އިން. ކެމްޕޭން ކުރާނީ އެމްޑީ އަށް ވެގެން. ޙޮވޭނީ ޕޕ އެމް އިން ކަންނޭގެ. . މަޖުލީހުގަ ތަމްސީލު ކުރާނީ އަދާލަތު.
    ސިޔާސީ ކުނިގަނޑެއްތީ! ޗީޑި.

    • ފަޅޯ

      މީނާގެ ކިބައިން ރާއްޖެ ސަލާމަތްކޮށްދީ.މީ މޮޔައެއް

  3. ޜާއްޖެ އިސްލާމް

    ކުލަޔަކީ އެންމެންގެ އެއްޗެއް ވަކި ކުލަޔަކީ ވަކިބައެއްގެ އެއްޗެއްނޫން ސިޔާސީ ޕާރޓީތަކަށް ކުލަބެހުމައް އޮތް މުއައްސަސާވެސް ބޭނުންވޭ ވަކިކުލައެއް ނަގަން މިކަމުގެ ސަބަބުންވެސް އުފެދުނީ ފިތުނަ.

    ސިޔާސީ ޕާރޓީތަކަކީ ރައީސް މައުމޫން ރައްޔިތުންގެ ހިޔާލު ނުހޯދާ ރައްޔިތުންގެ މެދުގަ އުފެއްދި ބޮޑުފިތުނައެއް މި ފިތުނައިގަ ޖެހި އާއިލާތަށް ރޫޅިބައިބައިވެ ރާއްޖޭގަ އޮތްރީތި މަޑުމައިތިރި ރަނގަޅު އަޚްލާގީ ސަގާފަތް މިވަނީ ނެތިގޮސްފަ.

    ޕާރޓީތަށް އުފެއްދީމަ ބައިބައިވުން ބޮޑުވެގެން ދިޔަވަރު އެއްމެ ބޮޑަށް މިހާރު ތަޖްރިބާ ކުރައްވާނެ ބޭފުޅަކީވެސް ހަމަ ރައީސް މައުމޫނު ހެދި އެއްވެސް ޕާރޓީއެއްގަ ސާބިތުވެ ނުހުރެވުނު، ދަރިންނާ ތިމާގެ މީހުންވަނީ ބައިބައިވެފަ.
    ޤައުމައް ދިގުމުއްދަތަކަށް އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ކުރެއްވި ޚިދުމަތް މިޔަދު ބަލައިގަ ންނަ މީހަކުނެތް

    ކުރީގަ އަތްއުފުލާ ލެއްވީމަ މުޅި ޤައުމު ކޮޅަށް ތެދުވި ދުވަސް މިޔަދު ވަނީ މާޒީވެފަ މިޔަދު ސޯޝަލްމީޑަިޔާގަ އެއްޗެްް ވިދާޅުވީމަ އެއީ އަދި ހަގީގީ ވާހަކައެއް ކަމައްވިޔަސް އެއްކޮޅަށް އެއްޗެްް ބުނާމީހަކަ ނެތޭ ބުނުންވެސް މުޅިން ދޮގަކަށް ނުޥަނެ.

    އޭގެ ބަދަލުގައި ފުރައްސާރަ ކުރާމީހުން ލިޔާ އެއްޗެހި ކިޔާލަން ނުކެރޭހާ ހުތުރު.

    ހަގީގަތުގައި މިގައުމުގައި ސިޔާސީ ޕާރޓީތަށް އޮންނަ ފެނޭތޯ ރައްޔިތުންގެ ވޯޓަކަށް ދާ ންޖެހޭ
    ކަށަވަރުވާ ކަމަކީ ރައްޔިތުންގެ ބޮޑު އަގުލަބިއްތަކުން ބުނާނީ ޕާރޓީތަށް އުވާލަން ފެންނަވާހަކަ.

    އެހެން ވެއްޖެ ނަމަ އަހަރުމެންގެ ރިވެތި އާދަކާދަތަކާ ކުދިންގެ އަހްލާގު ރަނގަޅުވެގެން ދާނެކަން ޔަގީން.

  4. ބބބ

    މިއަށްކިޔަނީ އުނގުޅޭ

  5. ގޑން

    ތިކަލޭގެ ނުހޮވޭނެ

    • އަޒުލް

      އަލްހަާނެއް ނުހޮވޭނެ

  6. ޕިންކް ޔެލޯ ރެޑް ގްރީން

    ތީ ހަމަ މަ ހެނދުނު ޕިންކް، މެނދުރު ޔެލޯ ،ހަވީރު ރެޑް، ރޭގަނޑު ގްރީން ފަހަތަށް ފަހަތަށް ބާރަށް ފަހަތަށް...

  7. ސަޓޯ

    މިކަލޭގެ އައް ވޯޓު ދޭނީ މޮޔައިން... މިއީ ރިޝްވަތު ކައި... ރިޝްވަތު ހިފާ ދެފުއްކެހެރިއެއް...

  8. ޙާމާން

    މަރުހަބާ އަލްހާން . އިސްކުރާނީ ރައްޔިތުންނާއި ގައުމުކަން އެންމެ ރަނގަޅަށް އެނގޭނީ އެމްޑީޕީއަށެވެ. ޢެއީ ހެއްދެވި ނެހެއްދެވި އަށް އެމްޑީޕީ އަށް ގޮވާފައި ވަގުތީ ފައިދާއަކަށް ޑީއާރޕީ އަށް ޢައްދާރުވެފަ އެމްޑީޕީ އަށް ދިޔަގޮތެވެ. ޢަލްހާން ތިވަނީ ވޭތުވެދިޔަ 10 އަހަރު 5 ފަހަރު ޕާރޓީ ބަދަލިުކޮށްފައެވެ. ޢެއީ
    1.ޑީއާރޕީ
    2.އެމްޑީޕީ
    3.ޖޭޕީ
    4.ޕީޕީއެމް
    5.ޖޭޕީ
    މިފަހަރު މަޖްލިހަށް ނުހޮވިއްޖެނަމަ ދެން ކޮން ޕާޓީ އަކަށް ޖޮއިންވާނީ . އެމްޓީޑީ އާއި އެންމެ ގުޅޭނީ .

    .

  9. އަލްޖިބްރާ

    ކޮންމެ ފަދަ ކުލައަކުން ޕޯސްޓަރު ހަދާ ، ހެދުންލިއަސް ކަލޭ ހޮވޭނެ އެއްވެސް ދާއިރާއެއް ނެތް !

  10. އހމ

    އަހަރެމެން މީ މޮޔައިންތަ.. މިހިސާބު މީހެއްވެސް ނޫން،،، ގޮސް އަމިއްލަ އަތޮޅައިގެން އުޅެބަލަ.....

  11. ދަތްދޫނި

    މިކަހަލަ ދެފުތް ކެހެރިން ނުވާނެ ހޮވާކަށް.

  12. ޔަގީން

    ސިޔާސީ މޮޔަމީހާ

  13. ކޮމޮލިކާ

    މިހާރުވެސް ތިފެންނަނީ އަލްހާނުގެ އިހުލާސްތެރިކަން ހުރިވަރު ކެމްޕޭންވެސް ތިކުރަނީ މީހުންނަށް އޮޅުވާލއިގެން ވޯޓް ހޯދުމަށް ފޯކަސްކޮށް އަލްހާނުމެން ދުވަހަކުވެސް އިސްލާހެއް ނުވާނެ ޔާމީން އިންތިހާބުގަ ޔާމީނަށް ކެމްޕެއިންކޮށްފަ އިބޫއަށް ހެއްދެވި ނުހެއްދެވިއަށް ގޮވާފަ ޔާމީން ބަލިވި ހިސާބުން އިބޫއަށް ތާއީދު ކުރަން ފަށައިފި