އަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން އިތުރު ނުވަ ދާއިރާއަކަށް ވާދަކުރަން ނިންމައިފިއެވެ.

މިރޭ ޖުމްހޫރީ ޕާޓީ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ އަށް ބޭފުޅަކަށް ޓިކެޓް ހަވާލުކޮށްދެއްވީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއެވެ.

މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޖޭޕީން އަލަށް ޓިކެޓު ދީފައިވާ އަށް ދާއިރާއަކީ، ތ.ކިނބިދޫ ދާއިރާ، ޅ.ނައިފަރު ދާއިރާ، ހއ.އިހަވަންދޫ ދާއިރާ، ށ.މިލަންދޫ ދާއިރާ، ހދ.ނޮޅިވަރަމް ދާއިރާ، ނ.ހޮޅުދޫ ދާއިރާ، ތ.ހިރިލަންދޫ ދާއިރާ، ގދ.މަޑަވެލި ދާއިރާ އަދި އައްޑޫ މީދޫ ދާއިރާއެވެ.

މިރޭ އެ ޕާޓީން ހަވާލުކުރި ނުވަ ޓިކެޓާއެކު އެ ޕާޓީން މަޖިލީހަށް ވާދަކުރާ މީހުންގެ އަދަދު 45 އަށް ވަނީ އަރާފައެވެ.

އެ ޕާޓީގެ ޓިކެޓުގައި 61 ދާއިރާއަކަށް ވާދަކުރަން ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅީ 97 ބޭފުޅުންނެވެ. އޭގެ ތެރެއިން 36 ބޭފުޅަކު ވާދަކުރައްވާނެ ދާއިރާތަކާއެކު މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުގެ ރޭ އިއުލާނުކުރިއެވެ.

ޖޭޕީ އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަ ނުކުރެއެވެ. ނަމަވެސް އެ ޕާޓިން މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ދާއިރާތައް އަދިވެސް އިތުރުވެދާނެކަމަށް ބެލެވެއެވެ.