ރޭ އިދިކޮޅު ފަރާތް ތަކުން ވެރިރަށް މާލޭގައި " ހުއްޓުވާ" ގެ ނަމުގައި ބޭއްވި މުޒާހަރާ ވަރަަށް ވެސް ކާމިޔާބު ކަމަށާއި މުޒާހަރާގެ މަގުސަދު ހާސިލު ވެއްޖެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ދާދި ދެންމެ އަކު އިދިކޮޅު ފަރާތް ތަކުން އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ ރައީސް ޔާމީންގެ އަނިޔާވެރިކަމާއި ފަސާދަ ހުއްޓުވުމަށް އިދިކޮޅު ފަރާތް ތަކުން ރޭ ކުރި މުޒާހަރާ ގެ މަގުސަދު މާބޮޑަަށް ވެސް ހާސިލު ވެއްޖެ ކަމަށެވެ.

" ރޭގަ އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ރައްޔިތުން ނިކުމެ ބޮޑު ކޮށް ރައީސް ޔާމީންގެ އަނިޔާވެރިކަން ހުއްޓުވަން މައްސަކަތް ކުރި ތަން އަދި އަޑު އުފުލިތަން. ސަރުކާރުގެ ފިއްތުން އިންތިހާއަށް އޮތް އިރުވެސް ރައީސް ޔާމީން ފުލުހުން މެދުވެރިކޮށް ރައްޔިތުންނަށް އަނިޔާ ކުރަމުން ގެންދިޔަ އިރުވެސް , ރައްޔިތުން އެއަށް ފަސްޖެހުމެއް ނެތި އިހުތިޖާޖުގައި ތިބި މަންޒަރު ފެނިގެން ދިޔަ " ހަސަން ލަތީފު ވިދާޅުވިއެވެ.

ރޭގަ ވެސް ގިނަ ރައްޔިތުން ނިކުތް ކަމަށާއި މިރޭވެސް ނިކުންނާނެ ކަމަށް ވިދާޅުވެ ހަސަން ލަތީފު ވިދާޅުވީ މިހާރު ކުރަމުންދާ އިހުތިޖާޖު ހުއްޓާ ނުލާނެ ކަމަށެވެ.

" ރޭގަވެސް ރައްޔިތުން ނިކުތް ގޮތަށް މިރޭވެސް ރައްޔިތުން ނިކުންނާނެ. އަޅުގަނޑުމެންގެ މި އިހުތިޖާޖު ހުއްޓާ ނުލާނަން. 1 ޕެބްރުއަރީގައި ސްޕްރީމު ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން ދެން އަދި ރާއްޖޭގައި އިއުލާން ކޮއްފައިވާ ޣައިރު ގާނޫނީ ކުއްލި ހާލަތު އުވާލަންދެން މުޒާހަރާ ކުރާނަން " ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ މިރޭ ވެސް މުޒާހަރާ ފެށޭނީ 9:00 ގައި މަޖީދީ މަގު ޗާންދަނީ މަގު ކަންމަތިން ކަމަށެވެ.

އިދިކޮޅުން ރޭ "ހުއްޓުވާ" ނަމުގައި ބޮޑު އެއްވުމެއް މާލޭގައި ކުރިއަށް ގެންދިޔަ އިރު އިއްޔެ ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެެއްގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އަމީތު ވިދާޅުވީ ގެޔަށް ވަންނާނީ ރައީސް ޔާމީން ހުއްޓުވާފައި ކަމަށެވެ. ނަމަވެސް ރޭގެ މުޒާހަރާ ވެސް ވަނީ ވަރަށް ފަސޭހައިން ރޫޅިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

48 ކޮމެންޓް

  1. ޔޫސުބު

    ކަލޯ ކަޑަވީމަ ތިކަހަލަ ރަނބަ ނުތަޅާ....ރޭގެ މަގުސަދަކީ ވެރިކަން ހުއްޓުވުން...ވައްޓާލުން...އެކަމެއް ނުވި...ދެން އެހެންފަހަރު ތަކެކޭވެސް އެއްގޮތަށް ރާއްޖެތެރޭ ކުދިންކޮޅެއް ޖަލަށް ގަޅާލެވުނު...އާއިލާތަކެއް ބިކަކޮށްލެވުނު....އިތުރު ކަމެއް ހާޞިލެއް ނުވޭ...ތެޅިތެޅި ތިބޭ.

  2. Anonymous

    މަގުސަދު ވަރަށް ސާފު. އީޔޫ ގަރާރުގައިވާ އިސްލާމް ދީން ނޫން ދީންތަކަށް މިގައުމުން ޖާގަ ދޭން ކުރި މުޒާހަރާއެއްކަމަށް ބުނެ އެމީހުނަށް ފޮނުވަން ފޮޓޯއާ ވީޑިއޯ ހޯދުން. އެކަން ވެއްޖެ. ކާމިޔާބު.

    • ކޮޕް

      ހަހހަ، މަގުސަދު ވަރަށް ސާފް އީޔޫން ނެރުނު ގަރާރަށް އެތައް ދިވެހިރައްޔިތުންނެތް ދީނީ މިނިވަންކަމަށް ގޮވާލާ މަގުތަކަށް އެއްވެ އިހުތިޖާޖުކޮށް ވެރިކަން ވައްޓާލަން އަޑު އުފުލާ މަންޒަރު ނެގުން

  3. ލާދީނިއަންސް

    މިރޭ ވެސް އިދިކޮޅު އެމްޑީޕީން އީޔޫ އަށް ދައްކަން ލާދީނީ ފިކުރު ކުރި އަރުވަން ކަސްބީ އަންހެނުން ތަކެއް ގޮވައިގެން މާލޭގެ މަޖީދީ މަގުގައި މުޒާހަރާ ކުރާނަމަ ސަރުކާރުން އެބަޖެހެއެއް ނޫންތޭ ހުކުރެއް ހޮނިހިރެއް ނުބަލާ ސީދާ ރައްޔިތުންނާއި ގުޅުން ހުރި އިގްތިސާދީ ކަންކަން ކުރިއަށް ނެރެ އެކަން ޕްރޮމޯޓް ކުރަން ސަރުކާރުގެ މިނިސްޓަރުންނާއި އަދި ރައީސް އޮފީހުގައި އޮންނަ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން. އެގޮތުން މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ދޭނެ ކަން މިރެއިން މިރޭ އިރޮއޮއްސި 6 ނުޖަހަނީސް އިއުލާން ކޮށްލާ އަދި ފްލެޓްސް ތައް ލިބުނު އެންމެންނަށް މާދަމާ އިން ފެށިގެން ލިޔުން ހަވާލު ކުރާނެ ކަމަށް އެންގީމާ ނިމުނީއެވެ. އެއިރުން ދެން އެމެން ރަންރީނދުލޭ މެންނާއި އެކު އުޅޭނެ ބަޔަކު ނުވާނެ މުޒާހަރާ ކުރަން. ސަރުކާރު ބާރުގައި އޮވެމެ މިކަން ކުރަން ތިހާ ފަސް ޖެހެނީ ކީއްވެތޭ. ރައްޔިތުންގެ ސަޕޯރޓް މިކަމަށް އޮންނާނެ އަދި މިހާރު މިއޮތް ސިޔާސީ ޕެނިކް ރޫމް އިން ރީއްޗަށް ނިކުމެވޭނެ ސަރުކާރުން ކީއްވެގެންތޭ މިކަމަށް އެނަރޖީ އެއް ލައިގެން މިކަން ކުރަން ނޫޅެނީ. އިގްތިސާދީ ކަންކަން ކުރިއަށް ނެރެންވީ މާލެ ސަރަހައްދަށް ރާއްޖެ ތެރެއަކަށް ނޫން ނެެރެންވީ. އެއިރުން އަޑު ކިޔާ ޕޮލިޓިކަލް ލޭންޑްސްކޭޕް މަމެން ބޭނުންވާ ޑިރެކްޝަން އަށް ދާނީ. އެމެން އެއީ ރިއަލް ލާދީނިއަންސް ކަން އެމެންނަށް އަންގާ ދޭން ޖެހޭނީ އިގްތިސާދީ ކަންކަމުން ރައްޔިތުންގެ މޫނު ތަކަށް ހިނިތުން ވުން ގެނެސްދީގެން ނެވެ.

  4. ވެސްޓަރންގިޓާރ

    އަސްލުވީގޮތް... މި ވާހަކައިގެ ނަމަކީ

    ހުއްޓިއްޖެ، ވެއްޓިއްޖެ

    ދެންފަހެ ދަންވަރު ވެރިކަން ވެއްޓި ނިމިއްޖެއެވެ. އެކަމާއި ދެން އިތުރަށް ދައްކާނެ ވާހަކއެއް ނެތެވެ. އިންތި ބުނިހެން ރަށްޔިތުންގެ ބާރު ދައްކާލައިފިއެވެ. ހަމަ އެއާއިއެކު ނަޝީދު ވެރިކަމާއި ހަވާލު ވެއްޖެވެ. ޤާސިމްވެސް ބަޑިބަޑި އަޅާފައި އަތުވެއްޖެއެވެ. ނަޝީދު ހުވާ ކުރުމާއިއެކު އިންޑިޔާގެ ބޮޑުވަޒީރު މޯޑީ އިސްލާމީ މަރުކަޒުގައި ބަންގި ގޮވާ އިސްލާމްވިއެވެ. އަދި އީޔޫ އިން ވަފުދު އައިސް ކުއްލިއަކަށް އިސްލާމްވެ ވެޓިކަންގައި ފައްޅި ތަޅާލާ މިސްކިތް އަޅަން އިއުލާން ކުރެއެވެ. މިއީ މިކަން ވެގެން ދިޔަ ގޮތެވެ. ދެން އެއްވެސް މީހަކު ދޮގު ނުހަދާށެވެ. މިއީ ހަމަ އަސްލުވެސް ކަން ވެގެން ދިޔަގޮތެވެ...

  5. ބެއްޔާ

    ހަސަނާ ކަލޭ ހަތަރު ކަށިމަތި މާލެ ވީމަ ލަދުހަޔާތްވެސް ނެތީތަ؟ ކޯޗެއްކާމިޔާބުވީ؟ ކަލޭމެން ބުނި އެއްކަމެއްވެސް ނުވި، އިނގިރޭސިން ކިޔާއުޅޭ "ސަވަރ ގްރޭޕްސް" އަދި ބުނެލަން، ހަސަނާ ކަލޭ ބުނި އެއްކަމެއްވެސް ނުވޭ. މިދިޔަ އަހަރު ޖޫން މަހު ފަހުކޮޅު ހަމަ ތިގޮތަށް ޓީވީ އަށް އަރާ ބުނި ނަޝީދު ދެތިން މަސްތެރޭ ރާއްޖެ އަންނާނެޔޭ. ކޮބާ ނަޝީދު؟ އިބިލީހުގެ ނުފެންނަ ތާކިހާ އަޅައިގެންތަ ރާއްޖޭގަ އުޅެނީ. ތިހެން ފޮނި ކަނޑާ މީހުންނަށް އާދައިގެ ދިވެހިބަހުން ކިޔަނީ އަނގަ .... ބާކީ ނެތް ބުނެވޭކަށް. ވަރަށް ސަލާމް

  6. ޙިޔާލު

    އަތަފަނި ބޮވިފަ ތިއޮތީ

  7. ނަރުގިސް

    ތިހާވަރުވީ މާވެސް އަދިވެސް ނުކުންނާތި މުޒާހަރާޔައް ނަޝީދު ހުވާވެސް ރޭކޮށްފި ދެން ެނަށާ ލަވަކިޔާ އަތްޖަހާ ތިއޮތީ ވެރިކަން ެވެއްޓިފާ ލަދުކުޑަ ބައެއް އިނދިކޮޅުގައި ތިބެނީ ކޮބާ ބޮނޑުން ފިލާތިބެ ނިކަމެތިން ނެރެގެން ބަންދު ކުރީމަ އެމީހުންގެ އަނބިދަރިންގެ ޒަރޫރީބޭނުން ފުއްދައިދޭނެ .

  8. ށ.ސށ.

    ޢެމް.ޑީ.ޕީ މީހުން ހީކުރަނީ ހުރިހާ ދިވެހި ރައްޔިތުން ނަކީ މޮޔައިންނޭ ދޯ...ގުނބޯ ހެއްދޭނީ ލާދީނީ ފިކުރުގެ މީހުން. ޙަސަން ލަތީފަށް ހީވަނީ ލައްކަ އެކޭ ދޯ...ތެޅި ތެޅި ތިބެން ޖެހޭނީ އަމިއްލަ އަށް ކަންކަން ނުކުރެވެނޔާ މައިތިރި ވެގެން ތިބެބަލަ...ކޮންމެހެން ބޭރުން މީހުން ގެނެސްގެން މި ގައުމު އިސްލާޙް ކުރަން އުޅޭނެ ކަމެއްނެއް..ލާދީނީ މީހުންނަކަށް ނޭނގޭނެ މިގައުމުގަ ކަންކުރަން ވީ ގޮތެއް..މީ އިސްލާމީ ގައުމެއް...ރާޑިވެފަ ތިބެން ޖެހޭނީ...

  9. ގ

    ތިކަހަލަ ކާމިޔާބީ އަބަދުވެސް ރީދުލަށް ލިބޭ
    އެކަމަކު ވެރިކަމާ 100 މޒެލަށްވެސް ކައިރި
    ނުވެވޭނެ

  10. މާކުންބެ

    ތިގޮތަށް ތަންކޮޅެއް ކުރިން އުޅުނު މީހެއްވެސް ވަރަށް މޭ ފުއްޕާފަ ބުނި " ކެރެންޏާ ދެން ޖަހާބަލަ" ޖަހާއިރަށް ބިންމައްޗަށް ވެއްޓުނީމަ ތެދުވެ އަނެއްކާވެސް މޭފުއްޕާފަ ބުނަނީ "ކެރެންޏާ ދެން ޖަހާބަލަ" ހަމަ ހުސް ޖަމަލު ފޮޑި. މަނަމަ ލަދުންވެސް މީހުން ކުރި މައްޗަށް ނުކުންނަން ނުވެސް ކެރޭނެ. ކަލޭމެންނަށް ކޯޗެއް ހުއްޓުވުނީ؟

  11. އުހުނަ

    ޝުކުރިއްޔާ ހަސަނު. އަނިޔާވެރިކަމާ ފަސާދަ މިހާރު މުޅިން ހުއްޓިއްޖެ. ހުރިހާ ކަމެއް ހަމަޖެހި ނިމުނީ. މަމެން ބޭނުންވާ އެންމެ މުހިއްމު ދެކަން ތިޔަ ހައްލުކޮށްދެއްވީ. ދެން ޔާމީނު ވެރިކަމުގައި ބަހައްޓަވާ. ދެން އެމަނިކުފާނު ވެރިކަމުން ދުރުކުރުމުގެ އެއްވެސް ބޭނުމެއް ނެތް. ހުއްތުވަން ބޭނުންވި ހުރިހާ ކަމެއް ހުއްޓުނީމަ ދެން އަޅުގަނޑު އިތުރު މުޒާހަރާއަކަށް ނުނުކުންނާނަން.

  12. ސަމި

    ތީ އަނގައިން އަރާނެ ބއެއްނޫން ލަދުޙަޔާތް ގޮއްސަ

  13. ޢަމައްޔާއި

    .ދެން ހަމަ ހިނި އަންނަނީ. .ކެކެކެކެކެކެކެ

  14. ޓީ ޓީ ބީ ޓީ

    ތޮޅިޔަށް ތޮޅިޔަށް ބާރަށް ތޮޅިއަށް. ހަހހަހަހަހހަ

  15. އަހްމަދު

    ކޮން ކަމެއް ހާސިލު ވީ. ހަސަން ތޯ މިއަދު ރައީސް ކަމުގައި ހުރީ.

  16. ފައިވާނުންފޫދިޔައީ

    މަގުސަދު ހާސިލްވެއްޖެ ރައްޔިތުންގެ ތެރޭގެ ތަންދޮރު ނުދަންނަ ގަމާރު ގުނބޯތަކެ ތިބިކަން ދުނިޔެއަށް ދައްކާލެވިއްޖެ.. އޭގެތެރެއިން ގިނަބަޔަކު 24ގަޑިއިރަށް ނަމަވެސް ބަންދަށް ގެންދެވިއްޖެ.. މިމީހުން ބަންދުން ދޫކޮއްލުމުން އަތްމައްޗަށް ހިއްލާފަބުނާނެ ވަރަށްގަދަކޮށްނޭ މިތިބީ.. ނިމެނީއޭ.. ކޯންޗެނުނިންމިގެންއުޅޭބައެއް.. ކަމެފެށިގެންނުން ނިންމާލެވޭނީ.. ވެރިކަމަށް ކުރިމަތިލެވޭނެ ލީޑަރެނުދެއްކިގެންއުޅޭބައެއް... އެކަންނިންމަބަލަ.. މުޒާހާތެރޭން ގޮވާނެ އެކަކުނެތީމަ އަނެކަކު އެބަހުއްޓޭ މުޒާހަރާކުރަން.. ވެރިކަމަށް ކުރިމަތިލެވޭނެ މީހަކަނެތީ... ހުރީ އެއްމެމީހެއް ކުފޫހަމަވާ މިހަތަރު ލީޑަރުންގެ ތަމްސީލުކުރާ ޖަމާއަތްތަކުގަ...

  17. ޢަލީ

    އާން ކާމިޔާބު މީނާގެ މައްޗަށް ބަސްކިޔަންހުރި އިބޫވެސް ހައްޔަރުކޮށްފިއްޔާ. ދެން ރަށްރަށުން ގެނައި މީހުންތައްވެސް ހައްޔަރު ކޮށްފިއްޔާ އެމީހުން ބައިތިއްބާނެތަނާ ކާނެ އެއްޗެހި ނުދީވީއެއްނު އެހެންވީމާ ވަރަށް ކާމިޔާބު. ރޯނު އެދުރު

  18. ޙަފްޞާ / މާލެ

    މުޅި ރާއްޖެއިން މުޒާހަރާގައި ބައިވެރިވީ މީހުން ދެހާސްވެސް ހަމަނުވޭ! ލަދުގަ ބެދި ފަޟީޙަތްވީމާ ރަނބަަ ނުހަލާތިބޭ! ހާވިޔާވަމުންގޮސް ރޫޅާލިއިރު 300 ވެސް ނެތް! އިސްލާމްދީން ހަމަ އޮތީ މިރާއްޖޭގެ ދީނުގެގޮތުގައި! ރައީސް ޔާމީން ހުންނެވީ މިރާއްޖޭގެ ރައީސްގެ މަޤާމުގައި! ދެން ކޮންކަމެއްބަ ވީ؟

  19. ބައޮކަލޯ

    ޢެންޑީޕީ މީހުން ބޭނުންވާމަގުސަދުހާސިލުވެއްޖެ
    ކުށެއްނެއް އެތައްބައެކައް އަނިޔާދެވިއްޖެ

  20. ރަނދަ

    ހިޔަޅުވެސް ބުނީ ހަމަ ތިހެން. މޭބިސްކަދުރަކީ ހުތް އެއްޗެކެވެ. ވަރަށް ދަލާމް.

  21. އަހުމަދު

    އޭގެ މާނައަކީ އިބޫ ހައްޔަރު ކުރުން އެއީ މަގްސަދު ތޯ ؟

  22. ޙަފްޞާ / މާލެ

    އެކަމަކު ބެއްޔާމެން ހާދަ ދޮޅިއެލިފަ ތިތިބީ! ކަމެއް ނުވިތާންގައި މީހަކުވެސް ނުނިކުތްވިއްޔާ ދޯ؟

  23. ބުޓާނީ

    އެއީ ތެދެއް މިހާރު އަންނި ހުވާކުރަނީ ހުވާ ލައިދެނީ ބަތްފުކޭ ހަސަން ލަތީފު. އަހުރެން ކެރަބެ.......ކެކެކެކެ.

  24. އަޝްރަފް

    މަގްސަދަކީ ބަޔަކު ހައްޔަރު ކުރުވުން އެއީ އެކޮންމެ މީހެއްގެވެސް ޢާއިލާއެއް އޮންނާނެ އެހެންވީމަ ބޭނުމަކީ އާއިލާ ސަރުކާރަށް ނަފްރަތު އުފެއްދުން ގިނަބަޔަކު ސަރުކާރު ދެކެ ރުޅިއެރުވުން އެހެންވީމާ މަގްސަދު ވަރަށް ސާފު

  25. ޓުއްތަފާ

    އަޒުހަރުން ކިޔެވި މައިމޫނަށްވެސް ވެސް ކަމުދޭބާ އީޔޫގެ ބަޔާން.

  26. ނުރަބޯ

    ރީނދޫބައިގަނޑު ޖަހާގިއްގަޅުވާލީމާ، ބޯޖެހިތާ ނަގޫޖަހާފައި މަށެއްނޫނޭ މަށެއްނޫނޭ ގޮވަމުން ކަޑަބޮއް ޖަހާފައި ދުވެފިލައިގެންގޮސް ހޮރަށް ވަދެ ސިއްރުން ބޮނދާތިބެގެން މި ގޮވަނީ މަގްޞަދު ޙާސިލްވެއްޖެޔޭ މަގްޞަދު ޙާޞިލް ވެއްޖެޔޭ؟ ކޮން މަގްސަދެއްބާ ޙާޞިލްވީ؟ ސަރުކާރު ހުއްޓުވާލެވުނުބާ؟ ނުހުއްޓުވޭ. ރައީސް ޔާމީން އިސްތިޢުފާދެއްވިބާ؟ ނުދެއްވާ. ދެންކޮންކަމެއްބާ؟ ތިޔައީހަމަ ރީނދޫ ލާދީނީ ބައިގަނޑު މާޔޫސްވެދާނެތީ ފަތުރާ ޕްރޮޕެގެންޑާ.....!!!

  27. ގިފިލި

    ކަލޯ ވަރަށް ކާމިޔާބު ބައިވަރު މީހުން ހައްޔަރު ކުރެވުނު- ހަސަނާ ބޮޑުވަރު ތީ -ކަލެއަށްވެސް އެނގޭނެ ވެރިކަމުގަ ހުރީ ޔާމީނު ކަން- ބޮޑުގައުމެއްވެސް ހިންގާލަން އެނގޭވަރު މީހެއް އެއީ-

  28. ހުސެން

    ތެދެއް ވަރައްކާމިޔާބު، ބޮޑުން ފިނިކޮޓަރީގަތިބެގެން ބަޔަކުމަގުފުރައްދާ 145 މީހުން ހައްޔަރުކުރުވައިފި. އެއީ ލިބުނު ވަރައްބޮޑުކާމިޔާބެއް. ހައްޔަރުވި 145މީހުންގެ އާއިލާ މީހުންދެން އަތްޖަހާ.

  29. ވަސީލަތް

    އަޅެފަހެ ތިބޭފުޅުންގެ މަޤްސަދަކީ ގިނަ ރައިޔަތުން ތަކަކަށް ފުލުހުން ގެ ފަރާތުން އަނިޔާ ލިބުންތޯ...
    އެހެން ވެއްޖެއްޔާ ތެދުފުޅެއް ރޭގަވެސް އެތައް ބަޔެއްގެ ލޮލަށް މިރުސް ސްޕްރޭ ކުރެވުނު... ކަރުނަގޭސް ވެސް ޖަހާލެވުނު އެތައް ދުވަހެއްފަހުން... ގިނަ ބަޔަކަށް އެކިމިންވަރުގެ ކުދިކުދި އަނިޔާވެސް ވި... އަދި މީގެ އިތުރުން މާތްވެގެންވާ އިއްޒަތްތެރިން ވިދާޅުވާ ގޮތުން 141 މީހުންވެސް ބަންދު ކުރެވުނު...

    މީތޯ މަޤްސަދަކީ..

  30. ރައްޔިތު މީހާ

    ރަނގަޅު ވާހަކައެއް....ވަރަށް ކާމިޔާބު ކިތައްމީހުން ހައްޔަރުވީ...ބުނަން ރަނގަޅު ވާހަކައެއް ކަލޭ ހަސަނާ މާ ވާހަކަދެއްކޭ މީހަކަށް ވެގެން ފާޑުފާޑުގެ އަނގަ ނުގަޅާ ހުރެބަލަ... ޅަދެއްވެސް ގަންނާކަށް ނޭގޭނު ކަލެއަކަށް...

  31. ލާދީނިއަންސް

    މުޅި ދުނިޔެ ވެސް އެއްބަސް ވާނެއޭ މަމެން ޕިންކީންގެ ބިއުޓިފުލް ސަރުކާރުން އެޕްލައި ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް މިއަހަރު ނިމެންދެން ސްޓްރެޗް ކޮށް ލި ނަމަވެސް އެއިން ރައްޔިތުންނަށް ވެސް އަދި ދުނިޔެ އަށް ވެސް ގެއްލުމެއް ނުވާނެ ކަން އެއިން ވާނީ ފައިދާ ކަން. އެހެންކަމުން މިއަހަރު ނިމެން ދެން ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލާ ކުއްލި ނުރައްކަލުގެ ހާލަތަށް ދިވެހިން އަހުލު ވެރި ކުރުވުމުން ދެން އަންނަ 5 އަހަރު ވެސް އެބައި ދަންމާލާ ދެން މަމެން ވެރިކަން ކުރާ 5 އަހަރަކީ ވެސް އެއީ ލައިޓް ކުއްލި ނުރައްކަލުގެ ހާލަތު އެޕްލައި ކޮށްފައިވާ 5 އަހަރަށް ހެދީމާ ނިމުނީއޭ. ބިކޮޒް އެމެން ވަނީ ރިޔާސީ ލޯންޗް ވެސް ގޮއްވާލާފައޭ. ހޫޒް ބޭޑް ދޭ އާރ ބޭޑް ހޫޒް ބޭޑް ދޭ އާރ ބޭޑް. ބޭޑް ދޭއާރ ބޭޑް ކޮޒް ދޭ އާރ ބޭޑް ޔޫ ނޯ ދޭ އާރ ބޭޑް އެން ދަ ހޯލް ވޯލްޑް ނޯޒް ދިސް. ހޫޒް ބޭޑް. ދޭ އާރ ބޭޑް. ދޭ އާރ ލާދީނިއަންސް...

  32. ޙަބޭސް

    ކަލޯ ހަސަނާ މަގުސަދު ހާސިލުވެއްޖެ ދެން ރަޢިއްޔަތުންނަށް ކޮން ނޮހޮރުއްޕާނެއް ކުރަން މިރޭ ތިނުކުންނަނީ. ޜޭގަވެސް ގޮވީ އަތަށް ރަޢިއްޔްތުން މަގުމަތީ ހަނާ ކޮށް މިކަލޭެގެ ފިނިކޮޓަރީގަ ބޮޑުބުނަން ލަލަލާ

  33. ޖައްސާތި

    ކުއްލި ހާލަތަށް ފަހު އެމެން ދޫކޮށްގެން ނުވާނެއޭ އެމެންނޭ ބަގާވާތް ކުރުމުގައި އަޑީގައި ތިބީ. މަމެން ޕިންކީންގެ ވެެރިކަން ބަގާވާތެއް ގެނެސްގެން ވައްޓާލާނެ ކަމަށް ހީކޮށް އެމެން ޖެއްސި ކްރުއަލް މައިންޑް ގޭމް ގެ ދަށުން އުއްތަމައޭ މެން ކަޓް ކާލައިގެން އުޅުނު ގޮތް މިހާރު ވެސް މަމެން ހަނދާން އެބަހުއްޓޭ އިނގިރޭސި އެމްބަސޭ އަށް ގުޅައިގެން. އެމެން ދޫކުރަން ޖެހޭނަމަ ޖެހޭނީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ އެއް މަސްދުވަހަށް ދަންމާލަން އޭ މަޖްލީހުން ފާސް ވާނެއޭ ހަމަ ކުރިން ފާސްވި ގޮތަށް ސަރުކާރުން އަދި އެއް މަސްދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމާލަންވީއޭ އެނޫން ނަމަ ކަމަކު ނުދާނެއޭ. ތިޔާ މިނިސްޓަރުން ދައްކާ ވާހަކަ މަމެން ގަބޫލެއް ނުކުރާނަމޭ ޓޫރިޒަމް އަށް ދެން ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެއޭ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރި ނަމަވެސް އެއީ އެއްވެސް މައްސަލަ އެއް ނޫނޭ އީޔޫ އަކަށް ނޫނޭ އިނގޭނީ މިގައުމު ހިންގަންވާ ގޮތެއް އެއިނގޭނީ މަމެންނަށޭ.

  34. ހަލީލާ

    ވަރައްބޮޑު ތެދެއް ޥަރަށްކާމިޔާބު އެތައްސަތޭކަމީހުން ކަލޭމެނާހެދި ހައްޔަރު ކުރެވުނު

  35. ާއަލީ

    ހަތަރުކަށިމަތިމާލެ އަށް ސަލާމްއަށްފަހުބުނަން ކަލޭކުރިކަންތައްވަރައްކާމިޔާބު އެތިބީ އެންމެންގަނޑުޖަލައްއަޅާފަ

  36. ތައްޚާން

    . ދަރޮޒޭއިންޗޫދަމާރިއޯއަބީޗްއެންޑްއަހަސަންލައްޓި .މިހިސާބުން ނިމުނީ
    ތިފިލްމު ފްލޮޕް ކަޑަ. ސަޕޯޓްހޯދަން އެތައްވަރަކަށް ކަރުފެލިވެސް މިވީމުޅިންނާކާމިޔާބު. އަދިވެސްފިލްމުކާމިޔާބުވީކަމައްހަދަން ތިއުޅެނީ. ތިހެންހެދީމަ އެހެންފިލެއްކުޅުންސް ވާނީނާކާމިޔާބޭ .ދެނަކުންމަށަކުވާހަމަހިލާ ގައިމުތީންފިލްމެއްގަ ތަންކޮޅެއްކުޅެލަންވެސްނުދާނަން. ބޯނެފެންފޮދެއްހާހިސާބުވެސްދިނީކީނޫން. އެކަމުކާމިޔާބުވިއްޔޯ .މީ4 ކެއްކަހަލަ އަނގަތަޅާބައެއް. ތިމީހުންނާއެކުގަ މިކަމާއުޅެމިވީ މުޅިންގެއްލުން. އެއްޗެއްނުލިބޭތާންގަ ވެއްޓެނީއަގު.ބޑބލއެއް.

  37. އަޙްމަދު

    ހެހޭ: މަޤްސަދު ހާސިލު ވީއިރު ރައީސް މީހާއަކީ ކެނެރީގޭ ނަޝީދޯ.

  38. ކިނބޫ

    ތިބަގަ އަނގަޔަކުންނާރާނެ، ކޮންމެވެސްގޮތަކުން ޢާއްމުރައްޔަތުންނަށް ނުހުރުއަޕާންކުރާނެ، ހަމަ މަޖީދީމަގުގައި ނުޒާހިރާ ބައްވަނީވެސް އާއްމުރައްޔަތުންނަށް ނުހުރައްޕާންކުރަންނޫން ދެންކޮންކަމެއް، އެހެންޏަފަހެ،އަހަރެމެން ކުދިންގެ ޓެސްޓްދުވަސްކޮޅު އަހަރެމެން ކުދިންޓަށް ފިލާވަޅުވެސް ދަސްކުރަންއުދަގޫވެ، އަހަރެމެންގެހުންނަނީ މިމީހުން ހަޅޭލަވާ އަޑުގަދަކުރާތާކައިރީގައި/ ޙަސަން ލަތީފުއަށްބުނެލަން އޮތީ އަހަރެމެން ޢައްމުންނައް އުދަގޫނުވާގޮތައްކަންތަކުރުމަށް އަދިއ އިންތިމެންތި ތިހިއްވަރުތިދެނީ މާލެ ހަލަބޮލިކުރަންތޯ ނުވަތަ ރައްޔަތުންގެ މެދުގައި ހަސަދަވެރިކަންއުފައްދަންތޯ ކަޑައެޅިގެންތިޔައުޅެނީ؟

  39. ޕޮފުބާ

    ލަދު ނުގަންނާނެ އެއްޗެށް ކިޔަންވާނެ ހަސަންލަތީފް ކަލޭ ތިހިރީ ވެރިކާހެދި ބީތާއަރާފަ

  40. މާކަލޯ

    ކޮންމަގުސަދެއް ހާސިލް ވީ ބަލަ ހަސަނާ ، އެއްކަމެއްނުވޭ ހާސިލް ހަސަނުމެނަށް ހާސިލްވީ އާ ހާސިލް ވެފަ އޮށްނާނީ އެއްމެކަމެއް އެއީ ތިމީހުންގެ މަޅިގައި ޖައްސައިގެން އާމުންގެ ބަޔަކު ގުބޯ ހައްދައިގެން އަނިޔާއެއް ދިނުން އެނޫން އެއްވެސް ކަމެއްނެއްވެފައެއް ބަލަ ހަސަނާ،

  41. ޛސހަޖ

    ބަލަ ލަތީފާ މޮޔަވީތޯ. ޥެރިކަމެއް ނުވެއްޓޭނެ. ޢިންޝާ ﷲ. ކަލޭމެން ހަމަ މައުސޫމް ބަޔެއްގެ ބޮލަށް ޗިޕުޖަހައިގެން އެމީހުން ލައްވާ ޤާނޫނާ ޚިލާފް ކަންކަން ކުރުވަނީޔޭ ހަމަ. ޙާދަހާ ނުލަފާ ބަޔެކޭ ކަލޭމެންނަކީ. ދޭބަލަ ޔޫކޭއަށް ވެރިކަން ކުރަން. ޢެމީހުން އެއީ ކަލޭމެން ތިބޭނުންވާ ދީނުގެ މީހުންނަކީ. ދޭބަލަ ކިހާބޮޑު ******** ކަލޭމެންނާ ހެދި

  42. މަނޭސް

    ކާމިޔާބޭ ތިބުނީ އަނެއްކާ ރައީސް ޔާމީނުވެއްޓުނީތަ؟ކަމެއް ކާމިޔާބުވެއްޖެއްޔާ އިތުރަށް ދެން އެކަމެއް ނުކުރާނެ.ޔައުނީ މުޒާހަރާތައް ނިމުނިއްޔޭ.

  43. ނަޢީމާ

    މީނަ އެބުނީ ޓްރެފިކް ބާރުބޮޑުވާ ގަޑިގައި ފޮޓޯ ނެގުނުވާހަކަ ދޯ؟

  44. މޯޑު

    މަގުސަދު ހާސިލް ވީކަމަށްވެދާނެ، ރޭގަ އެމްޕީ މ.ސޯލިހް، އެމްޕީ ހުސެން މުޙައްމަދު ހައްޔަރުކުރި، ކަމަށް ރިޕޯރޓް ތައްބުނޭ،

  45. އަބްދުއްލާ

    ވެރިކަން ވައްޓާލަން ނުވަތަ ހުއްޓުވަން ކުރިމުޒާހަރާއިން ވެރިކަން ނުހުއްޓުވި ނުވެއްޓި ވެރިކަން ބާރުގަދަވުމުންވެސް މަގުސަދު ހާސިލްވުމުން. ހާސިލްވި މަގްސަދު ވަރަށް ސާފު ވެއްޖެ .އެއީ އިސްލާމްދީން ނޫން ދީނަކަށް ދިވެހިގައުމުގާ އުޅެންބޭނުންވާ މީހުން ގެ މުޒާހަރާ އެއްކަމަށް ބުނެ އީޔޫ އަށް ސިޓީއާ ފޮޓޯ ފޮނުވުނުކަން

  46. ާބޫސުފުޔާން

    ޙަސަނާމަމެންހީކުރީމް ތީހަމަހޭގަހުންނަމީހެއްކަމައް އެކަމްމިހާރުއެނގިއްޖެއަބަދުވެސް ތިއިންނަވަނީ ހިއްޕަވާގެންކަންއެހެންވެވާނުވާތިނޭންގެނީ

  47. ރުޒާނާ ޗޮއްޕަޓު

    އާނއެކޭ އާނއެކޭ މަގްސަދު ހާސިލު ވެއްޖޭ. ފޮޓޯ ނެގިއްޖޭ. މަގްސަދާ އެއްގޮތަށް ވާހަކަ ދައްކަން ދަސްކުރަންވީ ކުޑަކުޑަ މަކުނާ. މަގުސަދަކީ ފޮޓޯ ނެގުން. ބުނީ އެހެން ވާހަކައެއް. މުޒާހަރާގައި ބައިވެރިވި ކުދިންކޮޅަށޭ ތި އޮޅުވާލީ. އެހެން ހަދާކަށް ނުވާނެނު އެކަމަކު.