އެމްއެމްޕީއާރްސީގެ ފައިސާތައް މީހުންގެ އެކައުންޓްތަކަށް ޖަމާކުރި އެސްއޯއެފް ކުންފުނިން މިހާރުގެ ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފަށް 33000 އެމެރިކާ ޑޮލަރު (ފަސް ލައްކަ އަށް ވުރެ ގިނަ ދިވެހި ރުފިޔާ) ދިން ކަން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރިޕޯޓުން ހާމަވެއްޖެއެވެ.

އެސްއޯއެފް އިން ފައިސާ ދިން ފަރާތްތަކުގެ ތެރޭގައި މަހްލޫފް ހިމެނިފައި ވިނަމަވެސް މަހްލޫފަށް ގިނަ އަދަދެއްގެ ޑޮލަރު ދީފައި ވަނީ ކީއްކުރަން ކަމެއް އެސްއޯއެފްގެ ރިޕޯޓްގައި ވިދާޅުވެފައެއް ނުވެއެވެ.

މަހްލޫފް ހިމެނެނީ އެސްއޯއެފް އިން ފައިސާ ލިބުނު 150 އަށް ވުރެ މީހުންގެ ތެރޭގައެވެ. ރިޕޯޓްގައި ވިދާޅުވެފައިވާ ގޮތުގައި އެސްއޯއެފް އިން ވަނީ 54 މިލިއަން ޑޮލަރު އެކި ފަރާތްތަކަށް ބަހާފައެވެ.

މަހްލޫފް އަކީ ކުރީގެ ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރު ޔާމީނަށާއި އަދީބަށް އެންމެ ބޮޑަށް ފާޑުވިދާޅުވި ބޭފުޅާއެވެ. ހާއްސަކޮށް ސަރުކާރަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް މަހްލޫފް ވަނީ ކުރައްވާފައެވެ.

މަހްލޫފް ވެސް އެމްއެމްޕީއާރްސީގެ ފައިސާ ބޭނުން ކުރިކަން ހާމަވުމާއި އެކު ގިނަ ބަޔަކު ގެންދަނީ މަހްލޫފްގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

މަހްލޫފްގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ފައިސާ ޖަމާވިކަން ބޭޒާރުވި ފަހުން މަހްލޫފް އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. މަހޭ

    ދެން ކިހިނެއްތަވީ އެވަރު ކަމެއްތަ އެނިމުނީނު ދޯ

  2. ލޮލް

    މަހުލޫފު ޔާމީނާ ދެކޮޅުވީވެސް ފައިސާއެއް ނުލިބިގެން ކަމަށް ވަނީ.. މީއެއްވަރެއްގެ މީހުން. ރައްޔިތުނެ ތިބޭނެ ހެދިފަ.

  3. އަލީ

    މަހުލޫފް ކަލޭވެސް ވައްކަމުގަ ބައިވެރިވީ ، ތިކަހަލަ މީހުންދޯ މިއުޅެނީ ، އޭތި ކަޑަ ،

  4. އިދްރީސް

    މިހާރު ސަރުކާރުގެ މިނިސްޓަރެއް ނަމަވެސް ފަސްޖެހުމެއްނެތި އިންސާފް ގާއިމްކުރަން ހަވާލުވި ސަރުކާރުން އިންސާފްވެރި ސަރިއްޔަތެއް ހިނގާ އަދަބް ލިބެންޖެހޭނަމަ ކުޑަ ބޮޑުމިނެއްބެލުމެއްނެތި ފިޔަވަލު އަލަންޖެހޭނެ

  5. Anonymous

    މަހުލޫފު އިސްތިއުފާ.

  6. Anonymous

    ބޮޑު ވަގު މަހުލޫފު އެހެން މީހުންނައް ވަގައް ގޮވީ ހެސްކިޔާވަ ވައްކަން ކޮއްގެން ކޮރަޕްޓް ވަގު މަހުލޫފު

  7. މަރީ

    ބަސްޓެޑް 🙁

  8. ހަސަން ފޭދޫ

    ދިން ވަރު މަދުވީމަ ދޯ ދެކޮޅަށް މިނިކުތީ. ގައުމާއިގެންނޯ. ބޮއިހަލާކު

  9. ފާތުމަ.

    މި ވަގުލޫފު ބޭނުންވީ ވަރަށް ނުލިބުނީމާ ދެބޯގެރިއެއް ހެން ހަޅޭ ލަވަން ފެށީ.

  10. ޢަލިތަކުރު

    ތިޔަ ރިޕޯރޓުން ފާހަގަވީ ބައިކުޅަ ބައެއް.. ރަނގަޅު ތަޙްޤީޤެއް ކޮއްފިނަމަ 7 މިލިއަން ވަރު އުޅޭނެކަމަށް ވަނީ..

  11. ހަބޭސް

    ދެން ބަލަމާ ހިނގާ ކިތައް % ތޯ ޓޮލަރޭޓް ކުރަނީ. 0% ތޯ 100% ތޯ. ތިވިދާޅުވާ ކޮރަޕްޝަން އާ މި ރައީސް ދެކޮޅިއްޔާ އެންމެނާ ދިމާލަށް ވަގަށް ގޮވާ ކޮރަޕްޝަނޭ ކިޔަމުން ދުވި މަހުލޫފު ވަޒީފާއިން ވަކިކޮށްބަލަ. ރައްޔިތުން މިތިބީ ބަލަން ޓޮލެރެންސް ލެވެލް

  12. މިގޭ

    ވަކަރުގޭ ސޮރު ފައިސާ މަދުވެގެންކަން މަށްށްއިނގޭ ނިކުމެ ހަޅޭ ލެވީ. މިކަހަލަ ވަގުން ހައްތަހާވެސް މިއުޅެނީ.

  13. އިބުރާހީމް

    މަމީ މަހްލޫފްނަމަ ވަގުތުން އިސްތިޢުފާ ދޭނަން. އެވަރުގެ ގަޓް އޭނަގެ ކިބާގައި ހުންނަށްވާނެ.

  14. ައަލީ

    މަހުލޫފު އަކީ ވަރަށް ގިނައިން މީހުން އަތުން ފައިސާ ހޯދާ މީހެއް . އޭނަގެ ބައްޕަ އަކީ ޕޮލިސް ގައި މަސައްކަތް ކުރި ވަރަށް ރަނގަޅު މީހެއް . މީހަކަށް ލިބިފައި ހުރި ނުބައި ނުލަފާ ދަރިއެއްގެ ސަބަބުން މަހުލޫފު ކަލޭގެ ބައްޕަ މުޅި މަގުމަތީގައި ތި ތަޅުވަނީ އަދި ފުލުހުންގެ ވަރަށް ގިނަމީހުން ލޯބިވާ މީހެއް މަހުލޫފުގެ ބައްޕަ އަކީ އެކަމަކު ކީއްކުރާނީ މަހުލޫފާ ހެދި ބައްޕަ މަގުމައްޗަށް ގިނަވެ ދޫނިދޫ އަށް ހައްޔަރަށް ގެންގޮސް މުޅި ގައުމަށް ގިނަވީ . އަދިވެސް މަހުލޫފު މިކަމާ ވިސްނަން ވެއްޖެ. މައިން ބަފައިން މުސްކުޅިވީމަ ދަރިންގެ ސަބަބުން މިއަދު ބައްޕައިން އެހާލުގައި އުޅެންއެޖެހެނީ...

  15. ޖޮއްބެ

    ބޮޑުވަގު މަހޭ އަވަހަށް ވަޒީރުކަމުން ދުރުކޮށް ގެއަށް ފޮނުވާލުމަށް ރައީސް ޞޯލިޙަށް ދަންނަވަން.

  16. ނުރަބޯ

    ކަލޭނޭ ނިކަންވިސްނާލަބަލަ. މިވަގުވިއްޔަ ހަރުއަޑުން މަގުމަތީގައި ރައީސް ޔާމީނަށް ވަގަށްގޮވަމުން ދުވީ! އަޅެ މިކަލޭގެ ލަދުކޮބާ؟

  17. ޟ

    ޥަގު މަޚުލޫފު އަދިވެސް ޑޮލަރު ބޮނޑި ހިފާއި ގެން ޔާމީނުގެ ގޭ ދޮރުމައްޗަށް އީވާ ގޮއިގެންދޭ.
    ތިމާ މީހާ ވެސް އެވަގު ލާރީގަ ޖެހިފަ ތިހިރީ..ވަގު ވަގު..

  18. އަލީ އަހުމަދު

    ވަގުން ވަގުންނަށް ވަގައް ގޮވަނީ ؟

    ސަލާމަތް ނުވާނެ ކަން އެނގުނީމާ ސޯލިހު ފަހަތަށް .....
    މަހުލޫފު ގަދަކަލޭ !!! ތިހިރީ ހިހޫތަނުން ކާން ދަސްވެފާ .......

  19. ނައުމާ

    މަހުލޫފް އިސްތިއުފާ ދޭންޖެހޭ މިހާރުން މިހާރަށް.

  20. އިދުރީހު

    އެވަރުވެސް ހަރާން ލާރިކެނުލެއް މަދުވެގެން ސަރުކާރާއިދެކޮޅައް ނުކުތީ މިއެންމެން ބޭރުކުރަން އިބޫއައް ގޮވާލަން

  21. ޖ

    ބޮޑު ވަގު ދެންކީކޭބުނާނީ

  22. ކޮންޓޭނަރު

    ޖިންސް ކޮންޓޭނަރު މުޅީންވެސް މަހޫލުމެންގެ އަށް ވައްދަނީ ދެއްތޯ..

  23. މޫސާ

    މަޙްލޫފް ހަމަ މިހާރު އިސްތިޢުފާ ދީފަ އެފައިސާ ދަވްލަތުގެ ކަމާބެހޭ ފަރާތަށް ޙަވާލުކުރޭ!

  24. މާލެ މީހާ

    ކޮބާމަހޭ އަދިވެސް އެހެންމީހުންނަށް ވަގަގޮވާތީ މިހާރުކަލޭ ތިޔަހުރީ އެމް އެމް ޕީޔާރުުގެޙިޔާނާތުގާހިފިފާބޭނުންކުރެވިފަާ

  25. އަހުމަދު އަދީބު

    އަސްލު ލިބުނުވަރު މަދުވީމަ އެހެންމީހުނަށް ވަގަށް ގޮވަމުން ދުވީ..އިސްތިއުފާ