ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓް ހުސެއިން ޝަމީމް (އަދުން ހުސެއިން)ގެ ކުންފުނި، ސިރިޔަސް އެންޓަ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް 105 ހާސް ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ޓްރާންސްފާ ކޮށްފައިވާ ކަމަށް އޭސީސީގެ ރިޕޯޓުން ދައްކައިފިއެވެ.
އޭސީސީގެ ރިޕޯޓު ދައްކާ ގޮތުން އަދުން ހުސައިން ނިސްބަތްވާ ހ.އަދުންގެ މުޙައްމަދު ފަޔާޒަށް 557,200 ޑޮލަރު (8،900،424 ރުފިޔާ) ދީފައިވާކަންވެސް އެ ރިޕޯޓުން ހާމަވެއެވެ.
އަދުން ހުސައިންގެ ކެމްޕޭނުގެ ހަރަކާތްތައް ކުރިއަށްދާ އިރު، އޭނާގެ ކުންފުންޏަށް 105 ހާސް ޑޮލަރު ޖަމާވެފައި ވަނީ ކޮން ވިޔަފާރި މުއާމަލާތެއްގެ ތެރެއިންކަން ހާމަވެފައެއް ނުވެއެވެ. އަދުން ހުސައިން އަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި، ފަޅުތަކާއި ރަށްތަކުގެ ގޮތުގައި އެމްއެމްޕީއާރުސީން 57 ތަނެއް ދޫކޮށްގެން 77،455،000 ޑޮލަރު އެ ކުންފުންޏަށް ލިބެން ޖެހެ އެވެ. އެކަމަކު އެ ފައިސާގެ ތެރެއިން އެމްއެމްޕީއާރުސީ އަށް ވަދެފައި ވަނީ ހަމައެކަނި 12،500،000 ޑޮލަރު ކަމަށް ވެސް ތަހުގީގު ރިޕޯޓުގައިވެ އެވެ.
ކޮބާ ލާދީނީ 3 އަހަރުގެ އިންޑުއާ ވަގު؟ މިހާރު އިންޑިއާއަށް ފައިސާ ދޮންނަން ގޮސްވީ ދޯ؟ ކޮބާޗފެނޭތަ ވަގުން؟
މީ ވަކި ބަޔަކު ދުރުކުރަން ނަސީރު ކުރުވާ ކަމެއް
މީ ވަކި ބަޔަކު ވަކުކުރުވަން ނަށީދު ކުރުވާ ކަމެއް. ދެރަ ކަމެއް
ހުސެން ރައްދު ދޭންވީނު އެހެން ނޫންނަމަ
ސިރިޔަސް ކޮމްޕެނީ އަކީ ސަރުކާރަށް ގެންނަންޖެހޭ ވެހިކަލްތަކުގެ ބިޑްވެސް ތިގޮތަށް ކާމިޔާބު ކުރާ ބަޔެއް. ޢެސްޓިމޭޓް ލިޔެފައި އޮންނާނީ ވެސް އެ ނޫން ބަޔަކު ޝަރުތު ހަމަނުވާގޮތަށް.