2018 މާރިޗް 22 ވާ ބުރާސްފަތި ދުވަހު ކުއްލި ނުރައްކަލުގެ ހާލަތުގެ (ކނހ) މުއްދަތު ނިމުމަކަށް އައުމުން ހުރިހާ ކުށްވެރިން ދޫކޮށްލާނެކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ޕީޕީއެމް އިން ދޮގުކޮށްފިއެވެ.

މިއަދު މެންދުރުފަހު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމް ޕީޖީ ލީޑަރު، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު ނިމޭ ދުވަހު ކަންތައްތަކެއް ހިނގާނެ ކަމަށާއި، އެދުވަހު ހުރިހާ ކުއްވެރިން ދޫކޮށްލާނެކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލަން ފަށާފައިވާ ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު ނިމުނު ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި ހައްޔަރު ކޮށްފައިތިބި ދިވެހިރާއްޖެއަށް ބަޣާވާތެއް ގެންނަން މަސައްކަތްކުރި އެންމެންގެ މައްސަލަތައް ދާނީ ބާރަށް ކުރިއަށް" އިދިކޮޅުން ފަރާތްތަކަށް ރައްދު ދެއްވަމުން ނިހާން ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ (ކނހ) ނިމުމުން ހައްޔަރީން ދޫކޮށްލާކަމަށް ދެކެވޭ ވާހަކަތަކީ މަގުމައްޗަށް ރައްޔިތުން ނެރުމަށް ދައްކާ ވާހަކަތަކެއް ކަމަށާއި، އެކަމަށް ރައްޔިތުން ސަމާލުވެލެއްވުމަށްވެސް ނިހާނު އެދިވަޑައިގަތެވެ.

"ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހު ރޭ ބަޔަކަށް ނުނެރެވުނު ބަޔަކު ދެން މާތް ﷲ ގެ އިރާދަފުޅުން ނުނެރެވޭނެ، 40 ދުވަސް ފަހަނައަޅާ ދިޔައީމަ ދެން އިތުރަކަށް ވާނެ ކަމެއް ނޯންނާނެ" ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ ބަޣާވާތަކުން ސަރުކާރު ވައްޓާލަން އިދިކޮޅު ފަރާތްތަކުން ފެށި މަސައްކަތައް ސާޅީސް އެތައް ދުވަހެއް ވެއްޖެކަން ފާހަގަކުރައްވައި ނިހާން ވިދާޅުވިއެވެ.

އިދޮކޮޅު ފަރާތްތަކުން ކޮންމެ ރެއަކުހެން މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ ހަރަކާތްތަކަށް ނިހާނު ފާޑުވިދާޅުވެފައިވާއިރު، އިދިކޮޅު ފަރާތްތަކަކީ "ފަނާކުރަނިވި" ފިކުރުގެ ބަޔެއްގެ ގޮތުގައި ނިހާން ސިފަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުހައްމަދުސުލައިމާނު

    ބަޣާވާތަކީ ކުރާއެއްޗެއްތޯ ގެންނައެއްޗެއްތޯ ދަސްނުކޮށްއުޅެނިކޮށް އަޑުގަދަމީހާގެ ރުއްގިނަވީތަންމިފެންނަނީ! މިލިޔަންރުފިޔާދިނަސް މިކޮމެންޓް ޖަހާދޭކަށްނުކެރޭނެދޯ؟

  2. ރަނގަޅު

    ބަޣާވާތްކޮށްގެން އިންގިލާބުގެންނަނީ އިންޤިލާބުކޮށްގެން ބޣާވާތްގެންނަނީކީއެއްނޫން. ވިލާތަކާހަމައަށްއެރުނަސް ނުކިޔަވާމީހުންނަށް މީހުންކިޔަނީ ރޯނުއެދުރު.

  3. ބާބޫ

    ޙެ ހެ

  4. އަންނި

    ތިއީ ގޮތް ނިންމާ ދެ ކަތުރު ފަނި، ގާނޫނު ހަދާ މަޖިލިސް ތިއީ ޕޕމ ޖަގަހަ