މާލޭގެ މަގެއްގެ މަތިޣައި ޕާރކް ކޮށްފައި ހުރި ސައިކަލެއްގެ ވަށިގަނޑުގައި އޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ވީޑިއޯއެއް އާއްމުކޮށްފިއެވެ.

އެ ވީޑިއޯގައި އޭނާ ފޯނު ނަގާ މަންޒަރު ނުފެނެއެވެ. އެ ވީޑިއޯއިން ފެންނަނީ މަގުމަތީގައި ދެކޮޅަށް މީހަކު ހިނގާ މަންޒަރެެވެ. ނަމަވެސް ވީޑިއޯ ސާފް ނުވުމުގެ ސަބަބުން އެ މީހާއަކީ ކާކުކަން ރަނގަޅަށް ދެނެގަނެވޭ ވަރެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ، އެ ވީޑިއޯއިން ފެންނަ މީހަކީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ،މައްސަަލައަކާއި ގުޅިގެން ހޯދަމުން އަންނަ މީހެއް ކަމަށެވެ.

ފުލުހުން ވަނީ، އެ މީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ވަނީ ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަން

    މިތިބަ ފުލުހުން ވީޑިޔޯ އާންމު ކުރާނެ ބާރައް ސައިކަލް ދުއްވީމަ އެކްސިޑެންޓް ވެގެން މަރުވެދާނެ ކަމަށް މީހުން ހޭލުންތެރިކުރުވަން. ސާކަލްތަކުގެ ވަށިގަޑުތަކަށް ފޯނު އެއްލާލާފައި ދިއުންވެސް މިހާރު އާންމު ކަމަކަށް ވެއްޖެ. ތިޔަ ފޯނު ހޯދުމަށް ވުރެން މާރަގަޅުވާނެ މަގުމައްޗަށް ފޯނު ދޫކޮށް ނުލުމަށް އާންމުންނަށް އިލްތިމާސް ކޮށް ހޭލުންތެރި ކުރުވުން.
    ފަރުވާ ކުރުމަށްވުރެ ރަގަޅީ ރައްކާވެ ތިބުން.

  2. ޡާރާ

    ޢުގައިލްގެ ސިސްޓަމް ބޭނުން ކުރޭ

    3
    2
  3. ޒަމާން

    ނުފެނޭ ވަގަށް ނަގާ ތަނެއް. ބޭނުމެއް ނޫން ޕޮލިހުންނަށް އެހީވާކަށް. އެއީ އެއްވެސް ކަހަލަ ޒިންމާއެއް އުފުލާ ބައެއްތަ؟ ސެކިއުރިޓީ ބަލަހައްޓަން ހުރެވެސް މެސެންޖާރ ގަ؟ ޕޮލިހުން މި ޤައުމަށް ކޮށްދެނީ ކުރަންޖެހޭ ވަރަކަށްނޫން މަސައްކަތް. ވަރަށް ކަމުނުދާ ބައެއް.

  4. ޖަހާންގީރު

    ތީ ބޭކާރު މުޢައްސަސާއެއް

  5. ކުޑަބެ އަހުމަދު

    ފުލުހުންނަކީ ޕުރޮފެސަނަލް ބައެއްކަމުގައި ހަދަން އެބަޖެހޭ ކޮންމެހެން ޔުނީފޯމެއް ލައްވާފައި މެޑަލްތަކެއް ޔުނީފޯމުގައި ހަރުކޮށްގެން ތިބުމަކީ މުހިއްމު ކަމެއް ނޫން ދާދި މިދާކަށް ދުވަހު ބ އަތޮޅު ރަށެއްގެ ޕޮލިސް ޑެސްކުގެ މީހަކު އައިސް އަޅުގަނޑުގެ ކައިރީގަ މި ބުނަނީ ކަލޭގެ ދަރި ސިނގިރެޓު ބޮނީއޭ ކުދިންތަށްހަލާކުވަނީއޭ އަޅުގަނޑު ބުނިން ކާކުހޭ ބުނީ ބުނީމަ ބުނީ ބައިވަރު މީހުން ފެނިގެން އެވާހަދައްކަނީޔޯ މިފަދަ ޔޯލަ ވާހަކަތަށް ފުލުހުން ބެލުމަށްވުރެ އަމިއްލަ އަތުން ހިފައި ނަސޭހަތްތެރި ވުމަށް ގޮވާލުން މުހިއްމު ވީމާ ޕޮލިހުންގެ ޒިންމާ ފުރިހަމަ ގޮތުގައި ނެންގެވުމަށް ގޮވާލަން.

    2
    1