ރައީސް ޔާމީންގެ މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުން ކުރި ޙުކުމާއި ގުޅިގެން އެމަނިކުފާނު ހައްޔަރުކުރީ ވަރަށް އަނިޔާވެރިކޮށްކަމަށް، ރައީސް ޔާމީންގެ ސަރުކާރުގެ ޑިފެންސް މިިނިސްޓަރުގެ މަޤާމު އަދާކުރެއްވި، އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، ރައީސް ޔާމީން ހައްޔަރުކުރުމާއި ގުޅިގެން މީޑިޔާތަކަށް މަޢުލޫމާތު ދިނުމަށް، ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

"އާއްމު އުޞޫލެއްގެ ގޮތުން ރާއްޖޭގައި ވެރިކަން ކުރައްވާފަ ހުންނަ ބޭފުޅަކު އިއްޔެ ހައްޔަރުކުރެވިގެން އެ ދިޔަ ގޮތަކީ އަޅުގަނޑުމެންގެ ރާއްޖޭގަ މިހާ ހިސާބަށް އައިއިރު ކަންތައްތައް ކުރަމުންދާ ގޮތަށް ބަލާއިރު ވަރަށް އަނިޔާވެރި ގޮތެއްގަ ކަން އަޅުގަނޑު ފާހަގަކުރަން ބޭނުން. އެއްކަމަކަށް ރައީސް ކޯޓަށް ގެންދިއުމަށްޓަކައި ތައްޔާރުވެ ވަޑައިގަތުމަށް ލިބިވަޑައިގަތީ ވަރަށް ކުޑަ ވަގުތުކޮޅެއް. ހަމަ އެއާއެކު ދެން އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން ދިޔަ އަނެއް ކަމަކީ ކޯޓުގެ ތެރޭގަ ވަރަށް ގިނަ ވަގުތު ހޭދަކުރެއްވުމަށްފަހު ބޭރަށް ނެރުއްވާ، އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބުނީ ދޫނިދޫއަށް ގެންދަވަފާނެ ކަމަށް، އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ މާފުއްޓަށް ގެންދިޔަ ތަން." ޢާދަމް ޝަރީފް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގަ މިގޮތަށް ބަންދުކުރެވޭ މީހުން ޢާއްމުގޮތެއްގައި ގެންދަނީ މާފުއްޓަށް ނޫން ކަމަށާއި، އިއްޔެ އެ ހިންގި ޢަމަލަކީ ޒާތީ ގޮތުން ރައީސް ޔާމީން ބަލިކަށިކޮށްލުމަށް ހިންގި ޢަމަލެއްކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބު މިހާ ކައިރިވެފަ ވަނިކޮށް ރައީސް ޔާމީން ހައްޔަރުކުރުމުން ދޭހަވަނީ ކޮންމެވެސް ސިފައެއްގަ އިންތިޙާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ތުޙުމަތު ކުރެވޭ މަނީ ލޯންޑްރިންގ މައްސަލައާއި ގުޅިގެން، ޝަރީއަތުން ވަކި ގޮތެއް ނިންމަންދެއް ރައީސް ޔާމީން ހައްޔަރުކުރުމާއި ގުޅިގެން، ރައީސް ޔާމީން މިނިވަން ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހޯރަބޭ

    މޮޔަނުވޭ ރަގަޅު

    5
    12
  2. ޢަލީ

    މޮޅު ވާހަކަ ނުދައްކާ ! ޔާމީނުގެ ވެރިކަމުގައި ރާއްޖޭގެ ވެރިކަން ކުރި މީހުން ހައްޔަރު ކުރީ ބާރުގެ ބޭނުންކޮށްގެން އެއްވެސް ތަހުގީގަކާއި ނުލާ. ކޯޓުތެރޭގައި މާގިނަ އިރު ބޭތިއްބި، މާއަނިޔާވެރިކޮށް ކަންތައް ކުރީ. ދެން ރަނގަޅުވާނީ މަޑުންތިބުން.

    12
    20
  3. ޥގ

    އެދުވަހު އެމުސްކުޅިމީހާ 7 ގަޑި8ގަޑި އިރު ކޯޓްޓުގަ އިން އިރު ތިއާދަނު އެއްވިސް އެއްޗެއްހިތައް އެރިބާ މިއަދު ދިވެހިދައުލަތް ބަޑު އަޅާލިމީހާޖަލައްލީމަ ކިހިނެތްތިވަނީ ކޮބާ ނާކޮޅު ދުއްވުން ކިހިނެތްބާ

    3
    3
  4. ހޯހޯ

    މަގުމަތިން ދަމާފަ ގެންދިޔައީ އެމމެންގެ ލޯ ކުރިމަތީ ރާއޖޭގަ ރަައީސް އެއް ނޫންތަ ނަޝީދަކީ އޭ ބ ތާޔާ..

    2
    3
  5. މޫކީ

    މިސަރުކާރަކުން އެއްވެސް މީހެއްގެ ދަތްދޮޅިދުއްވައެއްނުލާނެ. ވައްކަމެއްނުކުރާނެ. އަނިޔާވެރިއެއްނުވާނެ.

  6. އަހުމަދު

    ނަޝީދު ގަދަ ކަމުން ގެންދަން ޖެހުނީ ގަދަ ހެދުމުން އެއްފަހަރު ފިލަން އިންޑިޔާ އެންބަސީ އަށް ވަން.... ޔާމީނަށް ކިތަންމެ ރީތި ކޮށްވެސް ފިލެން އޮތް .... ރަޝިޔާ ، ޗައިނާ ، ސައުދީން . ދައުވަތު ދިން ..... އެޭނާ ޗުއްޓީ ދަތުރެއްގައި ވެސް ބޭރަށް ނުގޮސް ހުރީ ހިތްވަރު ގަދަ ކަމުން އެހެންތަ އެހެން މީހުން މަކަރާ ޖަހައިގެން ހުކުމް ތަންފީޒު ނުކުރާން ވެގެން ކަރަ ކަރައިގައި ތިބީ ....... ކޯޓަށް ހަޒިރު ވުމަށް ވަގުތު ދޭން ޖޭހޭނެ...... އެއީ ދޯ އެބުނާ އިންސާފުގެ މަގަށް ކަންކުރުމީ ....އެމީހަކު ކުރި ކުށަށް އަދަބު ދޭން ޖެހޭނީ ޒާތީ ވުމެއް ނެތި ....

    1
    2