މާލެ ސަރަހައްދުގެ ޓްރެފިކާ ގުޅުން ހުރި ގަވާއިދާއި ހިލާފި ކަންކަން ހުއްޓުވަން ފުލުހުން ނިކުމެއްޖެއެވެ.
ފުލުހުން މިރޭ ވިދާޅުވީ، ޓްރެފިކް ގާނޫނާއި ގަވާއިދުތަކާއި، ހިލާފަށް އަމަލުތައް ހުއްޓުވުމަށް މާލެ ހިމެނޭ ސަރަހައްދުގައި ހާއްސަ މަސައްކަތްތަކެއް ފަށައިގެން ކުރިއަށްދާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، މި މަސައްކަތުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ. އަދި ކަފިހުރަސްތަކުގައި އާއި ޓްރެފިކް އާއި ގުޅުންހުރި އެހެނިހެން ކަންކަން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފުލުހުންގެ ހާއްސަ ޓްރެފިކް އޮޕަރޭޝަނެއް ފަށާފައިވާއިރު، ބުރިޖާއި ހައިވޭގައި ޗެކް ޕޮއިންޓް ޖަހައިގެން ވެހިކަލްތައް ޗެކް ކުރަން ވަނީ ފަށާފައެވެ.
ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ދަނީ ހިނގަމުންނެވެ.
އެގޮތުން މިދިޔަ މަސް ތެރޭގައި މާލޭގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފައެވެ. އަދި ވަރަށް ފަހުންމާލެ ސެނެހިޔާ ކައިރީ ޒިބްރާ ކްރޮސްއިން ދެ މީހުން ހުރަސް ކުރި ވަގުތު، މަޑުނުކޮށް ދުއްވާފައި ކާރެއް ދިއުމުގެ ސަބަބުން ކާރުން އެތަނުގެ އެކަކުގެ ގައިގާ ޖެހި ވެއްޓެންދިޔަ ވަގުތު ދެން ހުރި މީހާގެ ގައިގާ ޖެހި ބިންމައްޗަށް ވެއްޓި ޒިބްރާ ކްރޮސް އަރިމަތީ ހުރި ރަބަރު ގަނޑެއްގައި ޖެހިގެން އަނިޔާވި އަންހެނަކަށް އަދިވެސް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.
ޕޮލިހުން ތިކަހަލަ މަންޒަރުދައްކާ. އެވާނީ ޖަމަލުފޮޑިއަށް. މުސާރަނަގައިގެން ގޭގަތިބޭނީ.
މުޅި މާލޭގައި ވީސީޕީ ޖެހިޔަސް މިއުޅޭ ޕޮލިސް ތަކަކައް ނުކެރޭ ބޯދިގުކޮއްފައި ހުޅިޖަހައިގެން ފެންނުވަރާ އުޅޭ ޕާރޓޭން ތައް ހުއްޓުވާކަށް ބިރުން.. އުމުރު ދެބައިވެފަ ތިބޭ މުސްކުޅީންނާއި ޑީސަންޓުކޮއް ތިބޭ މީހުނަށް ހުރިހާ ނޮހޮރޮއްޕާނެއް ޖައްސަނީ... ނުވިތާކައް އޭގެން މީހަކު ޖޫރިމަނާ ކުރެވުނަސް، އެނުދެއްކިޔަސް އޭގެން މީހަކަށް ކުރެވޭ ކަމެއް ނޯވޭ ގާނޫނަކުވެސް.. އިބުރޭސޯލިހުގެ ހޮޔޮފުޅު ކަމުން
ބަލަގަ އެއީ އެމީހުން އަދާކުރަންޖެހޭ ޤާނޫނީ ވާޖިބެއްނު. އެކަން އެކަންޏެއްނޫން ޤާނޫނު ތަންފީޒު ކުރަންލައްވާފަ ހުރި ޔުނިފޯމްތަކެކޭ އެއީ. ސިޔާސީ ކުޅޭކަށް ނޫން
ގަވާއިދާ ޚިލާފު ކަންކަން ހުރޭ؟؟؟
ފޭރޭ މީހުން ހުއްޓުވުމަށް ނިކުމެ ބަލަ ތި އަށްވުރެ މާބޮ ކަމެއް އެއީ ވެސް. މީ ވެރިކަން އައި ފަހުން ފޭރުމާއި ވައްކަން އަދި ލާދީނީ ކަންތައް ވަރަށް މައްޗަށް ގޮއްސި. ފުލުހުން އަބަދުވެސް ބަލަންޖެހޭ ކަންތައްތައް އެކަމަކު ބަލާތަ. ދުއްތުރާ ޖައްސާނީ އެހެން މީހުންނަށް. ގަވާއިދާ ޚިލާފަށް ސައިކަލު ދުއްވަމުން ދިޔަ ކިތައް މީހުން ހުއްޓުވުނީ. ތަންކޮޅެއް މަޑުން ދުއްވަމުން އަންނަ މީހެއް ވިއްޔާ ހުއްޓުވާނެ އޭނާގެ ބުރިއަށް ދާންދެން ބަލާނެ މީހާލަކީ
ތި ހަމަ ދެދުވަހުގެ ޝޯ އެއް، ހިނިއާދެ ތިކަހަލަ ދެއްކުންތެރިކަން އިސްކުރާތީ، ޕޮލިސް ގަ މީހުނެއް ނެތް، ކޮންމެ ރެޔަކު ދަންފަޅިބަލަހައްޓަން މީހުންނެރޭކަށް، އަދި ވަކިން ޚާއްސަކޮށް ތި ޖެކެޓް ލައިގެން ނިކުންނަން ލަދުގަންނަ ޒުވާނުން ޕޮލިސް ގަ އެބައުޅޭ،