މިހާރު ރާއްޖޭގައި ހިންގަމުން ގެންދާ މުޒާހަރާތަކުގައި ގައުމުގެ އަމާންކަން ގެއްލި ސަލާމަތައް ނުރައްކާވާފަދަ ކޮންޓެންޓް ބްރޮޑްކާސްޓް ކުރަމުންދާ ކަމުގެ ޝަކުވާ ދަނީ ލިބެމުން ކަމަށް ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ވިދާޅުވެއްޖެއެވެ.

ބްރޮޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން "ވަގުތަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ ސަލާމަތައް ނުރައްވާފަދަ ކޮންޓެންޓް ބްރޮޑްކާސްޓް ކުރަމުންދާ ކަމުގެ ޝަކުވާ ދަނީ ލިބެމުން ކަމަށާއި އެފަދަ ކޮންޓެންޓް ބްރޮޑްކާސްޓް ކުރަމުންދާ ފަރާތްތަކާއި މެދު އިތުރު އިންޒާރެއް ދިނުމެއް ނެތި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

"އިތުރު އިންޒާރެއް ނުދީ ހަރުކަށި ފިޔަވަޅު އަޅާނަން. އެއީ ލައިސަންސް ބާތިލް ކުރުން ކަމުގައި ވީނަމަވެސް އެކަން ކުރުމުގައި ފަހަތަކަށް ނުޖެހޭނަން. ވީމާ ހުރިހާ ބްރޮޑްކާސްޓަރުން ވެސް ބްރޮޑްކާސްޓިންގެ އުސޫލުތަކާއި އެއްގޮތައް އަމަލުކުރުމަށް އިލްތިމާސްކުރަން." ސޮފްވާން ވިދާޅުވިއެވެ.

ރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާ އާއި ގުޅިގެންނާއި މިރޭ މާލޭގެ ހާލަތާއި ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދަނީ ކަނޑައެޅިގެން ދޮގު ޚަބަރުތައް ފަތުރަމުންނެވެ. ހާއްސަކޮށް ފުލުހުންނާއި ސިފައިން މުޒާހަރާ ކުރާ މީހުންނާއި ގުޅެން އުޅޭ ކަމަށާއި ގިނަ އަދަދެއްގެ މީހުން ޖުމްހޫރީ މައިދާނަށް ވަންނަމުންދާ ކަމަށް ބުނެވެސް ބައެއް މީޑިއާތަކުން ވަނީ ޚަބަރު ފަތުރާފައެވެ. ނަމަވެސް އެފަދަ ކަމެއް ހިނގާފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝީނު

    ޜ ޓީވީ އާޥީޓީވީ ބަންދު ކުރޭ

  2. ކެޔޮޅު

    މިހަަރު ރާަ ޓީވީ އާ ވިލާ ޓީވީގެ ސަބަބުން ޤައުމު ދަނީ ވަރައްބޮޑައް ފަސާދަވަމުން އަވަހައް ލައިސަންސް އަތުލައިގެން ނަމަވެސް ސައިޒައް ތިރިކުރޭ ފުރުއްޕާކައްނެތް މުޅިޤައުމު ހަލާކު ކޮއްފި،

  3. މުނާ

    ދައްކާ ނަމައޭ؟ ނުފެނޭތަ، ރާޢްޖޭގެ ބޯޓެއްކަމަށް ތެޔޮޓޭންކަރު ކުރެހުން ހަދައިގެން ދެއްކިތަނެއް. އެއަށްވުރެ ނުރައްކާ ކަމެއް އޮންނާނެތަ؟ އެއީ ގައުމާ ރައްޔިތުން ހަނާކުރަން ކުރި ކަމެއް. ތިތާ ތިބި މީހުން ތިބީ ނިދާފަ. އެއްކަމެއް ނުކުރޭ.

  4. ޒާ

    ރ. ޓީވީން ކަނޑައެޅިގެން ގައުމުގެ މަސްލަޙަތު ނަގާލައި ހަމަނުޖެހުމަށް ބާރު އަޅައި ކޮންޓެންޓްތައް ގެންނަމުން ގޮސްފައިވާއިރު ކޮން ފިޔަވަޅެއް އެޅީ.