މިނިވަންކަމާއި އެކު ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ނޫސްވެރިންނަށް ލިބިފައިވާ އިހްތިޔާރުތައް ހަޖަމް ނުވެގެން މޯލްޑިވްސް ޕޮލިސް ސާވިސް އިން "ވަގުތު" އަށް މައުލޫމާތު ދިނުމުގައި ހުރަސްތަކެއް ކުރިމަތިކޮށްފިއެވެ.
މިއަދު މާލޭގައި ދަން ޖެހުނު މީހެއްގެ ޚަބަރާއި ގުޅޭ މައުލޫމާތު ދޭން ފުލުހުން ދެކޮޅު ހެދުމުން އެކަމާ ހިތާމަ ކުރާކަމަށް "ވަގުތު" ގެ ޗީފް އެޑިޓަރ ފުލުހުންގެ ވަޓްސް އެޕް ގްރޫޕްގައި ބުނުމުން ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވަނީ ފުލުހުން ހިފަހައްޓާ ސްޓޭންޑާޑްގެ ދަށުން މައުލޫމާތު ހާމަނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ފުލުހުން މައުލޫމާތު ނުދެއްވި ނަމަވެސް ދަން ޖެހުނު މީހާގެ ޚަބަރު "ވަގުތު" ގައި ޝާޢިއުކޮށް އެޚަބަރުގެ ލިންކް ފުލުހުންގެ ވަޓްސް އެޕް ގްރޫޕްގައި ހިއްސާ ކުރުމުން ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ވަނީ ފުލުހުންގެ ވަޓްސް އެޕް ގްރޫޕްގައި ތިބޭ "ވަގުތު" ގެ ދެ ނޫސްވެރިން އެ ގްރޫޕުން ބޭރު ކޮށްފައެވެ.
ޚަބަރުގެ ލިންކް ފުލުހުންގެ ގްރޫޕްގައި ޝެއާ ކުރުމަކީ މީގެ ކުރިން ވެސް ހުރިހާ މީޑިއާ އަކުން ވެސް ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް މީގެ ކުރިން އެފަދަ އެއްވެސް ފިޔަވަޅެއް އެއްވެސް މީޑިއާ އަކާއި ދޭތެރޭ ފުލުހުން އަޅާފައެއް ނުވެއެވެ.
ފުލުހުންގެ ވަޓްސް އެޕް ގްރޫޕަކީ ފުލުހުން މީޑިއާ އާއި މައުލޫމާތު ހިއްސާ ކުރުމަށް ހަދާފައި އޮންނަ ގްރޫޕެކެވެ. އެހެންކަމުން އެގްރޫޕުން "ވަގުތު" ގެ ނޫސްވެރިން ބޭރު ކުރުމަކީ ޚަބަރާއި މައުލޫމާތު ފެތުރުމަށް ގިނަ ދަތިތަކެއް "ވަގުތު" އަށް ކުރިމަތިވާނެ ކަމެކެވެ.
ފުލުހުންގެ ވަޓްސް އެޕް ގްރޫޕުން "ވަގުތު" ގެ ނޫސްވެރިން ބޭރުކުރި ސަބަބު އޮޅުން ފިލުވުމަށް ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ އަށް ތަކުރާރުކޮށް ގުޅުމުން ވެސް އެކަމަނާ ފޯނަށް ޖަވާބެއް ނުދެއްވިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކަށް ގުޅުމުން ވިދާޅުވީ ސަބަބު ސާފު ކުރުމަށް ފަހު މައުލޫމާތު ދެއްވާނެ ކަމަށެވެ. އޭގެ ފަހުން މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ "ވެރިޔާ އަށް ދަންނަވާލާފައި ވާނެ ކަމަށާއި އަދި ޖަވާބެއް ނުދެއްވާ" ކަމަށެވެ.
އާސަރުކާރާއި އެކު ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓްގެ ވެރިޔާގެ މަގާމާއި ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ނޫސްވެރިންނާއި ބައްދަލު ކުރައްވާފައި ވަނީ ވެސް އެއްމެ ފަހަރަކު އެވެ. ނޫސްވެރިންނަށް ފަސޭހައިން މައުލޫމާތު ދެއްވާނެ ކަމަށް ނުރަސްމީ ބައްދަލުވުމެއްގައި އިޒްމިއާ ވިދާޅުވެފައި ވީނަމަވެސް އިޒްމިއާ ފޯނަށް ޖަވާބު ނުދެއްވާތީ މީގެ ކުރިން ވެސް ބައެއް މައުލޫމާތު ފޯރުކޮށްދިނުމަށް ދަތިތަކެއް ދިމާވެފައިވެއެވެ.
ކިތަންމެ ވަރެއްވިޔަސް ވަގުތު ވަރެއް ނެތް
ވަރުގަދަ އިޒުމިޔަރެއް ތީ؟ ތިކަމަނާފާނުގެ ރުންކުރު ކަމާ ބޮޑާކަމުގެ ވާހަކައަކީ މުޅި ފުލުހުންގެ މުވައްސަސާގައި އުޅޭ އެންމެން ދަންނަ މަޝްހޫރު ވާހަކައެއް. ލަނޑަޔާ ވާނީ ލަނޑަޔާ. ލާދީނީ މީހުންންނާ ގުޅޭނީ އެކަަހަލަ މީހުންނާ. ތިޔަށްވުރެ މާގާބިލު މީހުން ތިއްބާ ވަކި ކަމަކަށް އަމާޒުކޮށްގެން ް އެތަނަށްލީ މީހެއްކަން އެންމެނަށްވެސް އެނގޭ..!
ޖަޒީރާ ރާއްޖޭގައި ހަޖަމު ވާނީ ބުރުގާ ނާޅާ، އެއްޖިންސު، ލާދީނީ ފިކުރު ހުންނަ މީޑިއާ ތަކަށް އެކަނި. އެ ފަރާތްތަކުން ރިޔާސީ އިންތިޚާބަށް އިންވެސްޓު ކުރި ވަރު އިނގޭތަ.
މީއެއްވެސް ކަމެއް މިހާތަނަށް ފުލުސް އޮފީހުގައި ކޮށްފަހުރި މީހެެެއްނޫން. އުރަތްޕެއްނެތް މީހުނާ ކަންކަން ހަވާލުކުރީމަވާނީ ތިހެން. ހަމީދަށް ވަރަށް ސަލާމް.
އީސީ ހަނމީދޫ ޖެހިލުންވާޏެކަނމެއްނެތް އަދުތިހެން އުޅުނަސް މާދަމާތިހެން ވަކިބައެއްގެ ލާދީނީސިއްރުތައް ފޮރުވިދާޏެ މާދަމާކީއްކުރާޏީ ހަޖަމުވިޔަސް ނުވިތަސް ވަގުތުވަރެއް ރާ ޓީވީނުވާޏެ ތެދުބުޏުމުގަ
ތިޔަހުރީ ވަރަށް އެނގިފަ
ޔާމީން ވެރިކަމުގަ ހާދަ މިނިވަން ބައެކޭ ދޯ ތީ؟ ވަގުތު މީހުންގެ ކަމަކީ ހަމަ ސަރުކާރާ ދެކޮޅަށް ދޮގު ވާހަކަ ދެއްކުން... ހާދަ ވަރަކަށް ކަންކަމާ ކަޑަވޭ ދޯ ކަލޭމެން...
"ވަގުތު" އަކީ ރާއްޖޭގެ 1 ވަނަ ނޫސް އިނގޭ. ނާއިލާ ޑާލިންގ ވަގަށް ނެގި ނޫހަށްވުރެ ހާސްބައި ރަނގަޅުވާނެ އެނގިއްޖޭ؟
ވިއްކާ މަންޖެއެކޯ..
ޔަހޫދީންނާއެކު އުޅެންޏާ ހުންނާނީ ޔަހޫދީ ސިފަ!
ތިކަހަލަ އަންހެނުން ތިކަހަލަ މަޤާމަށް ލީމަ ވާނީ މިހެން ، ބޮޑާހާކަނީ ކަމަށްވާނީ، ހަޖަމުނުވަންޔާ އިސްތިއުފާ ދީ ،އިޒުމިއާ އެއް ކަމަކު
ޥވަގުތު ވަރައް ހަބަރުތައް މުއްސަނދި ރައްޔިތުންނައް ހަބަރުތައް އެނގެންބޭނުންވާނެ
ތިޔަވާނީ ބަންދު ކަނޑާ ސަތޭކަދުވަހުގެ ވައުދުގެ ތެރެއިން ވައުދަކަށް
ރައްޔިތު އަހުމަދުގެ ހުރި ގޮތެއް ދަރިގައިގާ ވެސް ހުންނާނެ ..... ކުރީ ސަރުކާރުގައި ރައްޔިތު އަހުމަދު ހީވަނީ ފަޔަށް ހިނި އަރައިގެން އުޅުނު ހެން ކިހިނެއްހޭ އެއަރ ޕޯޓް ހަދަން ލޯނު ހޯދަނީ ކިހިނެއްހޭ ހުޅުމާލެ ދެވަނަ ފޭހުގައި ފްލެޓް އަޅާނީ އަދި ކިހިނެއްހޭ 25 ބުރީގެ ހޮސްޕިޓަލެއް އަޅާނީ ކިޔައިގެން މީޑިޔާ ކައުންސިލްގެ އަހަރީ ޖަލްސާގައި ވާހަކަ ދެއްކި އަދި ނޫސް ވެރިންވެސް ތިބި ހީނ ހީނ ފާ އަތްޖަހަން.... ދަރިވެސް ކަމަކާ ޖެހުނީމާ ހޮރަށް ވަދެ ފިޅީ......... މައުމޫން ގެ ވެރިކަމުގައި ރައްޔިތު އަހުމަދު އުސޫލުން ބޭރުން ރިސޯޓް ހަދަން ރަށެއް ހޯދައިގެން އެތަން ކުއްޔަށް ދީގެން އެތިބީ މުއްސަނދި ވެފައި
ތިއައީ އެމްސީ ގެ ޕަޕެޓެއް، އެމްސީ ބުނާ ގޮތަކަށް ހަދާދޭނީ،، މި ޤައުމު ހަލާކުގެ ތެރެއަށް އެއްލާލުމަށް އެމްސީ އަޑީގަ ހުރެގެން ކުރުވާކަމެއް ތީ
މަގޭ ދަރިންނަނީ ފިސާރު ބޭފުޅުންކަން ދަންނަންވާނެ.
ލާދީނީ މިސަރުކާރުގައި ތިކަހަލަކަންތައް ހިނގާނެއެވެ. ޔަހޫދީންގެ ކުލަވަރު ފުލުހުންގެ ތެރޭގައި ވަނީ ގިނަވެފައެވެ. ރައްޔިތުންގެ އިތުބާރެއް ފުލުހުންނަކަށް ނެތެވެ.
ތިއީ ވަރަށް ބޮޑާހާކާ މަންޖެއެއް ކަމަށް ރައްޓެހި ފުލުހުން ވެސް ބުނޭ.
ފުލުހުން މީޑިއާވެސް ފުލުސް މީހާވެސް އިސްލާހުވާން އެބަޖެހޭ އެމީހުން މިހާރު ދެން މާސިޔާސީ އަދި ރަރަށުގައުޅޭ ފުލުހުން އަބަދުވެސް ޑުރަގް މީހުންނާވަރަން ގުޅުން އޮވޭ މީގެ ސިއްރެއެވެސް އެބައޮތް ހޯދާންއެބަޖެހޭ
ޢަބްދުﷲ ރިޔާޒު ވަރު މީހަކުނެތް އަބަދު މީޑިޔާއަށް މައުލޫމާތުދީ ފުލުހުންނަށް ތަފާތު ޓްރެއިނިންތައް ހިންގެވި ބޭފުޅެއް..ސިޔާސީ ނުފޫޒު ފުލުހުންގެ ތެރެ ވ ކުޑަ މަސްތުވާތަކެތީގެ އޮޕަރޭޝަން ވ ގިނައިން ހިންގި ދުވަސް ވަރެއް އަދި ތުނބުޅި ބަހައްްޓަން ހުއްދަލިބި ފުލުހުން ދީނީ ގޮތުން ރަގަޅުވި ދުވަސް ވަރެއް..މިހާރު އެވަރު ބޭފުޅެއް ނެތީމަ ނުވަތަ އެވަރުގެ ލީޑަރ ޝިޕް ހުރި ބޭފުޅުން ހުއްޓާ އެއަށްވުރެ ނާގާބިލް ކޮމިޝަނަރ އެއް ހުރީމަ ވާނެއެތި މިފެންނަނީ
ކޮބާ ޖަޒުބާތުގެ ފިލާވަޅު ކިޔަވައިދޭން މިޖެހުނީ އެންމެފަހުން ރައްޔަތުން ލާދީނީ ފިކުރު ހުންނަންޏާ ރީނދޫހުން ގަދަވާނެކަން ފުލުހުންވެސް ދަނޭ.
ރީނދޫ ހުމާއި ލާދީނީ ހުމުގެ ވެކުސިން ޖަހައިގެން ހުރި ހަމަ އެކަނި އަންހެނާ މިކަމަނާ ތައުބާވާނީ ކޮންދުވަކުންތޯ.
ތިން ތަރި ޖަހާފައެހެރީ ކޯޗެއް ބޮއެގެންތަ