ރާއްޖޭގެ އަންހެނުންގެ ހާލަތު ސާފުކޮށްދެއްވުމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އެމެރިކާގެ ނިއު ޔޯކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅަކީ އ.ދގެ ހެޑް ކުއަރޓަރސްގައި ކުރިއަށް ދާ "ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން"ގެ 63 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން އެމެރިކާއަށް ކުރައްވާ ދަތުރުފުޅެކެވެ.

މި މަހުގެ 9ން 20ށް ކުރައްވާ މި ދަތުރުފުޅުގައި "ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން"ގެ 63ވަނަ ސެޝަންގައި މިނިސްޓަރ ޝިދާތާ ތަޤުރީރުކުރެއްވުމުގެ އިތުރުން ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްދާ ސައިޑް-އިވެންޓްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާ ފުރާވަޑައިގަތުމުގެ ކުރިން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ މި ސެންޝަންގައި ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި ކުރަމުން ދާ މަސައްކަތްތަކާއި، އަންހެނުންނާއި އަންހެންކުދިންގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ކުރަމުން ދާ މަސައްކަތްތައް ޙިއްޞާކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުން، ދިވެހިރާއްޖޭން ބެއިޖިންގ ޑެކްލަރޭޝަން އެންޑް ޕްލެޓްފޯމް ފޮރ އެކްޝަނާއި، ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އެގެންސްޓް ވިމެން (ސީޑޯ) ތަންފީޛުކުރަމުން ދާ މިންވަރާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި ޖެންޑަރ އިކުއަލިޓީގެ ޤާނޫނު އެންމެ ފުރިހަމައަށް ތަންފީޛުކުރުމަށްޓަކައި ދިވެހިރާއްޖޭން ކުރަމުން ދާ މަސައްކަތްތަކާއި، ބޭރުގެ ޤައުމުތަކާއެކު ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަން ފާހަގަކުރެއްވިއެވެ. އަދި މި ޤާނޫނުގައި ކަނޑައަޅައިފައިވާ ކަންކަން ތަންފީޛުކުރުމަށް ބާރުއެޅުމަށްޓަކައި ކުރަމުން ދާ މަސައްކަތްތައް ވެސް ޙިއްޞާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޢަފްލާ

  ޑިވެހި އަންހެނުންގެ ހާލަތު ޝިދާތާ ކިޔައިދޭންވީ އެމެރިކާއައްތަ ނޫނީ ޖެނީވާއައްތަ ފުރަތަމަ ތިމާ އަމިއްލަ ޙާލަތު ބަޔާންކޮއް ސިޓީފުޅެއް ޓްރަންޕައް ފުނުވަ ބަލަ ތިމާގެ ލާދީނީ ޝަޚްސިއްޔަތު ގެ ދުތިހަމަ ކަން ހުޅަނގު ތަޖްރިބާކާރުންނަޢް އަންގަ ދީބަލަ

  17
  2
 2. ވާނުވާ

  ''މިންތީގެ ހަމަހަމަކަން'' މީކޯއްޗެއް؟

  8
  1
 3. ލައިލާ

  މީ ކީއްކުރާ މީހެކޯ؟ ޔާމީނަށް ނިސްބަތްކޮށް އައުގުރާނަގޮވައިދިނީތީ ދީފައިހުރި ހުސްފުޅި ފުހުމުގެ މަޤާމެއް!

  15
  1
 4. އަނގަ އައްޕަޗި ދައްތަ

  އަނގަމަތީ ފޮތިގަނޑެއް އަޅާ ނިވާ ކޮށްގެން ހުންނާތި. ވަރަށް ސިފަ ހުތުރު

  8
  7
 5. ސޮރު

  އަންހެނުންގެ ހާލަތު އެބަ އެނގެއެއްނު ޖާހިލު ޝޭޚުން ރުއްސަން އެތިބެނީ ދޮޅި އަޅާފަ ވިއްޔަ

  3
  1
 6. ރަންނަމާރި

  ރަނާ ޖަވާހިރު ހޭކިޔަސް ނެތް އެއްޗެއް ހުރިކަމަކަށް ނުވާނެ. ތިޔަ ޖެންޑާ އިކުވަލް ކުރެވޭގެ ގޮތެއް ރަންނަމާރި އެރިފަހަކުން ނޯންނާނެ.

  2
  1