މާލޭގެ ގެއެއްގެ ހަ ވަނަ ބުރިން މަގުމައްޗަށް ވެއްޓުނު މީހަކު ނިޔާވެއްޖެއެވެ.
އެ ހާދިސާގައި ނިޔާވީ އުމުރުން 97 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ، ރޭ ފަތިހު 4:00 ޖަހާކަންހާއިރު، އެ މީހާ ވެއްޓިފައި ވަނީ ހެންވޭރުގައި ހުންނަ ގެއެއްގެ ހަ ވަނަ ބުރިން ކަމަށެވެ.
އެ މީހާ އައިޖީއެމްއެޗްއަށް ގެންދިޔައިރު ވެސް ނިޔާވެފަައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އުމުރުން ދުވަސްވީ އެ މީހާ އެ އިމާރާތުން ވެއްޓެން މެދުވެރިވި ސަބަބެއް ނޭގޭއެވެ. އަދި އެ މަރާއި ގުޅޭ ގޮތުން އިތުރު އެއްވެސް އެއްޗެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކުއްލި މަރުތަކުގައި މަރުވާ މީހުންގެ އަދަދު ވަނީ އާދަޔާއި ހިލާފަށް އިތުރުވެފައެވެ. މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުއްލިއަކަށް މަރުވި މީހުންގެ އަދަދު 40 އަށް ވުރެ ގިނަ އެވެ.
މަރުތަައް ބަލާ ކޮބެޓީ ވުޖޫދުވީފަހުން ހާދަ މަރުތައް ގިނަވެއްޖޭ. ދެން އުފައްދަންވީ މަރުވާމީހުން ގުނާ ކޮމެޓީއެއް.
97 އަހަރުގެމީހަކު އެމީހާގެ އަމިއްލަ އިހްމަލުން ނުވެއްޓޭނެ! މަރާލުމަށްޓަކައި ވައްޓާލީ ބަޔަކު! ދައުލަތުން ބަލަހައްޓަމުނ ދިޔަމީހާއަކީވެސް މަރާލާފައިވާމީހެއްކަން އެނގޭވަރަށް ނިޝާންތައް އެބަހުރި! ޝިމާ އަކީވެސް މަރައިލި މީހެއް! ވަގު ސަރުކާރު އައިފަހުން މިފަދަގޮތަކަށް މަރައިލި ޢަދަދު 32 އަށް އެރީ! ރައްޔިތުން ބިރުވެތިވޭ!
97 އަހަރުގެ މީހަކު ގެއެއްގެ 6 ވަނަ ބުރިން އެވެސް ފަތިހު 4 ޖެހި އިރު، މީ ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމެއް، މި ކަމުގެ ފަހަތުގައި އިތު ކަމެއްވުން އެކަށީގެންވޭ، މިހެން
މަރުބަލާ ކޮމިޝަންގެ ބޭފުޅުން ހާދަ އުފާވާނެއޭ؟ މިކޮމިޝަނަށް ޤާނޫނީ ބާރު ލިބުމުން މިއަށްވުރެ ގިނަމީހުން މަރުވާނެ ކަމަށް ބެލެވޭ. މަރުޙޫމުގެ ޢާއިލާ އަށް ކެތްތެރިކަން ދެއްވާ، މަރުޙޫމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވައިފާނދޭވެ.
މި ވަގު ޝިރްކް ފިތުނަ ސަރުކާރު އައި ފަހުން ކަންބޮޑުވާ ވަރަށް މި ކަހަލަ ކަންތައްތައް އިތުރު ވެއްޖެ ،
ޤިޔާމަތުގެ ޢަލާމާތެއް. ބުއްދިކޮށް ތިމާމެންގެ ޢަމަތަށް އިސްލާޙުކުރިމީހަކަށް ހެހޮގޮތްއޮތީ.
މީހުން މަރައި ހުސްކޮށްގެންތޯ ސަރުކާރު ހިންގަނަް ތިޔައުޅުއްވަނީ؟
ތިޔައީ÷ޕަބްލިކް ހެލްތް އިޝޫ އެއް. ޙެލްތް ޕްރޮޓެކްޝަން އެޖެންސީ އޭ ކިޔާތަނެއް ހުރޭ. ޜިސާޗް ހަދާ ތިކަމުގެ ހަގީގަތް ބަލާ ފިޔަވަޅު އަޅަންޖެހޭ.ޢާއްމުސިއްހަތަށް މެދުވެރިވާ ކްންމެފަދަ ގިލަންވެރިކަމަމެއްގެ ބަލަދުވެރިފަރާތަކީ މިނިސްޓްރީއޮފް ހެލްތް.ޑިޒާސްޓަރ އަކަށްވީމާތޯ ތެޅިގަންނަންވީ.ޗުއްޓީތަށް ގިނަކަމުން މިހާރު މަސައްކަތް ކުރާބަޔަކު އެބަތިބިތަ.މީހުން ހަނާވަމުންދަނީ.ޒިއްމާ އުފުލާނެ ފަރާތެއްނެތް.
މަތިން ވެއްޓޭ ސަރުކާރު
ގިޔާމަތް ވުމުގެ އަލާމާތެއް.... ކުއްލި މަރު ގިނަވުން
އެމްޑީޕީ މީހުންނަކީ ވަރައް ރަހުމު ކުޑަ ބައެއް. ޑރ ޑީޑީ އަކީ އޭނަގެ އެ މުސްކުޅި ބައްޕައައް މީގެ ކުރިންވސ ްއަނީ ކުރި މީހެއް. ފުލުހުން ތިކަންތައް ރަނގަޅައް ތަހުގީގު ކުރުން މުހިންމު