ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރިން ހެލްމެޓް އަޅައިގެން ތިބެ ބީއެޗްއެމް ޓްރޭޑާސްގެ ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެމީހަކު ދޫކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރިން ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހުން ދޫކޮށްލާފައިވާ ކަމަށާއި އެ މައްސަލައިގައި ހައްޔަރު ކުރި 18 އަހަރުން ދަށުގެ ދެ ކުދިންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ. ދޫކޮށްލާފައި ވަނީ 23 އަހަރުގެ ދެމީހުންނެވެ.

ބީއެޗްއެމްގެ ފައިސާތައް ފޭރުނީ ހެލްމެޓު އަޅައިގެން މޫނު ނިވާކޮށްގެން ތިބި ބަޔަކު، ބީއެޗްއެމްގެ މުވައްޒަފަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމަށް ފަހު އެވެ.

ހަތަރު މީހުންގެ ގްރޫޕުން ވަނީ 2.7 މިލިއަން ރުފިޔާ ފޭރިގެންފައެވެ. އެމީހުން ފައިސާ ފޭރުނީ ބީއެޗްއެމްގެ މުވައްޒަފުންގެ ގަޔަށް ޕެޕަ ސްޕްރޭ ވެސް ޖެހުމަށް ފަހު ކަމަށް ބެލެވެއެވެ.

ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި ފޭރުމުގެ ބޮޑެތި ހާދިސާތަކެއް ހިނގާފައިވެއެވެ. ފޭރުން އިންތިހާއަށް އިތުރުވެފައި ވީނަމަވެސް ފޭރުމުގެ އަމަލުތައް އިތުރުވަމުންދާ މައްސަލައިގައި ފުލުހުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އަދި އެފަދަ ކަންކަން ހުއްޓުވަން ފުލުހުން ކުރަމުން ގެންދާ މަސައްކަތުގެ މައުލޫމާތު ވެސް ރައްޔިތުންނާއި ހިއްސާ ކުރަމުންނެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލަޔާ

    މި ވެރިކަން ފެށުނުފަހުން ހައްުދުންނައްޓާފައިވާ ބީދައިން ފަޅަމުންދާ ތިޖޫރީތަކާ ، ފޭރެމުންދާ ބޮޑަތި ލާރިގަނޑުތަކާ ، ލޫޓުވަމުންދާ ކުންފުނިތައް ލޫޓުވުމާ ، ފޭރުމާ ، ތިޖޫރީތައްފެޅުމުގައި އަޑީގައި ތިބީ ވަގު ސަރުކަރުކާރުގެ ބޮޑަތި ވަގުންނެވެ. އެހެންވީމާ ފާޅުވެ އެގުނަސް އެވަގުންނަށް އަދަބެއް ނުދެވޭނެއެވެ. އެމްއެމްޕީއާރުސީ ގެލަރިގަނޑު ލިބުނު މިސަރުކާރުގެ ވަގުންގެނަންތައް ސާފްކޮށް ރިޕޯޓުގައި އޮތްއިރުވެސް ހުރިހާވަގުންއެތިބީ ދައުލަތުން ބޮޑަތިމުސާރަތައްދީފަ ޗުއްޓީގައި ބައިތިއްބާފައެވެ. ވާނީވެސް އެހެންތާއެވެ. ސަރުކާރު ގެނެސްފައޮތީ ވޯޓުން ވައްކަންކޮށްގެންނެވެ. އާދޭސްކޮށްފަ ބުނަން މިކޮމެންޓް ޖަހާދެއްޗޭ!

  2. ބުރުގާ

    ޝުކުރިއްޔާ ދިވެހި ޖުއްމުހޫރިއްޔާއައް، އަބަދުވެސް ވަގުންނަށާ ލާޗާރު ބިޗާރުންނަށާ ލުޓޭރުންނައް ނަސުރުދިނުމުގެ އެންމެ ކުރީގަ ދިވެހި ރާއްޖެ އޮންނަންވާނެ.

  3. އަހްމަދު

    އެކުޑަކުޑަ ފައިސާކޮޅު ލިބުނުބާ؟

  4. ވ ރަނގަޅު

    ރަނގަޅު ދޫކޮށްލާ، ފައިސާވެސް ހޯދާނެކަމެއް ނެތް. މިފްކޯވެސްވީ ފައިސާ ގެއްލުނީތީ ޖޫރިމަނާކޮށްލަން. މުވައްޒަފުންނަށް މަހުމުސާރަނުދީ ފޭރުނު މީހުންނަށް ދޭންވީ. އޭރުން ސަދޫމް ބާގައަކާ ތަފާތެއްވެސް ނުވާނެ.