ދިވެހިރާއްޖެއާއި އެމެރިކާއާއި ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު ސޮއި ކުރެވުނު ދެ އެއްބަސްވުމަކީ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރިމެންޓަކާއި، މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް.އޯ.ޔޫ) އޮން ދަ ފުލްބްރައިޓް އެކެޑަމިކް އެކްސްޗޭންޖް ޕްރޮގްރާމެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމް.އޯ.ޔޫ އޮން ދަ ފުލްބްރައިޓް އެކެޑަމިކް އެކްސްޗޭންޖް ޕްރޮގްރާމްގައި ސޮއިކުރެއްވީ ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އަދި އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލީޒްއެވެ.

އަދި ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރިމެންޓްގައި ރާއްޖޭގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލް ސޮއިކުރެއްވިއިރު، އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ ޔޫއެސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓްގެ މިޝަން ޑިރެކްޓަރ ރީޑް އެއިޝްލިމަންއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެމެރިކާ ސަރުކާރުން މުޖްތަމައު ބާރުވެރިކޮށް، ދެމެހެއްޓެނިވި ތަރައްޤީގެ މަސައްކަތްތަކަށް 3 މިލިއަން އެމެރިކާ ޑޮލަރު (46 މިލިއަން ރުފިޔާ) ގެ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ދިވެހިރާއްޖެއާއި އެމެރިކާ އާއިދެމެދު ސޮއިކުރެއްވުނު އެމް.އޯ.ޔޫ އޮން ދަ ފުލްބްރައިޓް އެކެޑަމިކް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ތައުލީމީ ދާއިރާއިން ދެޤައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވިގެންދާނެއެވެ. ފުލްބްރައިޓް އެކެޑަމިކް އެކްސްޗޭންޖް ޕްރޮގްރާމްގައި އެންމެ ފުރަތަމަ ރާއްޖެއިން ސޮއިކުރީ 2003 ވަނަ އަހަރުއެވެ. އަދި މިއަދު ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުން މިއެއްބަސްވުމުގެ މުއްދަތު 5 އަހަރަށް އިތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީއާއި އެމެރިކާ އެމްބަސީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލަދުން

    އަހަރެމެން ލަދުވެސް ގަނޭ.. އެޔޮއް ބޮޑު އެމެރިކާއިން އެންމެ ތިން މިލިޔަން... ޗައިނާއިން ދިން މިއުޒީއަމް އެކަނިވެސް 5 މިލިޔަން ޑޮލަރު.. އަދި ކޮބާ ބުރިޖުގެ ހިލޭ އެހީ..

    4
    1
  2. މަނީމަނީ

    ރާއްޖެއިން އެމެރިކާގެ ހާލުގަ ޖެހިފަ ތިބޭ ކަޅު ނަސްލުގެ މީހުންނައް 10 މިލިޔަން ޑޮލަރު ރާއްޖެއިން ހަދިޔާ ކޮއްދެއްވާ..

  3. ހާމަ333

    ގައުމުގެ އަޅުވެތިކަން އިންޑިއާއަށް ވިއްކާލީމަ ދިން ލާރިގަނޑެއް ތޯއްޗެވެ...އިންޑިއާގެ އަޅުވެތިކަންވެސް އޮންނަނީ އެމެރިކާގެ މުށުތެރޭގަ...ތިލާރިގަނޑުވެސް މަހުމުސާރަ މަހުގެ ފަހުދުވަހު ދެވޭތޯ ބަލާބަލަ...މިހާރު ހަމަޔަށް މުސާރަވެސް ދޭނެ ލާރިއެއް ދައުލަތުގަ ނެތް...ނާށިގަނޑު ހިފައިގެން ސަލާޖެހުން މީނަގެ ކަމަކީ

    6
    1
  4. Anonymous

    ދެން މަރްޔަމްމާ ފެންތައްޓަކަށް އަޅައިގެން ފާތިހާ ކިޔަވާފަ ތިލާރިގަނޑުގެ ހާފް ޕްރީޕެއިޑް ޝިއުނާއަށް ދީފަ ބާކީބައި މިސަރުކާރުގެ އިސްވެރިންނާއި މިނިސްޓަރުން އަދި ރީނދޫ ޕާޓީގެ އިސް އެކްޓިވިސްޓުންގެ އަންބޮނޑިއަށް އަޅާ ބާރުކޮށްފަ ބަހައްޓާ، ތިޔަ ޕްރީޕެއިޑްޝާހިދު ކުރިންވެސް ހަދާފައިވާގޮތައް.

  5. ރާޒުވާވާޒުވާ

    ތީ ފައްޅި އަޅަން ދިން ފައިސާދޯ؟ އަޅާނިމިނީމަ ބާކީ ލިބޭގޮތައްށް ދޯ؟