ސިވިލް ސާވިސް ކޮމިޝަނުން ސިވިލް ސާވަންޓުން މޫނު ބުރުގާ އަޅާނަމަ ވަޒީފާ އިން ވަކިކުރަމުން ދިޔަ ނަމަވެސް ޤަވައިދަށް އެއްވެސް ބަދަލެއް ނުގެނެސް ނަމަވެސް މިހާރު މޫނު ބުރުގާ އެޅުމުގެ ހުއްދަ އޮންނާނެކަން ޤަވައިދު ކުރިން އޮތް ގޮތުން ވެސް ލިބޭ ކަމަށް ވިދާޅުވެ ޤަވައިދު މާނަކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައި ވިދާޅުވީ ސިވިލް ސާވަންޓުންގެ ޤަވައިދުގެ 145 ވަނަ މާއްދާގެ (ހ)ގައިވާ އިބާރާތް އެކި ގޮތްގޮތަށް މާނަކޮށް ސިވިލް ސާވިސްގެ އިދާރާތަކުން މުވައްޒަފުންނާ މެދު ތަފާތު ގޮތްގޮތަށް އަމަލު ކުރަމުން ގެންދާ ކަމަށެވެ.

އެ ގަވާއިދުގައި ބުނެފައިވަނީ "ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތްކުރާ ގަޑީގައި ހެދުން އަޅާފައި ހުންނަން ވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަގޮތަކަށް،" މިހެންނެވެ.

ސާކިއުލާގައި ވިދާޅުވެފައި ވަނީ ހެދުން އެޅުމުގެ އިބާރާތުގައި އެ ބުނަނީ ހެދުން އަޅާފައި ހުންނަގޮތް އެކަނި ނޫން ކަމަށެވެ. އޭގެތެރޭގައި ވަޒީފާ އަދާކުރާ އިދާރާއަކުން ދޫކޮށްފައިވާ މުވައްޒަފުގެ ކާޑު ނުވަތަ ޓެގު ފަދަ އެއްޗެހި ހިމެނޭ ކަމަށެވެ.

އެހެންކަމުން އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން މުވައްޒަފުންގެ ކާޑުން އޭނާ އަކީ ކާކުކަން އަންގައި ދިނުމުން ޤަވައިދުގައި ބުނާ ޝަރުތު ހަމަވީކަމަށް ސިވިލް ސާވިސް ކޮމިޝަނުން ވިދާޅުވެއެވެ.

މޫނު ބުރާގާ އެޅުމުން އެތައް ބައެއްގެ ވަޒީފާ ގެއްލި، އަދި އަލުން ބައެއް މުވައްޒަފުންނަށް މިހާރު ވަޒީފާ ލިބިފައި ވާއިރު ސިވިލް ސާވިސް ކޮމިޝަނުން މީގެ ކުރިން މިމައްސަލައިގައި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ބުރޯ

    މޫނު ބުރުގާ ހާއްސަ ކުރައްވާ އަނަގަވާފަ ވަނީ ރަސޫލާގެ އަނބިއަނބި ކަނބަލުންނާ ދަރިދަރިކަނބަލުންނާ މުއުމިންތަކުގެ އަނބިނަނަށް . އާންކޮށް ހުރިހާ މުސްލިމު އަންހެނުންނަށް އަންގަވާފަ ވަނީ މޫނާ ދެއަތްތިލަ ނޫނަހައިތަން ނިވާކުރަން . އެއީ ނަމާދު ކުރުމުގާވެސް އަންހެނާ ނިވާކުރަންޖެހޭ މިންވަރު . މޫނުބުރުގާ އަލާ އަންހެނުން ދިވެހިގެތެރޭގާ ފާހިސް އަމަލު ހިނަގުމުން ފޮރުވުމުގެ ބޭނުމުގާވެސް އެބައުޅޭ

    34
    48
    • ކިޔާ

      ދެން ބުނެބަލަ ދީނުގަ އޮންނާނެ އެއީ ހުއްދަ ކަމެއް ކަމުގަ.އެހެންވެ އެއަޅަން ބޭނުންވާ މީހާ މޫނުބުރުގާ އަޅަނީ.ހަމައެގޮތަށް ދީިނުގަ ފިރިހެނުންނަށް 4 އަނބިން ހުއްދަ.އެކަމަކު ވާޖިބެއް ނޫން 4 މީހުންނާ އިންނާކަށް..މިމައްސަލައިގަ ވާހަކަ ދައްކާ ފިރިހެނުން ވާހަކަ ދައްކާއިރު ހީވާނީ މިއީ ވާޖިބުކަމެއް ހެން..އަސްލު ވާގޮތަކީ ދީނުންވެސް މިފެންނަނީ ތިމާ ހިތްއެދޭ ކަމެއް އޮތިއްޔާ އެތަންކޮޅު.ހިތްނޭދޭ ކަމެއް ނަމަ ނުފެންނާނެ..މިސާލަކަށް މޫނުބުރުގާ ފުދޭ.މިއީ ގިނަ ފިރިހެނުން ރުޅިއަރާ އެއްޗެއް..އަދި ބުނަން މޫނުބުރުގާ އެޅިޔަސް ނޭޅިޔަސް އެމީހެއްގެ އަޚްލާޤީ މިންގަނޑު ދައްވެއްޖެނަމަ ކޮންމެ ކަހަލަ ފާފައަކަށްވެސް އަރައިގަންނާނެ..މުޅިދުނިޔެއަށް ބަލާލިޔަސް އެންމެ ގިނައިން ކުއްތަކަށް އަރައިގަނެ އެކުށުގަ ބެދިފަވަނީ މޫނުބުރުގާ ނާޅާ މީހުން.އިންސާނުންނަށް ގެއްލުންހުރި ނުރައްކާ ކޮންމެ އެއްޗަކާއި ކަމެއް މާތްﷲ ވަނީ ހަރާމް ކުރައްވާފަ.މޫނުބުރުގާ މިފަދައެއްޗެއްކަމުގަ ވާނަމަ މިއީ ހުއްދަ އެއްޗެއްކަމުގަ ނުލައްވަވާނެކަން ކަށަވަރު..މިއީ ހަޤީޤަތަކީ...ހަޤީޤަތަށް ލޯބިކުރަން ދަސްކުރޭ..

      13
    • ދޮންބެ

      މޫނު ބުރުގާ ނާޅާ މީހުންގެ ތެރޭ މާގިނަވާނެ ފާހިޝް ޢަމަލް ހިންގާ މީހުން. އެހެންވީމާ މޫނުބުރުގާ އަޅައިގެން އޭގެ ނާޖާއިޒް ފައިދާ ނަގާ މީހުންގެ ވާހަކަ ނުދައްކާ. ހެލްމެޓް އަޅައިގެން ގޮސް ފޭރޭ މީހުންވެސް އެބައުޅޭ. މީ ހެލްނެޓް ނުވަތަ މޫނުބުރުގާ މައްސަލައެއްނޫން. ދެން މުއުމިނުތަކުންގެ އަނބިންނަށް މޫނުބުރުގާ ޚާއްސަވީއޭ ބުރޯ ބުނާއިރު، މުއުމިނުން މީ ކޮންބައެއްތޯ؟

      14
      2
    • ހެއް

      އަސްލު ތިޔަބޭފުޅާގެ އަމިއްލައަށް ތިޔަ ވިދާޅުވީ މުއުމިނުންގެ އަބިންނޭ. އެއީ ކޮންބައެއްތޯ؟

    • ަައުއްމު

      ތިބާ މުއުމިނަކަށް ވާން ބޭނުން ނުވަނީތޯ؟؟؟؟؟؟؟
      އަމިއްލަ ނަފުސާ ސުވާލު ކޮށްލަބަލަ.

      7
      1
  2. އާދަނު

    އިސްލާމްދީނުގާ އަންހެނާގެ އައުރަ އަކީ މޫނާ އަތް ނޫން ހުރިހާތަނެއް ދެން ކީކުރަން މޫނު ފޮރުވަނީ މީހާގެ މޫނުން އޭނައަކީ ކާކު ކަން އަންގައިދެނީ

    37
    44
    • ގަމާރު

      ތިބާގެ އަނބި މީހާ ކޮންމެހެން އެހެން މީހުންނަށް ފެންނަން ޖެހޭތަ؟ ޝަހުވަތަށް އަދި ޝައިޠާނާގެ މަޅިމައްޗަށް އަންހެނުން ވައްޓާލަން ޖެހޭތަ؟ ތިބުނާ ގޮތުން ތިބާގެ އަންހެނުން ގާތުން އެހެން މީހުންވެސް އުފާ ހޯދުން އޯކޭ ދޯ???

      7
      5
    • ސުވާލު

      އާދަނަށްވެސް މޫނުބުރުގާ އަޅާތީ މައްސަލައަކަށް އެބަވޭ..މަގުމަތީގަ ގައިގެ ވަނާތައް ފެންނަ ގޮތަށް ހެދުން އަޅައިގެން އުޅޭމީހުންގެ ހެދުންތައް ފެނުނީމަ މައްސަލައަކަށްނުވޭ..އެކަމު ބުނާނެ އަންހެނާގެ އައުރައަކީ މިވެނިތަނެކޭ..އަޅެ އާދަނު ބުނެބަލަނިކަން އެމީހުންގެ އައުރަ ނިވާވޭތަ؟؟؟

      5
      1
    • ދޮންބެ

      އިސްލާމް ދީނުގައި އަންހެނާގެ ޢައުރަ އަކީ މޫނާ އަތްނޫން ހުރިހާ ތަނެއްކަމަށް އޮތީ ކޮންފޮތަކު؟ ނޫނީ ﷲ އާ އެކަލާންގެ ރަސޫލާ ގެ އެއްވެސް އާޔަތަކުން ހަދީސަކުން އެބައޮތްތަ އަނގަވާފަ. ނޭންގޭ ވާހަކަ ނުދައްކާ. ތިމާކުރަންބޭނުންނުވީމަ ނުކުރީމަ ނިމުނީ. އިސްލާމް ދީނުގަ ރިބާކާން އަންގަވާފަ އޮތީމަތަ ރާއްޖޭގެ 80 ޕަސެންޓް މީހުން ރިބާ ލޯނުނަގަނީ؟ 90 ޕަސެންޓް މީހުން އިރުނާރަނީސް ފަތިސްނަމާދު ނުކުރަނީ؟

      5
      1
    • ފާތިމާ

      މޫނަކުން ނޫން އިނގޭނީ. ފިންގަރ ޕްރިންޓުން އިނގޭނީ. ތިމާގެ އައި ޑީ ކާޑު ހިފައިގެން ޓްވިން ބްރަދަރ ނޫނީ ސިސްޓަރ ދިޔަޔަސް ނޭނގޭނެ.

      5
      1
  3. ޖައިހަމް

    މިމުނާފިގެ ބޭދޮ މިއޮށް ހުރިހާދުވަހު މޫނު ބުރުގާއެޅި މީހުން ސިވިލްސާވިސްގެ ވަޒީފާތަކުން އެއްކިބާކުރީ. މީނަ ގޮވައިގެން ދައުވާކިރުންފެނޭ ބައެއްގެ ހައްގެއް ފޭރިގަނެފަވާތީވެ. ޔާމީންގެ ސަރުކާރާ ރައްޔިތުންނާ ޖެއްސުމަށް މީނަކުރިކަމެއްކަމަ މިކަންތައް އަހަރެން ސިފަކުރަނީ.

    6
    1
  4. ހަސަން

    މީހުންނަށް އެއްޗެއް ފަހުމު ވާގޮތަށް ސުރުޚީ ލިޔަން ދަސްކޮއްގެން ދެން ނޫސް ނެރޭނަމަ.

    2
    2
  5. Anonymous

    މޫނާއި ދެއަތްތިލައޭ އެ ކިޔަނީ ވާނުވާވެގެން...
    އަންހެނާގެ މުޅި ހަށިގަނޑަކީ އައުރަ..
    ތަރުޖަމާކުރި ބެއްޔާ ބެނުންވަނި އޭނަގެ އަންހެނުންނާއި ދަރިން ތިބޭގޮތައް ދިވެހި އަންހެނުން އޮރިޔާންވާން...
    ތިބުނާ މޫނާއި ދެއަތް ތިލަ ދެއްކޭނެ ކަމުގެ ސައްހަ ދަލީލް ހޯދާބަލަ ޤުރުއާނުން...ނުފެއްނާނެ.

    4
    2
  6. އިމްރާން

    އަސްލުގަ ރަގަޅީ އެމީހެއްގެ ޗޮއިސް، މިސާލަކަށް ވަރަށް އަޅުވެރި އަންހެންކުއްޖެއް ބޭނުންވަނީ މޫނު ނިވާކުރަން އެހެންވީމަ ފުރުސަތު އޮންނަންވާނެ. ހީވާގޮތުން މިހެންގޮސް ސިވިލް ސަރވިސް އ.ކުދިން މިނީ ސްކާރޓްލާން އަންގާނެ...

    2
    1
  7. ލުމަޔާ

    ވަޒީފާއަށްދާމީހާ އަކީ ކަާކުކަން އެނގެންޖެހޭނެ. މޫނުބުރުގާއަޅައިގެން ގޭގަ ތިބީމަވީނު!! ކޮންމެހެން އެހެންމީހުންގެ ސަލާމަތަށް ހުރަސްއަޅާނެ ކަމެއްނެތް.

    7
    14
    • ާއާމީން

      ދުލުގެ ނުބައިކަމުން އަހަރެމެން ސަލާމަތް ކޮށްދެއްވާނދޭވެ

      2
      1
  8. ބުރޯގެ ބަފާ

    މޫނު ބުރުގާ ނާޅާ މީހުން ކުރާ ނުބައި ކަން ކަން މާ ގިނަ

    8
    2
  9. ކަނޑައްމުގޫ

    ސުވާލަކީމިހާރު މިއުޅޭކުދިން މިއަޅަނީ ބުރުގާހޭ؟ ނޫނީ ބަށްޅަބޮލުގަ އޮޅާކަހަލަ ފޮތިގަޑެއް އޮޅަނީނޫހޭ ބޮލުގަފޮތި ބޮނޑިއެއްއޮޅިޔަކަސް އެނުވާނެ ބުރުގާޔަކަށް..?

    1
    1
  10. ކޮރަލް

    ރަސޫލާގެ އަނބިއަނބި ކަނބަލުންނާ ދަރިދަރި ކަނބަލުންނާ މުއުމިނުންން މޫނު ބުރުގާ އެޅުމުން ދެން އެކަމާ ދެކޮޅަށް އެއްވެސް މުސްލިމަކަށް ވާހަކަ ނުދެއްކޭނެއެވެ. މުސްލިމަކު މޫނު ބުރުގާ އަޅާ ނަމަ އެކަމާ ވެސް ދެކޮޅެއް ނުހެދޭނެއެވެ. ނަމޫނާ އަކަށް ބަލާ ލޯބިވާން ވީ ފަރާތައް ތަކާ ގާތް ވުމަށް މޫނު ބުރުގާ އެޅުމަކީ އެކަމާ އެއްގޮތަކަށް ވެސް ދެކޮޅުހެދޭނެ ކަމެއް ނޫނެވެ.

    2
    2
  11. ޖަމާލު

    މަގޭ ސުވާލަކީ މިކަމުގެ ބަދަލުގައި ކޮންކަމެއްހޭ އެޖެންޑާއަށް ލާނީ. މިއީ ގިނަ މީހުން ނުވިސްނާނެ ކަމެއް. ނާގަ ހަރުފަ ފަހަތަށް ޖެހޭނީ ވިހަލާން. ދެން ތިބޭ އަތް ޖަހަން.