ދިވެހިބަހުގެ ގަވާއިދުގެ ބައިތަކުގެ ތެރެއިން "އަކުރު" އާ ބެހޭ ގޮތުން ޢިލްމީ ދިރާސާއެއް ކުރަން ދިވެހި ބަހުގެ އެކެޑަމީން ނިންމައިފިއެވެ.

ދިވެހި ބަހުގެ އެކެޑަމީން ނިންމާފައި ވަނީ އަމިއްލަ ފަރާތަކާއި ހަވާލު ކޮށްގެން މި ދިރާސާ ކުރިއަށް ގެންދާށެވެ. 2017 ވަނަ އަހަރު ވެސް މި ދިރާސާ ކުރުމަށް ބޭނުންވާ ފަރާތެއް ހޯދަން ދިވެހި ބަހުގެ އެކެޑަމީން އިއުލާން ކުރިއެވެ. ނަމަވެސް މިހާރު ވަނީ އެ އިޢުލާނު ބާޠިލު ކުރުމާއި އެކު މި ދިރާސާ ކުރާނެ ފަރާތެއް ހޯދުމަށް އަލުން ޢިއުލާން ކޮށްފައެވެ.

ދިވެހިބަހުގެ އެކެޑަމީން ވިދާޅުވީ މި ދިރާސާގެ މައިގަނޑު ބޭނުމަކީ ދިވެހިބަހުގެ އެކަޑަމީން މިހާރު އާންމުކޮށްފައިވާ ދިވެހިބަހުގެ ލަފުޒު ވަކިކުރުމުގެ ގަވާއިދު މުރާޖާކޮށް އަލުން އެކަށަ އެޅުމުގައި ދިވެހިބަހުގެ ގަވާއިދުގެ ތެރެއިން އަކުރު އަދާކުރާ ދައުރަކީ ކޮބައިކަން ބަލައި ހޯދުމެވެ.

މި ދިރާސާއާ ގުޅޭ މަޢުލޫމާތު ދިނުން 2019 މާރިޗު 27 ވާ ބުދަ ދުވަހުގެ 12:30 ގައި ދިވެހިބަހުގެ އެކެޑަމީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދިރާސާ ކުރާން ޝައުގުވެރިވާ ފަރާތްތަކުން މި ދިރާސާއާ ބެހޭ މަޢުލޫމާތު ސާފުކުރުމަށް ޓަކައި ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވުމަށް އެކެޑަމީން އެދެއެވެ.

ދިވެހިބަހުގެ އެކެޑަމީގެ އިއުލާނުގައި ވިދާޅުވީ މި ދިރާސާއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށް އެކަނި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކައުންސެލަރު

    އަނެއްކާ އަކުރު ބަދަލު ކުރަންވީތަ؟ މިދޭތެރެއަކުން ކަމަނާއަކަށް އުޅުނު އަންހެން ކިޔާތީ ގޯސްވެގެން. ދެން އަންހެން ނުކިޔާ ކިޔަންވީ ކީކޭބާ؟ އަންހެން ބަދަލު ކުރަންވީ؟ ތިޔަހެން ދަންޏާ ޖިންސުވެސް ބަދަލު ނުކޮށްފިއްޔާ ރަނގަޅު. މިމީހުންގެ ފެންވަރު!!!