ބިދޭސީއަކު ހޯދަން މިއަދު ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ ހުޅުމާލެ ޕޮލިސް އިން ތަޙުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ރެޒައުލް ކަރިމް، ޕާސްޕޯޓް ނަންބަރު: BC0237978 ކަމަށް ފުލުހުން ވިދާޅުވިއެވެ.

ނަަމަވެސް އޭނާ އާއި ގުޅުން އޮތް މައްސަލައިގެ އެއްވެސް ތަފްސީލެއް ފުލުހުން ދެއްވާފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ އޭނާ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ޕޮލިސް ނަންބަރު 4000007، 4005166 އަށް ނުވަތަ 9790089 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް މިފުރުޞަތުގައި ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.