އަންނަ މަހު ބާއްވާ މަޖިލިސް އިންތިހާބުގައި އެޖެންޑާ 19 ބަލި ކުރަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ ފައިސަލް އިބްރާހިމްގެ ކެމްޕެއިނަށް އެއަވަށުގައި ބޭއްވި ޖަލްސާއެއްގައި އުމަރު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓުން ބަލިކުރެއްވޭނެ ކޮންމެ ކެންޑިޑޭޓަކަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު (ނުކުމެ) މިހުރީ އެ ފިކުރު ބަލި ކުރުމަށް، އިންތިޚާބުގައި އެމްޑީޕީގެ ފިކުރު ބަލިކުރަން ޖެހޭ އެމްޑީޕީގެ "އެޖެންޑާ 19" ބަލި ކުރުމަށް ކޮންމެ ޕާޓީއެއްގެ ކެންޑިޑޭޓަކަށް ވެސް މަސައްކަތްކޮށް ދެއްވަން ތައްޔާރު،" އުމަރު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ކިޔައި، އިދިކޮޅު ޕީޕީއެމް-ކޮންގްރެސް ޕާޓީގެ ޕޯޑިއަމެއްގައި ފުރަތަމަ ފަހަރަށް އުމަރު ވިދާޅުވީ މިދިޔަ 13 އަހަރު ދުވަހު، އެމްޑީޕީއާ ދިމާލަށް ނުބަލާ މަދު މީހުންގެ ތެރޭގައި ހިމެނޭ އެއް ބޭފުޅަކީ އޭނާ ކަމަށެވެ.

ރޭ ޕީޕީއެމް-ކޮންގްރެސް ޕާޓީގެ ޕޯޑިއަމެއްގައި ފުރަތަމަ ފަހަރަށް އުމަރު ވާހަކަ ދެއްކެއްވިއިރު ވަޒީރުކަމުން އިސްތިއުފާ ދެއްވި ފަހުން އޭނާ ވަނީ ކުރީގެ ރައީސް ޔާމީންގެ ބައެއް ސިޔާސަތުތައް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފައެވެ.

މި ސަރުކާރަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، “އިންޑިއާ ސިފައިން ފައިބާ” ގެ ނަމުގައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އިއްޔެ ޤައުމީ ހަރަކާތް އިއުލާންކޮށް، އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު އުމަރު ވަނީ ދާދި ފަހުން ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ވިސްނާ

    އެޖެންޑާ 19 ގައި އެމްޑީޕީން މަޖިލިހަށް ހުށަހަޅާ ކަންކަމުގެ ތެރޭގައި ހިމެނޭ މައިގަނޑު ފަސް ކަމަކީ އިންސާފު، އޯގާތެރި ސަރުކާރު، ފަޚްރުވެރި އާއިލާ، ޖަޒީރާ ދިރިއުޅުން އަދި ނޫ އިގްތިސާދެވެ. މިއީ، ރާއްޖެ ބަދަލުވެގެންދާނެ ފަދަ އެޖެންޑާއެއް ކަމަށް އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއެޖެންޑާއަކީ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެކެވެ. މީގެ އެތެރޭގައި ފޮރުވިފައިވާ ނުރައްކާތެރި ހީލަތް މިދަނީ ލާދީނީ ނަޝީދުގެ އަނގައިން ކޮންމެވެސް ވަރަކަށް އެނގި ހާމަވަމުންނެވެ. އާދެ! އެއީ އެހެން ޤައުމިއްޔަތެކޭ އެބުނާ ވާހަކައެވެ. ޣައިރު ދީނުގެ ބަޔަކު ވެރިކަންކުރާ އަވަށްޓެރި ގައުމެއްގެ ސުޓޭޓެއްގެ ގޮތުގައި މިރާއްޖެ އޮންނަން އެއްވެސް ދިވެއްސަކު ބޭނުމެއް ނުވާނެކަމަކީ ޔަޤީންކަމެކެވެ. މިވަގުތު އެމްޑީޕީގައި އޮތީ ނަޝީދުގެ ފިކުރެވެ. ލާދީނީ ފިކުރެވެ. އެޖެންޑާ 19އަށް ބޮޑުތަނުން ނޫނެކޭ ބުނާށެވެ.

  2. Anonymous

    ޢިންޝާﷲ މިފަހަރު އެމްޑީޕީ ބަލިވާނެ އަބަދުވެސް ދިވެހި ގައުމުގެ އިސްލާމް ދީނަން ނަސުދެއްވާށި ޔާﷲ. އެމްޑީޕީ ބައިގަނޑަކީ އިސްލާމްދީނާ ދެކޮޅަށް މަސަކަތް ކުރާ ބައިގަނޑެއް އެކަން މިޙަރުވެސް ފެންނަމުންބޭޔަބެ

    27
    5
  3. އެލެކްސް

    އެޖެންޑާ 19 އަކީ ރައްޔިތުންގެ މަޖިލިސްގެ އިހުތިސާސްއިން ބޭރު ކަންކަން. އެގްޒިކިއުޓިވް ބާރުތަކެއް މަޖިލިސް އަށް ނެގުމުގެ ވާހަކަ ބޮޑަށް ފެންނަނީ. ބޯހިޔާވަހިކަމާއި، ކަރަންޓު އަގު ހެޔޮ ކުރުމަކީ މަޖިލިސް އަށްވުރެ ރައީސުލް ޖުމްހޫރިއްޔާގެ މަސްއިއްޔަތު ތަކެއް. ކަނޑަ އެޅިގެން ބާތިލް ކަންކަމަށް ގޮވާ ގޮވުން ތަކެއް އެޖެންޑާ 19 އަކީ.

  4. ޛހގ

    ޢުމަރާ. މަވެސް އަދި ދުވަހަކުވެސް އެމް.ޑީ.ޕީ އާ ދިމާއަކަށް ނުބަލަން. އަދި ދެންވެސް ނުބަލާނަން.

    8
    1
  5. 3ވަނަވިސްނުން

    ހަމަޖެހޭމީހެއްނަމަ އުމަރުވެސްހަޔާތުން ދުވަހެން ބޭކާރު ނޮކޮށްލާނެ! ޢުމަރު ގުއިރޯނުގައި ،ޖެހުނުހެން ނުނެއްޓޭންތިޔަ އުޅެނީ ބައިކުޅަބައި ހަމަނުވެގެން.ބޮޑު ފިރިހަނަކު ތިޔަދައްކަނީ ބުއްދި ގޯސްވީމަ ފޯޑިއަމް ތަކުގަ ތިވާހަކަ.ދުވަހަކު މީހާގެ އަމަލެއް ރަނގަޅެއްނުވޭ.

  6. Anonymous

    އުމަރު ހީވަނީ ބޮޑު ފިދެންހެން ކިތަންމެ ވަރަކަށް އުމަރު ތެޅިބޭލިއަސް ވެރިކަމަކަށް ނާދެވޭނެ އުމަރަކަށް. ވަރަށް ސާފް

  7. ކެޔޮޅު

    އިންތިހާބުގައި އެޖެންޑާ ނަވާރައޭ އެކިޔާ ބަލާވެރިކަމުން ސަލާމަތްވާނެ إنشاءالله

  8. ދަރަނި

    އުމަރުފަދައިން ދިވެހި ހުރިހާރައްޔަތުން މިތިބީ އެޖެންޑާ 19 ބަލިކަށި ކުރަން ތައްޔާރަށް ﷲ އިރާދަކުރެއްވިއްޔާ އެޖެންޑާ ކާފިރު ބަލުކަށިވެގެން ހިގައިދާނެ .

  9. ގަދަކުޑޭ

    އެހެންވިއްޔާ ކަލޭވެސް ގޭގަ އޮވޭ ފިލާ އޭރުން ހުންނާނީ ގައުމީ ވާޖިބު އަސާކުރެވިފަ