ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި "ހިޔާ" މަޝްރޫޢުގެ ދަށުން އަޅަން ފަށާ، މިހާރު ނިމެން ކައިރިވެފައި ހުރި 25 ބުރީގެ އިމާރާތްތައް ތަޅާލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަޒީރުންނަށް ލަފާދެއްވައިފިއެވެ.

ތުޅާދޫ ދާއިރާއަށް ކުރިމަތިލާ އެމްޑީޕީގެ ކެންޑިޑޭޓު ހިސާން ހުސައިންގެ ކެމްޕެއިން ޖަލްސާގާއި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ޔާމީންގެ ސަރުކާރުން އަޅަން ފެށި 7000 ފްލެޓުތަކުގެ ކޮޓަރިއެއްގައި ހުންނަނީ އަށް ފޫޓު، ނުވަ ފޫޓު ކަމަށާއި މި ކޮޓަރިތަކަށް އެނދެއް ވެއްދުމަށް ފަހު އަލަމާރީއެއްހާ ހިސާބުވެސް ބަހައްޓާނެ ޖާގަ ނެތް ކަމަށެވެ.

އެ ފްލެޓްތަކަކީ ބޭނުމެއް ކުރެވޭނެ ތަނެއް ނޫންކަމަށް ވިދާޅުވެ ފްލެޓްތައް ތަޅާލަން އިކޮނޮމިކް ކޮމިޓީގައި ވިދާޅުވިކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ހުރި ފްލެޓްތަކަށް ވުރެ އެތަން ތަޅާލުމަށް ފަހު އަލުން ފްލެޓް އެޅުންވެސް މާރަނގަޅު ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިހަށް ދުވަހު އިކޮނޮމިކް ކޮމެޓީގައި އަޅުގަނޑު ބުނިން ހިނގާށޭ އެތަން ތަޅާލަން، ބޭނުމެއް ކުރެވޭނެ ތަނެއް ނޫނޭ، އެއަށްވުރެ ރަނގަޅު ވާނޭ އެތަން ތަޅާފަ އެހެން ތަނެއް ހެދިއްޔާ، މިތަނަށް ވަދެ މީހަކު ދިރިއުޅޭނެ ގޮތެއް އަޅުގަނޑަކަށް ނޭނގޭ،" ރައީސް ވިދާޅުވި އެވެ.

އިކޮނޮމިކް ކޮމެޓީއަކީ އިޤުތިޞާދީ ކަންތައްތަކާއި ބެހޭ ވުޒާރާތަކުގެ ވަޒީރުން ހިމެނޭ ކޮމެޓީއެކެވެ.

ރައީސް ޞާލިހް ދެއްވި ލަފައާއި ގުޅިގެން ވަޒީރުން ވިދާޅުވީ ކީކޭކަމެއް ރައީސް ޞާލިހް މިރޭ ވިދާޅެއް ނުވެއެވެ. ފްލެޓްތައް ތަޅާލަން ނިންމިކަމެއް ވެސް ނުވަތަ ނޫންކަމެއް ވެސް އެމަނިކުފާނު ކަށަވަރުކޮށެއް ނުދެއްވައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަސައްކަތް ފެށި 7000 ފްލެޓްގެ މަޝްރޫޢުއަށް ބަދަލުތަކެއް ގެނެސް ފްލެޓްތަކުގެ އަދަދު ބަދަލު ކުރުމުން އޭގެ ތެރެއިން ދެން އެޅޭނީ 3588 ފްލެޓް ކަމަށް ހައުސިންގ މިނިސްޓަރު އައިމިނަތު އާތިފާ ވަނީ ކުރިން ވިދާޅުވެފައެވެ.

ހިޔާ މަޝްރޫޢުގެ ފްލެޓްތަކުގެ އަދަދު މަދުކުރުމުން މީގެ ކުރިން ވެސް ސަރުކާރަށް ފާޑުކިޔުން އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

90 ކޮމެންޓް

  1. Anonymous

    ވާނެ ހައެތިވެފަ މިއޮތީ،

    188
    9
    • ޙައްގުބަސް

      މިއީ ދޯ މިކިޔާ ހެޔޮ ވެރިކަމަކީ!! ހެހެ! ވަކި މީހަކު މިރާއްޖޭގެ ތަރައްގީއަށް ކަންތައްތަކެއް ކޮށްދީފަ ހުރީތީ އެތަންތަން ތަޅާ ހަލާކޮށް އަދި އަނެއްބައި ކަންތައްތައް މަޑު ޖައްސުވާފަ އޮތް އޮތުން އެއީ ގަބޫލުކުރެވޭނެ ކަމެއްނޫން! އެއްވެސް ޙާލެއްގައި އެމްޑީޕީގެ މީހަކު މިރާއްޖޭގެ ވެރިކަމަށްވެސް އަދި މަޖްލީހަށްވެސް ހޮވަން ނުޖެހެނީ މިހެންވީމަ! ރާއްޖޭގެ ހަލާކު މިބައިގަނޑަކީ! އަދިވެސް ވިސްނާ ރައްޔިތުންނޭ!

      126
      5
    • Anonymous

      ދިވެހިން ބޯން އުޅުނު ބޮނޑި ބޮއެގެން މިތިބީ. ޖާހިލު ހަސަދަވެރި ދިވެހިންގެ އަދުންވުން ތަކަކަށް ވެރިކަން ދިނީމަ މިހެންވާނީ.

      135
      5
      • ގެރިގުއި

        ދިވެހިން ދިން ވޯޓެއްނޫން މިއަކީ، ވޯޓް ކަރުދާސް މޮޑިފައިކުރީ، އިންޑިޔާއިން އަދި އެމެރިކާގެ ސީއައޭއިން! ދިވެހިން ގަމާރުވީމަ މަޑުން މިތިބެނީ!

        29
        1
    • ދޮންހިޔަލަ

      ބަލަ ކާކުތަ މަނާކުރީ ބޮޑެތި ފުލެޓް އެޅުން. ރައީސް ޔާމީން އެއޮތީ ހުޅުމާލެ 2 ހަދާ ހުސްމާސިންގާބިން ރައްޔިތުންނަށް ދީފަ. އެތާނގަ ތިއަޅަން ބޭނުންވާ ސައިޒެއްގެ ފުލެޓް އަޅާބަލަ. ކުދި ފުލެޓް ބޭނުން ނުވާ މީހުން ބޮޑު ފުލެޓު ލިބެންދެން ތިބޭނީ. އެކަމަކު ކުދި ފުލެޓް ބޭނުންވާ މީހުންނަށް އެތަން ލިބެންޖެހޭނެ. އެއީ ސޯލިހުގެ މައިންބަފައިންގެ ތަރިކައިން ލިބިފަ ހުރި ފައިސާއިން ހަދާފައި ހުރިތަނަނެއްނޫން. އެއީ ދިވެހި ރައްޔިތުންގެ ފައިސާއިން ހަދާ ތަންތަން. ވެރިއަކަށް ވެވުނީމަ މިޖައްބާރުގެ ނުބައިކަން އިންތިހާ. ފުލެޓެއްނޫން މިސަރުކާރުން ދޭނީ އަލިފާން ދިވެހިންނަށް ދޭނީ. ރީތި ގޮތަކަށް މިދަހިވެތި ދިވެހިންގެ ކަންކަން ނިމިގެންދާނެހެން ހީވަނީ.

      43
      2
  2. ހަމަ ހޭޖެހޭ

    މަނިކްފާން ހަމަބިމަށް ފައިބާ. ވަކި މީހަކު އެޅީތީ މަނިކްފާނު ނުޖެހޭ ތަޅާލަން ލަފާ އަރުވާކަށް. ޢެވެސް ރައްޔިތުންގެ ފައިސާ. ތިވައްތަރަށް ތެޅެންޏާ މަގުމައްޗަށް ނުކުންނަން ޖެހިދާނެ. ވ ވާހަކަ.

    313
    32
    • އަސްލުހާލަތު

      އިންސާނުން ދިރިއުޅެން ބަކަރި ގޮޅި ހެދީމަ އެތަންތަން ތަޅާފަ ބޮޑު ކުރަންވެސް ޖެހޭނެ.. މިހާރު ގިނަ ތަންތާނގެ އެތެރެ ތަޅާފަ 2 އެޕާޓްމަންޓް އެއްކޮށްލާފަ ސައިޒު ބޮޑުކޮށް 3 ކޮޓަރީގެ އެޕާޓްމަންޓްތައް ހަދަމުން އެ ދަނީ.

      21
      121
      • Anonymous

        ހުސްދޮގު. އެތާނގަ އެއްކަމެއްވެސް ނުކުރޭ. މަޝްރޫއު އޮތީ ހުއްޓުވާފަ. ދިވެހިންނަށް ހެވެއްލާބައެއް އެދޭނެ ސަރުކާރެއްނޫން މިހާރު މިއޮތީ. މިއީ އިންޑިޔާގެ ސަރުކާރެއް.

        93
        2
      • Anonymous

        އަސްލު މޑޕ ގެ ކުއްޖެއް. ބޮޑު ދޮގެއް ހަދާލައިފި. އެތާނގަ އެއްކަމެއްވެސް ނުކުރޭ. ދިވެހިންގެ ލޮލުގައި އަނދުން އަޅުވަނީ. ރައީސްމީހާ ސެލްފީ ނަގާ މިންވަރަށް ދޮގު ހަދަނީ. އެތަނުގެ އެތެރެތަޅާ ހެދޭނީ، އެތަނުގެ އެގްރީމެންޓު ނިމުމަކަށް ގެނެސްގެން ނުވަތަ އެގްރީމަންޓް ބަދަލު ކޮށްގެން. މިއީ އާބިޓްރޭޝަން ކޯޓަކުން ކުރެވޭނެ ކަންކަން. އެހެންވީމަ މޮޔައަކަށްވެސް އެނގޭނެ މިސަރުކާރުން އެހަދަނީ ދޮގުކަން.

        83
        1
      • Anonymous

        ކޮންފަދަ ކަމެއް ތިހެން ތި ދޮގުހަދަނީ؟ ކާކަށް ފާފަލިބޭނީ؟ ބަލަ މާސިންގާ ކުންފުނިތަކާއެކު ވެފައިވާ އެގްރީމަންޓް ތަކަކީ ފުއްޓަތްކެއް ޖަހާލާހެން ބަދަލުކުރެވޭނެ އެއްޗެއްސެއްނޫނޭ. އެެއެއްޗެހި ބަދަލު ކުރެވޭނީ، ދެފަރާތުން ވާހަކަދައްކައިގެން، އެގްރީމެންޓަށް ބަދަލުގެނެސްގެން ނުވަތަ ޝަރުޢީ ޤާނޫނީ ކޯޓަކަށް ހުށަހަޅައިގެން. އެފަދަ އެއްކަމެއްވެސް އަދި މިސަރުކާރުން ނުކުރޭ. ހަމައެކަނި، އެމަޝްރޫޢު މަޑުޖައްސާލުންނޫން ކަމެއް މިހާތަނަށް ކޮށްފައިނުވޭ. މިއީ ރައްޔިތުންނަސް ނޫފުލޭވަރުގެ އިތުރު ޚަރަދު ހިނގާނެ ކަންކަން.

        46
        1
      • Anonymous

        ބޮޑު ކޮޓަރީގެ ފުލެޓް ލިބޭނެކަމަށް އިރުމެދުޖެހޭއިރު އަވީގަ ދަތް ދައްކައިގެން ހުރޭ. މޮޔައާ ހިޔާ އެއޮތީ ހުއްޓާލާފައި. އެގްރީމަންޓް ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަނީ. އެތަނަށް ސަރުކާރުގެ މިނިސްޓްރީއަކަށް ވަދެވޭނީ، އެތަނުގައި ތިބި ޑިވެލޮޕަރުން އެތަން ސަރުކާރާ ހަވާލުކުރުމުން. މިހާރު އުޅެނީ. ފކށ ފައިން އެރިގެން. ފުލެޓް ހުއްޓުވީމަ، ޗައިނާ ކުންފުންޏަށް ދޭންޖެހޭ ފައިސާ ގިނަވެގެން އެމެރިކާއާއި އިޒްރޭލާ އިންޑިޔާއިން ލޯނު ހޯދަން އާދޭސް ކުރަނީ.

        48
        2
    • Anonymous

      މިއީ ފަސާދަ އުފައްދާ މީހުންނަކީ. އަނގައިން ފުޅަ ފައިބާހެން އެފައިބަނީ ދޮގު. ﷲ އަށް ބިރެއް ނުގަނޭ. މަޖްލިސް ބޭނުންވެފައި ތިބި ވަރަކަކީ، ތިމާމެނަށް ކިޔޭ ނުކިޔޭއެއް ނޭނގި މަރުކޮށް ގޮވާ ހިސާބަށް ދިއުން.

      90
      3
  3. ޖުހާ

    ގޮޑިތައް ހޯދަން ތެޅި ފޮޅެނި ހެދެން އޮތްހާ ދޮގެއް ހަދައިގެންވެސް މަކަރުވެރި އިބޫ ކޮސްބެ

    92
    6
  4. ާަިަަިިިރެއްކާ

    ބުރިޖު ވެސް ތަޅަންވީ މާ ލޭންތައް ކުޑަ ، ކީކޭ ދެންބުނާނީ ޔާމީން ކުރިކަންތަށް ހަޖަމް ނުވަނީދޯ

    112
    6
    • Anonymous

      މިއީ ހަމަ ހަަސަދަ. އެހެން ނޫނީ އިންޑިޔާއިން އެދޭގޮތް. ދިވެހިން ތިބެންޖެހޭނީ، 1970 ގައި ތިބި ހާލުގައި. ވީދިފައި ހުންނަ ފޭރާންލައިގެން ފައިވާނަށް ނާރާ. އިންޑިޔާގެ ލިޔުންތެރިޔާ ސިފަކޮށްދީފައިއެވަނީ ދިވެހިން ތިބެންޖެހޭނެ ހާލަތުކަމަށް އެމީހުން ދެކޭގޮތް.

      48
  5. ތޮމީނާ

    މީ ކޮންކަހަލަ ކަމެއްތޯ ކުރަން މިއުޅެނީ އަޅާ ނިމެން ކައިރިވެފައި ހުރި ތަނެއް ތަޅާލުމަކީ ވަރަށް ނޭދެވޭ ކަމެއް.އެހެން ސަރަހައްދެއްގައި އާ ފްލެޓްތަކެއް އެޅުން މާ ރަނގަޅުވާނެ ކަންނޭންގެ.

    82
    1
  6. ނަގޫރޯޅި

    ތަޅާލިޔަސް، އޯޅާލިޔަސް ތީ ރައްޔިތުންގެ ލާރި. ޔާމިނަކައް، ނަސީދަކައް ސޯލިހަކައް ވާނެ ދެރައެއްނެތް. ތިހުރިހާ ތަނެއްތަޅާފަ، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އިންޑިޔާއަށް ކުއްޔައްދީފަ، ރަސްފަންނަށް ވެލިއަޅާފަ، ރައްރަށުގަ ތާރުމަގުތަކުން ތާރުނަގާފަ، ބަނދަރުތަކަށް ވެލިއަޅާފަ، ނަރުދަމާތައް ނަގާ އުކާލާފަ ބްރިޖް ބުރިކޮއްލިޔަސް ވާނެކަމެއްނެތް. އިންޑިޔާ އެންބަސީއިން އިންތިހާބައް ކިތަންމެ ލާރިއެއްބެހިޔަސް ﷲގެ ރަހުމަތުން މިފަހަރު ނިކަން ރަނގަޅައް ވެލިކާންދޭނަން.

    94
    4
  7. އަސްލަމް122

    ތަޅާލުމުގެ ކުރިން ތިޔަ ފުލެޓުތައް އާއްމު ރައްޔިތުންނަށް ދެއްކުއް ވަރަށް މުހިއްމު.. ރައީސް ނަޝީދުވެސް 30 އަހަރުން ޖަރީކުރި އަގުބޮޑު ތީމުގެ އާއްމުންނަށް ދެއްކެވި. ދަޢުލަތުން ފައިސާ ޚަރަދުވީ ގޮތް ލޮލަށް ފެންނަށްޖެހޭ!!

    74
    1
  8. ރާއްޖެތެރެ

    މަކަރުވެރި މީހުން ވެރިކަމަ އެރުވީމަ ވާނީ މިހެން

    80
    3
  9. ސޭކް

    ފްލެޓް ތައް ތަޅާލަން ނިންމި އިރު އަދި މިސަރުކާރަށް ފްލެޓެއް އެޅޭނެ ދުވަހެއްވެސް ނޭގެ، ކޮށްފަ ނުކުރާނެ ކަމެއް ނޭގިގެން ތިއުޅެނީ. ވެރިކަން ކުރަން ނޭގެންޔާ އިސްތިއުފާ ދީފަ ރަށަށް...

    82
    3
    • ސަތޭކަ

      ހަމަ ސަތޭކާގެ ބަސްކޮޅެއް

      41
      19
  10. އަހުމަދު

    ވަރިހަމަ 3 ފޫޓް ކޮޓަރިއެއްގައި ހުއްޓަސް ފުލެޓް ހައްޤު މީހުންނަން ފުލެޓުދެއްވާ ރައްޔިތުންގެ ފައިސާ އިސްރާފު ނުކުރައްވާ

    86
    1
  11. އަލިފު

    ހަމަ ބުއްދި ފިލާ ހިނގައްޖެއެވެ ދެން ހެދޭނީ ގޯސް

    77
    2
  12. ދދދދދދ

    އާނއެކޭ ކަލެއަކަށް ނޭނގޭނޭ. އެހެންވެއޭ މި ބުނަނީ ރައްކާ ވާށޭ.

    72
    3
  13. ދޮގެއް؟

    ކަލޭ ބުނި ފްލެޓެއް ނާޅައޭވެސް. ފްލެޓް އަޅަން ކިޔާ ތާ އޮތީ މޫދޭވެސް. ކަލޭ ތީ ނަޝީދުގެ ދެވަނަ އެތި.

    90
    5
  14. ސަޓޯ

    ޕިސް ޕިސް ޕިސް ސުބްހާﷲ... ހެޔޮވެސް ނުވާނެ... އިބުރޭ ތަންކޮޅެއް ބޮޑުވަރު ތިއީ... ކޯނޗެއް ހާސިލް ކުރަން ކަލޭ ތިވަރު ބޮޑު އިސްރާފެއް ކުރަންތި ވިސްނީ... ހެޔޮދެން.. ކަލޭ ދެނެއް ނުހޮވާނަން އަހަރެމެނެއް

    75
    3
  15. ކިނބޫ

    ތަޅާލަބަލަ ނިކަން. ތަޅާ ކުދިންކޮޅެއް ހޯދައިގެން ކަލޭ ތަޅާލަން ޖެހިދާނެ. މައިތިރިވެ ހުރޭ ވެރިކަމުގަ ހުރެ ވެރިކަމުގެ އާރެއް ބާރެއް ނެތް މީހާ.

    75
    6
  16. އަބޯ

    ފްލެޓް ތަޅަާލިޔަސް އެމްޑީޕީ އަކަށް ފްލެޓެއް ނޭޅޭނެ. ފްލެޓް ތައް ތަޅާލައިފިނަ އެފްލެޓްތައް އެޅުމަށް ހަރަދުވި 464 މިލިއަން ޑޮލަރުގެ މަސްރޫއާ ރައީސް ސާލިހް އައި ޒިންމަ ނުކުރުވާނެ ގޮތެއްނޯންނާނެ. ރައީސް ޔާމީން ނިންމަވާފައިވަނި އެޕާޓް މަންޓެއްގަ ގިނަވެގެން ދިރި އުޅޭނީ 5 މީހުންކަމަށާ ކޮންމެ ދެމަފިރި އަކީ ފްލެޓެއް ލިބޭންޖެހޭ މީހެއކަމުގަ ކަނޑައަޅައިގެން. އެއްވެސް މީހަކު ބާކީ ނުކުރެވޭ އުސޫލުން ފުރަތަމަ 7000 އެއާ ވިދިގެން 4000 ޖުމްލަ 11000 ފްލެޓް ނިންމުމަފަހު އެފްލެޓްތައްހަބވަލުކުރުމާ އެކު އަނެއް 7000 ފްލެޓް އިމާރާތް ކޮށް ބޯހިޔާވެހިކަން ބޭނުންވާ އެކަކުވެސް ނުހުންނާނެ ގޮތަށް. މިސަރުކާރަު ގެ މިވަހަކަތަކުން އެގެނި ވަގުތުން ވަގުތަށް މިސަރުކާރު ނިމުމަކަށް ގެންނަންޖެހޭކަން. އެއީ ރައްޔިތުންނަށް ތަރައްގީގެ މަސްރޫއެއް ނުފެށޭތާގަ ތަރައްގީ ތެޅުމާ ތަރައްގީގަ އަލިފާންޖެހުމަކީ އެމްޑީޕީ ގެސިޔަާސަތެއްކަން ސާބިތު ކޮށްދޭން މަސައްކަތް ކުރަމުންދާކަމަށް ފެންނަންފެށުމުން.

    69
    2
  17. ކެޔޮޅު

    ކުކުޅު ކޮއްަޱެއްވެސް ނޭޅިގެން އުޅެނިކޮއް ތަރައްގީގެބާނީ ރ ޔާނީނު އަޅުއްވާފަ ހުރިތަންތަން ތަޅާނަމަ އަހަރެމެންނައް ޖެހޭނީ ކަލޭ ހައްޔަރު ކުރަން!!!!

    81
    2
  18. އެހަނދާން

    އިބުރާިމާ ވެރިކަމުން ފައިބާންޖެހޭދުވަސް ކައިރިވަނީހެން ހީވަނީ ކަލޭ ބަހައްޱައް ރަނގަޅީ ގުރައިދޫގަ!!

    75
    2
  19. ޢާނީ

    ރަގަޅަށް ތިޔަބުނެވުނީ އަވަހައް ތަޅާލަންވީ. ޖަޒީރާ ރާއްޖޭގަ ފްލެޓެއް ނުހުންނާނެ.

    65
    1
  20. ބުރޯ

    ތިޔަ ކޮޓަރި ތަކުގާ 4ފޫޓް6 ފޫޓް ގެ އެނދަކާ އަލަމާރިއަކާ ޑްރެސިންޓޭބަލެއް ބަހައްޓާފަ ދަތި ކަމެއްނެތި އުޅެވޭ ، ސާލިހް ވިދާޅުވިނަމަ ކޮޓަރިތަކާ ބެހޭގޮތުން ތިޔަހެއްދެވީ އިތުރުފުޅެއް. މިއީ ލަގްޒަރީ ފްލެޓް ތަކެއް ނޫން މިއީ ސޯސަލް ހައުސިން ފްލެޓް ތަކެއް . މިފްލެޓް ތައް ހަމަ ބަރާބަރު ރައީސް ސާލިހް ހަމަބިމަށް ނުފައިބައިފިނަމަ މިފްލެޓް ތައް ތަޅާލަން ނިންމައިފިނަ ރައްޔިތުން ނިކުންނާނަން. ރައްޔިތުންގެ މަތިން ވެރިކަމަކު ނުހުރެވޭނެ.

    75
    1
  21. މަންޖެ

    ކިބޫ މަނިކުފާނު އަވަހަށް ކޯރަށް ފާބާ އަދި ރ ޔާމީނު އަޅާފަ ހުރި ފްލެޓުތަކުގެ ކޮޓަރިއެއްގައި ހުންނަނީ އަށް ފޫޓު، ނުވަ ފޫޓު ވުމުން އަހަރަމެންގެ ދަރިން ކޮޅުގޮވާގެން އުޅެވޭނެވެ. މާލޭ މީހުން ނިކަމެތި ރައްޔިތުމީހާ ނޮޅާލަނީ ކިބުލަކީވެސް އެކަހަލަ އެއްޗެއް !!!!!!

    62
    4
  22. ނޫނު

    ކަންކަން ކުރަންނޭންގި ވަކި މީހެއްގެ ޕަޕެޓަކަށް ހެދިގެން ތިޔަ އުޅެވެނީ. އިސްތިއުފާ ދީފަ ގެޔަށް ވަޑައިގަނޭ. ދެން މަގުމައްޗައް ނިކުމެ ވައްޓާލާނީ. 6/7 ފެބުރުއަރީ މަތިން ހަނދާންކޮށްލައްވާ. މީ ވ ވާހަކަ

    57
    3
  23. ކިނބޫ

    މީނަތިރިކުރަން ނިކުއްނަންވެއްޖެ ނުން. އެތަށްބައެއްގެ ހައްޤުން މަހުރޫމު ކުރަން ބީތާ މިއުޅެނީ.

    56
    2
  24. ކިންގު

    މޮޔަ ފުޅު ވީދޯ

    47
    3
  25. Anonymous

    ކިތަންމެ ކުޑަ ޔަސް އޯކޭ ފުލެޓް ލިބެންޔާ މަދު ކޮއްގެން ވާގެއްލުން ކުޑަތަ ކިތައް ރައިތުންގެ ހައްގު ތިގެއްލެނީ

    58
    1
  26. ދެންޖަލުގަބައިންދާ ޔާމީނު

    ވަރަށް އުފާވެއްޖެ!

    12
    38
  27. ...

    ބޯހިޔާވަހި ކަމުގެ ނަމުގަ އައިސް ރައްޔިތުންނަށް ކަށަވަރުވެފަ އޮތް ބޯހިޔާވަހިކޮޅުވެސް ތަޅާލަން ތި އުޅެނީ. ނިކަން ތަޅާލަބަލަ އަޅެ. ގިނައިން ފްލެޓް ލިބިފަވެސް ހުރީ މޑޕ މީހުންނަށް. ކެކެކެ. މީނަ ހޮވަން ވޯޓު ދިން އެންމެނަށް ވަރަށް ސަލާން. ޚާއްސަކޮށް އޭގެ ތެރެއިން ފްލެޓް ކަށަވަރުވެފަ ތިބި ކުދިންނަށް ވަރަށް ބޮޑަށް ސަލާން. ދެން އަތުން ހަން ދާވަރަށް އަތްޖަހާ. މިހުރީ ވެރިޔެއް ހޮވާފަ

    57
    2
  28. ނިޒާމު

    ޟމީކޮންހައިސިއްޔަތަކުން އަހަރުމެއްން އަތުގައި އެއޮތީ ގާނޫނީ ލިޔުމެއް ކޮންމެން ނުޖެހޭތަލާލާކައް ތިޔަހެންވެއްޖިއްޔާ އަހަރުމެނައް ދީފުރންމާގެވެސް ތަލާލެވޭނެ މީދެން ހެއްވާކަމެއް ކާކުތަ ތިންކޮރި ބޭނުންވެގެން ބުނީ ނިކަންތަލާލަބަލަ

    43
  29. ލާލުމަންނަ

    އިލްމެއް ހިލްމެއްނެއް ބުރާންޗެއް ގައުމެއްގެ ވެރިޔަކަށް ހޮވީމަ ވާނެ ހައެތި މިވަނީ! ދައްކާކަށް ވަކި ވާހަކައެއް ކުރާކަށް ވަކިކަމއެއް ނޯނާނެ. ހީވަނީ މިކަލޭގެވެސް އޮފީހަށް ދަނީ ހިއްޕަވާލައިގެންހެން ! ރަނގަޅަށްވިއްޔާ ތިގަޑީގަވެސް ހުރީ ހިއްޕަވާލައިގެން .....

    47
    2
  30. ޢަލީ

    ލާރި ގަނޑެއް ބަނޑު އަޅާލެވޭނެ ގޮތެއް ދޯ ތި ބަލަނީ.. ކަމެއް ނުކޮށް ދެވޭ ތަނުގަ ހަދާފަ ހުރި ތަންތަން ފުޑާލަން ތި އުޅެނީ

    44
    1
  31. ޝާމް

    ތިކަހަލަ ނުކިޔަވާ ތިބޭ ޖާހިލުން ވެރިކަމަށް ލީމަ ދެންވާނެ ހައެތި ތިވަނީ

    49
    1
  32. ޟުހާ

    ކަލޯ ހަމަތަ

    48
    1
  33. ގަމު

    ތިހިރީ ރައީސް ކަން ކުރެވިފަ

    47
    1
  34. ޙުއްތު

    8-9 ފޫޓް ކޮޓަރި ތައް ކުއްވެރިން ބައިތިއްބަން ރަނގަޅުވާނެ. ޢެތަން ކަރެކްޝަން އާއި ހަވާލު ކުރައްވާ، ތިޔަ ތަނަކީ އަމާ ބުނީތީ ފަރަށްދާ އުސޫލުން ކޮށްފައި ހުރި ކަމެއް ، ރައީސް ސޯލިހް ތިތަން ތަޅާލާފައި 3 ކޓަރީގެ ތަނަވަސް ފްލެޓްތަކެއް އަޅުއްވާ

    3
    60
  35. ކައްޕިތާން

    ރަށްޔަތުން އެންމެ 5 އަހަރަށްގައުމުހިންގަން ހަވާލް ކޮއްލީމާ މިހީވަނީ ކަނޑާ އެއްގަމާ ޖައްވާ ފަޒާ ބަޔަކަށް ހިބައިން ދިނީހެން ސަހަރޯ މިޔޮއްކަމެއްތާ ދެން ކީއްކުރަންތޯ ތިޔަރަށްޔަތުން ކައިރިއަށް ވޯޓްހޯއްދަވަން ތިޔަ ދުރުވަންނަވަނީ ކޮންމެހެން ވޯޓްނުލެއްވިޔަކަސް ބޭނުން ކަމެއް ބޭނުން ގޮތަކައް ކުރަންވިންނުންތޯ ގައުމޭ ރަށްޔަތުންނޭ އިސްލާމްދީނޭ ވިދާޅުވަމުން ހުރިހާ ރަށްކައް ކެންޕޭނައް ތިވަޑައި ގަންނަވަނީ ތިޔަހާ ބޮޑެތި ހަރަދު ކުރށް ވައިގެން މިވާހަކަވެސް ދަށްކާމީހާ ނަންވާނީ އެކަމަކު ތިޔަ ވިދާޅުވަނީ ގިނަގިނައިން ދަށްކާށޭ އޭރުންނޭ ލަދުގަންނާނީ

    41
  36. ހައިޝަމް

    2 ކޮޓަރި ގުޅާލީމަ 1 ކޮޓަރި އަށް ވީ.
    ބޯ ބަހައްޓާ އަތުޖެހި

    37
    1
  37. މަސްވެރިޔާ

    ދެއުަޅި އެއްނުވާ ރައީސް ދައްކަވާ ހަމަނުޖެހޭވާހަކަ. ރ ސޯލިހު ވިދާޅުވީ ކޮޓަރިއެއްގެ ބޮޑް މިނަކީ 72 އަކަފޫޓް ކަމަށް.
    ނަމަވެސް ހިސާބު ޖަހަމާތޯ.
    އޭރިޔާގެ ސައިޒް 550 އަކަފޫޓް.
    1. ކޮޓަރި ބޮޑް .. ފާޚާނާއެކު. 164 އަކަފޫޓް.
    ފާޚާނާގެ ބޮޑްމިން 20އަކަފޫޓް، މިއީ ހުޅުމާލޭގެ ސޯޝިއަލް ފުލެޓްގެ ސައިޒް.
    1. ކޮޓަރި 140 އަކަފޫޓް. ފާޚާނާއެކު
    ...... ............
    ޖުމްލަ. 304 އަކަފޫޓް.
    ބާކީ.146
    ސިޓިންގ ރޫމް. 100 އަކަފޫޓް.
    ބަދިގެ. 30އަކަފޫޓް
    ދޮންނަ މެޝިން. 16 އަކަފޫޓް.
    ............. ....
    ރ.ޔާމިން ކަޑައެޅުއްވު ކުލި. 4300ރ
    މެއިންޓަނެންސް ފީއާއެކު.
    .......................... ...

    56
  38. އެމްޑީޕީ

    ހަމަ ބުރާންޗެއް ސޯލިހަކީ.
    މިހާރު މާލޭގަ މީހުން އުޅެނީ ގަންޑުވަރު ތަކުގަ ވިއްޔަ

    53
  39. ބަނީ

    މަކިކުފާނަށް ތިޔަ އުޅުއްވަނީ ، މަނިކުފާނު އަމިއްލައަށް ތަޅާ ނުލެވިގެން. ވީމާ ފުރަތަމަ ކުރަންވި ކަމަކީ މަނިކުފާނު އަމިއްލަަށް މަނިކުފާނު ތަޅާލެވޭތޯ ބަލާލުން!!!!

    44
  40. Anonymous

    ހިޔާ އެކަނިތަ؟ ބުރިޖް ނަގާ، ރަސްފަންނަށް ވެލިއަޅާ. މާފަރު އެއަރޕޯޓު ތަޅާލާ، ދިއްދޫ މަގުތައް ތަލާ، އޭދަފުށީ ހިއްކިބިން ފުންކޮށް. ހުޅުމާލޭ ދެވަނަ ފިޔަވަހި ފަސްނަގާ މޫދަށްހަދާ. ސެންޓްރަލްޕާކް ތަޅާ. ރަސްފަންނު ވީރާނާކޮށް، ހާޓްސެންޓަރު ތަލާ، ފާޓިލިޓީ ސެންޓަރާ ރެސްޕެރޭޓަރީ އަދި ކިޑްނީ ބަލިތަކާބެހޭ ސެންޓާާރު ތަޅާ. މަނަދޫ ބޮޑު ސްކޫލް ބުލްޑޯޒަރ ގެންގޮސްގެންވަށް..އެކްސެކްޓާ. ބަލަ އެއީ ރައްޔިތުންގެ ފައިސާއިން ކޮށްފަ ހުރިކަންކަމޭ. މިހިރަ ޖާހިލާ.

    49
    3
  41. ާއަލީ.

    ކަލޭގެ ނޭއްގާނީކަން އިންތިހާއައް ތިޔަ ދަނީ.
    ޜީތި ނިމުމެއް ކަލޭގެ ވެރިކަމަށް އަންނާނެ

    51
    1
  42. އިބްރާހިމް

    ފުލެޓް ތަޅާލައިފިއްޔާމުނެ އަހަރުމެން އެންމެން ނުކުންނާނަން މަނިކްފާން ބާލަން. ފުލެޓް ފޯމް ލީ ތި ހުރިހާ އެއްޗެއް އިނގި ހުރެ. ކިހާ ދެރަކަމެއްތިދެން. :/

    44
    1
  43. އަންނި

    މިއުޅެނީ އެމްޑީޕީއަށް މެޖޯރިޓީ ނުލިބޭނެކަން ޔަޤީންވާތީ ބުހުތާން ހަދައިގެން މެޖޯރިޓީ ހޯދަން.އިންޝާﷲ އެކަމެއްނުވާނެ.ފްލެޓްގަ އިންނަ މެއިޑް ރޫމްގެ ބޮޑުމިން އެބުނީ

    38
    1
  44. ދޯހަޅިސަރުކާރު

    އަޅެފަހެ ތިތަން ތިތަން ރައްޔިތުންނަށް ދައްކާލަންވެއްޖެއެއްނު ގައިމު އޭރުން ރައްޔިތުންނަށްވެސް އެގިދާނެއެއްނު މިސަރުކާރުން ތިޔަފުލެޓްތކާއި ގުޅިގެން ތިދައްކާވާހަކަ ތަކުގައި ހުރި ހަގީގަތެއްވެސް

    40
  45. ރައްދު

    ރ ޔާމީން ސަރުކާރުން ހަދަންފެށި ފްލެޓްތައް އެއްވެސް އުނި އިތުރެއްނެތި އެތަންތަނުގެ ހައްގުވެރިންނަށް ރައްދުކުރުމަށް މިސަރުކާރަށް ގޮވާލަމެވެ މަކަރާއި ހީލަތުގެތެރެއިން އެތަންތަން
    ފޭރިނުގަތުމަށް ގޮވާލަމެވެ އެތަންތަން ބޮޑުކޮށް
    ކުޑަކުރުމަކީ މިސަރުކާރުން ކުރަންޖެހޭ ކަމެއް
    ނޫނެވެ

    44
    1
  46. ައަބުދު ﷲ

    އަތަށް ގޮވީ ދެންދަންކާނެ މޮޅުވާހަކައެނެތް
    ދެރައެރިޔަ

    37
    1
  47. މުހައްމަދު

    ކޮޓަރިއެއް ކިތަންމެ ބޮޑުވިޔަސް އެ ކޮޓަރިއެއްގައި އުޅެވޭނީ ދެމަފިރިންނަށް އެކަނި...އެހެން ވީމާ ބޮޑު އެއް ކޮޓަރިއަށްވުރެ ކުދި ގިން ކޮޓަރިތަކެއް ތައްޔާު ކުރުން މާ ރަނގަޅުވާނެ ދޯ..

    މި ރައީސް ވެއްޖެއެއްނު މައިތިވާން

    46
    1
  48. ޑައެލޯގް

    ބަލަ ކުރިންކީ ބުނީ ކިތަންމެ ކުޑަނަމަވެސް ބޯހިޔާކުރާނޭ ތަނެއް ނެތްކަމަށް ރައްޔިތުން އުޅެނީ 1 ކޮޓަރި ކުއްޔަށް ހިފައިގެންކަމަށް، ވީމާ ޔާމީނު ވިސްނީ މިވަގުތު އަވަސްހައްލެއް ގެނެވޭނީ ވީހާވެސް ގިނަ ފްލެޓް އެޅިގެންކަމެވެ. ދެން އެކޮޓަރިތައް މާލޭގެ މިހުންނަ 2 ކޮޓަރި އެޕާޓްމަންތަށްވުރެ ކުޑައެއްނޫން މި ކިބޫ ވޯޓުބޭނުންވެގެން ފަސާދަކުރަނީ

    42
  49. ޖފހފހފ

    ދެން ހިނގާ ޖަޒީރާ ވަންތަ ވެލަން. ސުތުލި ގޯނީގަ ސިމެންތި ނޫނީ ކިސަޑު އުނގުޅައިގެން އޭގެން ޖިފުޓި ހަދައިގެން، ދިވެހި ގަމާރުންނަށް ބޯހިޔާވަހިކަން ދޭންފެނޭ.

    42
  50. ޔާސިން

    މިސަރުކާރަށް، ހިލޭ ފައިސާ ލިބޭ. މިހާތަނަށް 1.5 ބިލިއަން ޑޮލަރު ލިބިއްޖެ. މިއީ ދިވެހިރާއްޖޭގެ ދައުލަތުގެ 1 އަހަރު ދުވަހުގެ ބަޖެޓް. މިފައިސާއިން އިތުރު ހުޅުމާލެއެއް ހިއްކާފަ އެތާ، 45 ބުރީގެ އިމާރާތްތައް ހަދާލާފަ، ކޮންމެ މީހަކަށް، 2500 އަކަފޫޓުގެ ފްލެޓް ދޭނީ. މިހާރު ހުރި ހުރިހާ އެއްޗެއް ނައްތާލާފަ ހެދޭވަރުގެ ގާބިލް އިލްމުވެރި ހިލްމުވެރި ތަޖްރިބާކާރެއް ވެރިކަމުގައި އެހުރީ.

    8
    26
  51. Anonymous

    ފުލެޓްތައް އެކަނިތަ ތަޅާލަނީ. އެމަޝްރޫޢުގެ ދަށުން، ކުންފުނިތަކުން ހަދާފަ ހުރިތަންތަންވެސްޖެހޭނެ ނައްތާލަން. ބުނާމީހާ ބުނާނެ ރައީސް ޔާމީން އިފްތިތާހް ކުރި ހިޔާ މަޝްރޫޢުގެ ބައެކޭ އެއީވެސް.

    29
    1
  52. ޙަސަނު

    ބޮޑު ކޮޓަރިތަކެއް ބޭނުމެއް ނޫން ބޭނުންވަނީ ތަނަވަސް ސިޓިންރޫމެއް ރޫމްސް ވިތް އެޓޭޗްޑް ޓޮއިލެޓް

    34
    2
  53. ޖިންނި

    ނާޤާބިލް މީހުން އެންމެ މަތީ ފަޑިއަށް އެރުވީމަ ވާނެގޮތް މިހިރަ ފެންނަނީ ، ކެމްޕޭން ތެރޭގަވެސް ދީނަށް ކުރާ ފުރައްސާރަ އާއި ބެހޭގޮތުން ޗުއްޕުވެސް ނުބުނޭ އެލެކްސް ގެ ޝައިޠާނީ ޕަޕެޓް

    37
    3
  54. ހަނީފާ

    ޔާމީން ކިޔާ މީހަކު ވެރިކަމެއް ނުވެސް ކުރެއޭ ބުނަގަ. ޖާހިލު އިބިލީސް. ގައުމުގެ ހަލާކު. ކަލޭ ވެރިކަމާ ހަވާލުވީ ދުވާލަކު 1 ލައްކަ ދޮގުހަދަންތަ؟

    36
    1
  55. ޝަނާން

    ތަޅާ ނުލާ އެތަންތަން މޮޑިފައިކުރުމުގެ ވިސްނުމެއް ނައީ ކީއްވެބާ..ރައީސައް..

    25
    1
  56. ރައްޔިތުން

    އެމްޑީޕީ ސަރުކާރުން އެޅި ޗައިނާ ފްލެޓްތަކުގެ ކޮޓަރީގަ ވެސް ހުންނަނީ 9 ފޫޓު 8 ފޫޓު.

    ދެނޯ?؟؟

    36
  57. ނުކިޔަވާސޮރު

    މީނަ ބާލާ ހައްޔަރު ކުރޭ. މީ އިނޑިއާގެ ބާރުގައި ވޯޓުން ވައްކަންކޮށްގެން ވެރިކަން ދަމައިގަނެގެންހުރި އިންޑިއާގެ އަޅެއް. ތިމާގެ ކިބާގައި ތައުލީމެއް ތަޖުރިބާއެއް ނެތްއިރު މި ގައުމުގެ ތައުލީމީ އަދި ތަޖުރިބާކާރު ދަރިން މި ގައުމަށް ކޮށްދީފަ ހުރި މަސައްކަތް އެއީ ވެލި ފުންޏެއްކަމަށް މީނައަށް ހީވެގެން ވަޒީރުންނަށް އުދެލިދީގެން ފަސްގަޑު އެއްވަރުކުރަން މީނަ ގޮވާލުމަކީ ނުރައްކާކަމެއް. ތަންތަޅާ އަލިފާންޖަހައި ސުންނާފަތިކުރުމުގެ ނުބައި ފިކުރުގެ ތެރޭގަ ބޮޑުވާ އިންސާނުނަށް ﷲ ތެދުމަގެއް ނުދައްކަވާނެ. މިކަލޭގެ ބާލާ

    34
  58. ރީއާ

    ބައްލަވާ ރައީސޫ. ތިބޭފުޅާ މަހަށް ދޭބަލަ. ތިމާއާ އެކަށީގެންނުވާ ކަންތަކަށް ބޯބާނައިގެން ހެދޭނެހެދޭ ނޭނގޭހާލު ތެޅިފޮޅޭތަން ރައްޔިތުން މިތިބީ ބަލަން. ތިފުލެޓަށް ގޮތެއް ހަދައިފިއްޔާ އަންނިއަށް ޖެހުނު ހާލަށް އިންތިޒާރު ކޮށްލަވާ.

    32
  59. محمد

    އިންޑިއާގެ އަވަށެއް ހަދަން ބިންދޫކުރާޚިޔާލެއް ގެންގުޅެނީބާ ވަރައް ވައްތަރު.

    28
  60. ނުރަބޯ

    ބިނާކުރުމާ އާރާސްތު ކުރުމަކީ ރީނދޫ ޕާޓީ ދަންނަ ކަމެއް ނޫނެވެ. އެމީހުންދަންނަނީ ހަލާކު ކުރުމާ ފަނާ ކުރުމާ ސުއްނާފަތި ކުރުމެވެ.

    28
  61. ިެިިނާން

    ހަދަ ހަދާފަ ތެޅީމަ ކޯއްޗަކައް ވާނީ ކަލޯ.... ދެން މާލޭގަ މީިހުން އެއުޅެނީ ވ ބޮޑެތި ތަންތާގަތަ؟؟؟؟ ގައިމު 1 ކޮޓަރީގަ 15 16 މީހުން ނިދާ.... އެކަކު ގައިމަތީ އަނެކަކު.....

    22
  62. Anonymous

    އަންނި ގެ ޒަމާނުގަ އިމާރާތްކުރި ފްލެޓްތަކުގެ ކޮޓަރިތައް ވެސް ހަމަވަނީ މިވަރު

    24
  63. އަމިރު

    މިހާރު މަލޭގައި ގިނަމީހުން ދިރިއުޅޭ ތަންތަނުގެ ހަލަތުވެސް ރަނގަލުން ކުރުން އެދެން.

    15
  64. ހަގީގަތް

    ފުރަތަމަ ހެއްދެވި ދޮގު. އެއަރ ޕޯޓްގެ ޓަރމިނަލްގެ ކުރެހުމެއްވެސް ނެތޭ..
    ޖަވާބު. ކުރީ ސަރުކާރުން ވަނީ އާ ޓާމިނަލްގެ 1400 ކޮންކުރީޓް ބުޑު އަޅާފައި
    ދެވަނަ ދޮގު. ދަރުމަވަންތަ ހޮސްޕިޓަލްއަށް ހޯދާފައިވާނީ ކުރީގެ ބާސާމާނޭ

    ޖަވާބު. އެ ހަސްފަތާލަށް ތަކެތި ހޯދުމަށް ބޭއްވި މީޓިންގ ގައި ހުށެހުޅުނު ތަކެތީގައި އިންޑީޔާއިން އުފަށްދާފައި ހުރި ތަކެތި ހުރުމުން ރައީސް ޔާމިން ނިންމެވީ ޔޫރަޕްގެ ގައުމުތަކުގައި އުފައްދާފައިހުރި ބްރޭނޑަޑް ތަކެތި ގެނައުމަށް މިކަން ރައީސް އޮފީހުގެ ޔައުމިއްޔާއިން މިއަދު ވެސް ފެންނާން އޮންނާނެ އެމީޓިން ގައި ކަމާއި ގުޅުން ހުރި އެތައް ބަޔަކު ތިބި.
    މިސާލު . ޔާމިންގެ ސަރުކާރުން އައިޖީ އެމް އެޗް އަށް ހޯދައިފައިވާ ތަކެތީގެ ފެންވަރު އެތާ އުޅޭ އެތާ މިހާރު އުޅޭ އެތައް ސަތޭކަ މުވައްޒަފުންނަށް ރަގަޅަށް އިނގޭނެ .. ލޭގެ ޓެސްޓް ހަދަން ދާ ތަނުގެ ކުރިމަތީގައި އެހެރަ ލެބޯޓްރީ ޓެސްޓް ހަދާ މިޝިން ތަކުން ވެސް އެކަން އިނގެނެ އަދި ހިތުގެ ފަރުވާ ކޮންމެ ދުވަހަކު ހޯދާ މީހުންނަންވެސް އެކަން އިނގޭނެ މަނިކުފާނުގެ އާއިލާގެ ކިތަންމެ މީހުނެއް އެތަނުން ފަރުވާ ހޯދައިފި އެމް އާރު އައި މެޝިނެއްވެސް އިންޑީޔާއަށް ގޮންޖައްސަވާފައި ބެހެއްޓީ ހަމަ އެއްކަލަ ޔާމިން ހުޅުމާލޭ ހޮސްޕިޓަލްގައި އޭގެ މެޝިނެއް ބެހެއްޓީ ހަމަ ޔާމިން
    ތިންވަނަ ދޮގު. 7000 ފްލެޓް ތަޅާލުން .

    ޖަވާބު. އެކަން ނުކޮށް ދެންމުމާއި ކޮންޓްރެކްޓަރަކީ ޗައިނާ ކުންފުންޏަކަށް ވާތީ ޖެއްސުންކުރުން. 550 އަކަފޫޓްގެ ގެއެއްގައި މާލޭގައި އަޅުގަނޑު އުޅެނީ ދެކޮޓަރި ސިޓިންރޫމް 2 ފާޚާނާ ފާޚާނައިގެ ބޮޑުމިން 4 ފޫޓް 6 ފޫޓް ، ކޮޓަރީގެ ބޮޑުމިން 11 ފޫޓް 10 ފޫޓް އަނެއް ކޮޓަރި 8 ފޫޓް 9 ފޫޓް ސިޓިން ރޫމް 16 ފޫޓް 12 ފޫޓް .

    ދަންނަވަންތޯ ދޮގަކީ އިންސާނުން ވަރަށް ފަސޭހައިން ހަދާ އުޅޭ އެއްޗެއް އެކަމު ރައީސަކު މިވަރުގެ ބޮޑު ދޮގެއް ހަދާކަށް ނުވާނެ.
    ކަންބޮޑު ވުން. މިއަހަރު ރޯދަމަހު އެ 7000 ފްލެޓަށް މީހުންނަށް ވަދެވޭ ވަރަށް ކުރީގެ ސަރުކާރުން މަސައްކަތް ކުރީ އެއީ 40 ހާސް މީހުން މިހާރު އެތަން ނިމޭނެ ދުވަހެއްވެސް ނޭގޭ ކަމަށާއި ދެން ފްލެޓް ލިބެނީ 3500 މީހުންނަށް ކަމުގައި މަޖިލީހުގައި މިނިސްޓަރ ވިދާޅުވީ މި މާލެ އަށް ކުރިއަށް ރޯދަމަހު ލުޔެއް ލިބުނީސް ކުރީ ސަރުކާރު އޮތް ނަމަ މިހާރު މިއަހަރު ނިމޭއިރު މުޅި މާލެ އުޅޭން ދަތިވާވަރަށް ތޮއްޖެހޭނެ ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ . ކޮންކުރީޓް ތަރައްގީ އަކީ ތަރައްގީ އެއް ނޫނޭ ބުނި މީހުން އޭދަފުށީގައި ތާރު އަޅަން ވެސް ނިންމައިފި..... ހެ ހެ ހެ

    27
  65. މުފީދުބޭ

    ހިޔާމަސްޜޫޢު އެކަނި ތަޅާ ލާނެކަމެއްނެތް. ބުރިޖުވެސް ދަރުމަވަންތަ ހޮސްޕިތަލްވެސް. ރަސްފަންނުވެސް ކިންގު ސަލްމާނު މިސްކިތްވެސް ރަސްރަނި ބަގީޗާވެސް ވެލާނާ އެންޓަރނެސަނަލް އެއަރުޕޯޓްގެ އާ ރަންވޭވެސް، ޑޮމަސްޓިކު އެއަރޕޯޓްތައްވެސް ތަޅާލާ/މީހާދަ ތަންތަން ތަޅާހިއްވާ ވެރިއެއްދޯ މަށަށް ހީވަނީ ކުރީ ސަރުކާރުން ކޮށްފައިވާ މަސައްކަތްފެނި،އެއާ އެއްވަރަށް ތިމާއަށް މަސައްކަތް ނުކުރެވޭތީ ޕުރެޝަރ ވަނީހެން/ ފުރަތަ ވެރިކަމަށް އައިސް ތަޅާލީ އިސްލާމީ މަރުކަޒުގެ މާބުލް ޖެހި ސަރަހައްދު ވަރަށް ކައިރި މުސްތަގުބަލެއްގައި ތަޅާލާ ހުރިހާ ތަނެއްގެ ޒިންމާ ނަގަންޖެހޭނެ!

    24
  66. ޕްލީޒް

    ޢެއްގޮތަކަށްވެސް ކުރަން ރަނގަޅު ކަމެއްނޫން ތީކީ. މާލޭގަ ކުއްޔަށް އުޅޭ މީހުން ލައްކަ ހާލެއްގަ އުޅެނީ. ތިހެން ތިކަން ކުރަންޏާ ވާނީ ވެސް ބޮޑު އިސްރާފަކަށް.
    ތި ހިޔާލު ދޫކޮށް އެ ބިމުގަ އާ ފްލެޓް އެޅުން މާ ބުއްދިވެރި. ބިމުގެ ބޮޑު ބައި އަދިވެސް އެބައޮތް ވިއްޔާ.

    19
  67. ގަސްދަށު މާލީމީ

    އެހެންވެދޯ އެ ފުލެޓްތައް އެމްޑީީ ކުދިންނަށް ބަހާލަން އުޅުނީ. އެމީހުްނަށް ބަހަން އުޅުނު އިރު ކަމުދޭ. ތިޔަހެން ކިޔާފަވެސް އިތުރު ފުލެޓެއް އެޅޭތޯ ބަލާބަލަ. އެއްވެސް ކަމެއ ްކުރަނީކީނޫން. ހަމަ ފޮނި ވާހަކަ ދައްކާލަދައްކާލާ ތި ތިބެނީ

    21
  68. ކަމަރު

    ދަރުމަވަންތަ ތަޅާލާ. އޭރުން ގަބޫލުކުރެވޭނީ ޔާމީންކޮއްފަހުރި ކޮސްކަންތައް. އައްމުރައްޔިތުން ކުއްޔަށްދޭ ތަންތަން ނިކަން ޗެކްކޮއްބަލަ ހަޅޭނުލަވާ

    12
  69. ލީލާ

    ކޮޓަރިތަކުގެ ބޮޑުމިނުގައި 10 ފޫޓްބައި 11 ފޫޓްބައި ހުރޭ! އެއީ 110 އަކްފޫޓް. މިވަރު ކުޑައެއްނޫން. ބޮޑު ސިޓިންރޫމެއް އޮވޭ! ގޮދަޑި އަޅައިގެން 6 މީހުނަށް އެތަނުގައިވެސް ނިދާލެވޭނެ! ކަމެއް ނުކުެރެވޭތާންގައި އެހެންމީހުން ކުރާ މަސައްކަތްތައްވެސް ކުރިޔަ ނުދޭތި! ގަމާރު ޖާހިލު ސަންގޯރު ވެރިކަމެއް މިއޮތީ!

    13
  70. ޖަމްޝީދު

    ނަމަކަށް ކަންކަން ކުރީމާ ދެންޖެހޭނީ ދެގުނަބޮޑު ޚަރަދުކުރާން. ބުރިޖުވެސް ޑިޒައިންނާ އެއްގޮތަށް ކަންކަން ނުކޮށް ސިޔާސީ މަންފާ ހޯދާން ކުރުގަޅުވާލާފަ ނިންމާލީ. ދެން އޭގެ ތަކުލީފު އުފުލަން މިޖެހެނީ އާންމު ނިކަމެތިން. ބުރިޖާއެކު ގޯތި ލާޖެހި ދިހަ ފަނަރަ ބުރިޔަށް އެބަހެދޭ. އެހެންވީމާ ތަރަށްގީ ވަނީ އާ އުސްމިނަކަށް ގެންދެވިފަ.

    13
  71. ޢާއިޝަތު

    (ހިޔާ މަޝްރޫޢުގެ ފްލެޓްތައް ތަޅާލަން ރައީސް ޞާލިހް، ވަޒީރުންނަށް ލަފާދެއްވައިފި)އަޖައިބެއް ފަހެނުވާނެތަ ހިޔާ މަޝްރޫޢުގެ ފްލެޓްތަކަކީ މަނިކުފާނު، މަނިކުފާނުގެ ވަޒީޒުން އަދި މަނިކުފާނަށް ތާއިދުކުރައްވާ ބައެއްގެ އަމިއްލަ މުދާތޯ؟މައިންބަފައިންގެ ތަރިކަތޯ ކިތަންމެ ހިތަކަށް ތަދުވިޔަސް ރައީސް ޔާމީނަށް މިގައުމުގައި އެންމެ ގިނަފުލެޓް އެޅުނީވެސް އިންޝާﷲ އަދި އަޅާނީވެސް އަހަރުމެންގެ ދުއާއަކީ ރައީސް ޔާމީނަށް މިގައުމުގެ ރައްޔިތުންގެ މަޖްލިސްގެ މެޖޯރިޓީ ލިބުން ތެޅިފޮޅެ މީހުން މައިތިރި ކުރުމަށް

    16
  72. ތަޅާލާ

    ދެން އެއޮށް ބްރިޖްވެސް ތަޅާ، ފެރީބޭނުންކުރަން ފަށަންވީ. އޭރުން ހުރިހާކަމެއް ހުންނާނީ ބަރާބަރަށް. ރަނގަޅު ވިއްޔާ ޗައިނާއިން އަޅާފައިވާ ފްލެޓުތައްވެސް އަތުލާ ހަމަ ތަޅާލަންވީ.

  73. ވިސްނާ

    ކީއްވެތޯ ފްލެޓްތައް ތަޅާލައްވަންވީ އެއީޚަރަދެއްކުނޮށް ނުވަތަ ސާލިހްގެ އަމިއްލަޚަރަދުގައި
    ހަދާފައިވާ ފްލެޓްތަކެއްތޯ ؟ ފްލެޓްތައްތަޅާލެއްވުންނޫން ޙައްލެއްނެތީތޯ ތިހެންލަފާނުދެއްވާ
    ތިއީ ރަށްޔިތުންގެފައިސާއިން ވަަރަށްބޮޑު ޚަރަދެއްކުރައްވައިގެންކޮށްފައިވާމަސައްކަތެއް ހިތްޕުޅުގައި
    ހަސަދައެއްވާނަމަ އެކަންފިލުވާލުމަށް ރައްޔިތުންނަށް ބޮޑުގެއްލުމެއްދެއްވަން ލަފާނުދެއްވާ ތިއީ
    އެތަށްރަށްޔިތުންގެ ބޯހިޔާވަހިކަމަށްބޭނުންވާތަނެއް އޯގާތެރިކަމަކި ހަމައެކަނި އަގައިންބުުނުއްވާ
    ބަހެއްކަމުގައި ނުހައްދަވާ

  74. މިއަދު

    ތިކަން ވަރަށް އަވަސްކުރަންޖެހޭނެކަމަށްފެންނަނީ ނޫންނަމަ ސަރުކާރު ބަދަލުވާއިރަށް ބައިކުދިންނަށް ލާރިގަނޑެއްލިބޭނެގޮތެއް އޮންނާނެކަމަކަށްނުފެނެ މަޖިލިސްމެޖޯރިޓީ ނުލިބިއްޖެނަމަ ދެންވަނީ ކިތައްދުވަސްކަމަމެދު ޝައްކު

  75. ޥިންދު

    ވެރިމީހާގެ އަމިއްލަ މުދާތަ ހިތުހުރިގޮތަކަށް ހަދަން ތި ވިސްނަނީ. ތި ކުރެވެނީ ވައްކަން. ތި ވެވޭ އެންމެ ބޮޑު ޚިޔާނާތް. މިކަލޭގެ ބޭރުކުރަންޖެހޭ އެބަ.

    12
  76. ރަބީ

    މި ސަރުކރުގެ މަސައްކަތަކީ ހަދައިފައިވާ ތަންތަން ތެޅުން

  77. Anonymous

    ދުވަހުކުއްޔަށް ބޭނުން ކުރެވޭނެ ނޫންތޯ. އިމާރާތުގެ އެތެރެއިން ބަދަލުގެނަސްގެން އެހރން ގޮތަކަށް ބަދަލުކުރެވެން އޮތިއްޔާ އެހެން ހަދާ. ޙާދަފައުސާއެކޭ ބޭކާރުވެގެންދާ

  78. ޙަސަން އަޙުމަދު

    ފޭރިގަނެގެންވެސް ވެރިކަންކުރަން ނޭނގުނީމާ، ދެން ގޮވާނީ ކޮސް.