އަލަށް ހޮނުނު މަޖިލީސް މެމްބަރުންގެ އަގުލަބިއްޔަތާއެކު ރިޔާސީ ކޮމިޝަން "ފަންކްޝަން"ކުރާތަން ފެންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިހާރު ލޮނުޒިޔާރަތްކޮޅުގައި ކުރިއަށްދާ އެމްޑީޕީގެ އުފާފާޅުކުރުމުގައި ރައީސް ވިދާޅުވީ ފެނިގެންދިޔައީ ރައްޔިތުންގެ ނަމޫނާ މަންޒަރެއް ކަމަށާއި، މުޅި ރާއްޖެގޭ އެންމެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ހައްގު އަދާކޮށްފި ކަމަށާއި، އެކަމަށްޓަކައި، ހުރިހާ ރައްޔިތުންނަށްވެސް ޝުކުރު އަދާކުރާ ކަމަށެވެ. މިއަދު ރައްޔިތުން ބުނެފައި ވަނީ 23 ސެޕްޓެންބަރުގައި ކުރިއަށް ދިޔަ މަގުން ކުރިއަށް ދިޔުމަށް ކަމަށާއި، ރައްޔިތުންގެ އެ މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

"ރައްޔިތުން މިއަދު ނިންމުމަކީ 23 ސެޕްޓެންބަރުގައި ނިންމި ނިންމުމުގައިސާބިތުވެ ތިިބިކަން ދައްކުވައިދިން ނިންމުމެއް. ކޮރަޕްޝަނާ ވައްކަމަށް އެނބުރި ނުދާނެ ކަމަށް ނިންމި ނިންމުމެއް. މާލޭގެ މަގުތަކުގައާއި އެހެނިހެން މަގުތަކުގައި ގޮތް ނޭނގޭ މަރުތަކަށް ޖާގަ ނެއް ކަން އަންގައި ދީފި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެންމެ އެކީގައި މަސައްކަތް ކުރަން ޖެހޭ ކަމަށާއި، މިއީ އެވަގުތު ކަމަށެވެ.

" މިއީ ގައުމުގެ ރައްޔިތުން އެންމެން އެކީގައި މަސައްކަތް ކުރަންވީ ވަގުތު. އެންމެން އެކީގައި މަސައްކަތް ކުރަން އަޅުގަނޑުމެން މި ތިބީ ތައްޔާރަށް. އަޅުގަނޑު މިއަދު ވެސް މިހުރީ މި ޓީމާ އެކީގައި މަސައްކަތް ކުރަން ތައްޔާރަށް. ކޮރަޕްޝަނާއި ވައްކަން ބަލަން އެކުލަވައިލި ކޮމިޝަން އާ މަޖިލިހާ އެކު ކުރިއަށް ދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު ފެނުނީ މިނިވަން ކަމާއެކު އިލެކްޝަންސްއިން މަސައްކަތް ކުރިތަން ކަމަށާއި އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ.

"ވަަރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. މި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. އިސްލާހަށް މަސައްކަތް ކުރައްވާ އަދި އެމްޑީޕީ އަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. މިއަދު ފެނުނީ އިލެކްޝަންސް ކޮމިޝަނަށް ބާރު ދިނުމުން އެއްވެސް މައްސަލައެއް ނުޖެހި އިންތިޚާބު ބޭއްވި ތަން. މިއަދަކު ނާދޭ އަނގޮޓީގެ ޝަކުވާއެއް. މިއަދު ރައްޔިތުން ވޯޓު ދިނީ ހިތްހަމަޖެހިގެން،" ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ދާދިދެންމެއަކު މުރުތައްދުވެފަ ހުރިމީހަކު ދެއްކިވާހަކައެއްފެނިފަ ހިތައްއައީ ކޮންފަދަބިރުވެރިކަމެއްތޯ، މާތްﷲގެ ކޯފާއަށްވެސް ބިރުވެތިކަމެއްނެތި މިފަދަވާހަކައެއް ދެއްކުމަކީ ކޮންފަދަ ހިތާމަވެރިކަމެއް، މުސްލިމުން ކާފަރުވެ، ކާފަރުން މުސްލިމުވުން އެއީ ދުނިޔެ ނިމުމުގެ ޢަލާމާތެއް، ހިތާމަޔަކީ މިގައުމުގަ މެޖޯރިޓީ މިވެރިންގެ ސިޔާސަތު ގަބޫލުކޮއްފި، ރައީސްމީހާއަށް ބުނެލަންއޮތީ، ކޮމިޝަންތަކަށްބާރު ނުހޯދާ މިފަދަ ކަންކަން ހުއްޓުވަން މަސައްކަތްކުރުން މާއައުލާކަންބޮޑު، މިފަދަ ނުބައި ކަންތަށް ގިނަވުމުގެ ސަބަބުން ގައުމު ފަނާވެގެންދިއުމަކީ ގާތްކަމެއް.

    58
    3
  2. ޢަދުރޭ

    ސަލަފިއްޔާގެ ޢިލްމުވެރިންނަކީ އެއް ޖިންސުން ގުޅުން ހިންގާ ބައެއްކަން މިއަދު ރައްޔިތުން ލީ ވޯޓުން އެ ސާބިތުކޮށް ދިނީ

    9
    9
  3. ނުރަބޯ

    ރައީސް ޔާމީނަށް މިމީހުން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒު ކުރީ އޭނާ ކުރަންބޭނުންވާހާ ކަމެއް ގާނޫނު ތަކަށް ބަދަލުގެނެސްގެން ކުރާތީކަމަށް ބުނެ މިމީހުންގެ ޕްރޮޕެގެންޑާ މެޝިން ތަކުން ހައިނުކޮށް ގޮވަމުން ދިޔަ އެވެ. މިއަދު އެއްކަލަ، އަނިޔާ އާއި ބޭއިންސާފު ހުއްޓުވަން ކަމަށްބުނެ ވެރިކަމަށް އެރިމީހުން އެ ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ މިއަދު އެމީހުނަށް ލިބުނު މެޖޯރިޓީގެ ބޭނުން ހިފައިގެން އެމީހުން އެއުޅެނީ ގާނޫނީގޮތުން ދެވެން ނެތް ބާރުތަކެއް ގާނޫނު ތަކަށް ބަދަލު ގެނެސްގެން ކަމިޝަން ތަކަށް ދޭށެވެ. އޭގެ ސަބަބުން ނިޒާމުތަކަށް ބޮޑެތި ފުށުއެރުން ތަކެއް އަންނާނެއެވެ. މިސާލަކަށް ކޮރަޕްޝަންގެ މައްސަލަތައް ބަލަން ކަމިޝަނެއް އުފެއްދީމާ ކުރިން އުފައްދާ ހިނގަމުން އަންނަ އޭސީސީގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އަދި ކަން މިހެން އޮއްވާ އިތުރު ބާރުތައް ކަމަށްވާ ކޯޓުއަމުރުނެތި ހައްޔަރުކުރުން ފަދަ ބާރު ތައް ދިނުމުން ފުލުހުންނާ ކޯޓުތަކުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަނެއްކާ މިމީހުން ކޮރަޕްޝަން ބަލަން އުފެއްދި ކަމިޝަނުން ކުރިން އައި އެމްޑީޕީގެ ސަރުކާރުގެ ދުވަސް ވަރު ހިންގި ކޮރަޕްޝަނާ ދައުލަތުގެ މާލިއްޔާއިން މަދުވި ފައިސާގެ މައްސަލަ ބަލާގޮތަށް ހަމަޖެހިފައެއް ނެތެވެ. މިއީ ހަމަ އިންސާފު ހެއްޔެވެ؟ ނޫނޭވާ ތިއޮތީ އިންސާފު ގާއިމުކޮށް އަނިޔާ ހުއްޓުވިފައެވެ.

    22
    1
  4. ކެޔޮޅު

    ރިޔާސީ ކޮމިސަނައްވުރެ ބާރުގަދަފަރާތެއްވޭ އެކަން ހަނދާންއެބަހުރިބާ؟؟