މާފަންނު ގެސްޓް ހައުސްއެއްގެ ތެރޭގައި އަންހެނަކު ރޭޕް ކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިިފިއެވެ.

ރޭ 10:55 ހާއިރު ހިނގި މިހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، މި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވަނީ މި ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެގޮތަށް އަމުރު ކުރުމުން ކަމަށެވެ. އެ މައްސަލާގައި ދޫކޮށްލާފައި ވަނީ 32 އަހަރުގެ މީހާއެވެ. ހައްޔަރު ކުރި ދެމީހުންގެ ތެރެއިން 33 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ޖަހާފައެވެ.

ފުލުހުން ވިދާޅުވީ، އޭނާ ދޫކޮށްލަން ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ވިދާޅުވީ ރޭ 22:55 ހާއިރު މާފަންނު ގެސްޓް ހައުސްއެއްގެ ތެރެއިން އަންހެނަކު ހަޅޭލަވާ އަޑަށް އެވަގުތު މާލެ ތެރޭގައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން އެ ގެސްޓް ހައުސްއަށް ވަދެ ބެލިއިރު، ހަތަރު ފިރިހެނަކު ވެގެން އަންހެނަކު ރޭޕް ކުރަން އުޅުނުކަން އެނގިފައިވާ ކަމަށެވެ.

ފުލުހުން އެތަނަށް ވަންއިރު، ދެމީހަކު ފިލާފައިވާ ކަމަށާއި، އެކަކު ގެސްޓް ހައުސްގެ ތެރެއިން ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި އިތުރު މީހަކު ފިލަން ދުވަނިކޮށް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

ފިލަން އުޅެނިކޮށް ހައްޔަރު ކުރި މީހާ ހައްޔަރުކޮށްފައި ވަނީ މަގުމަތިންނެވެ. އެ މައްސަލައިގައި ހައްޔަރުކުރީ 32 އަހަރުގެ އަދި 33 އަހަރުގެ ދެ ފިރިހެނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މާމިގިލީ މީހާ

    ކޯޓުން ހިއްވަރު ތިޔަ ދިނީ އެކަން ކުރާން. ދެން ދޫކޮއްލި މީހާ އަނެއްކާވެސް އެކަހަލަ ކަންކަން ކުރާނެ. އެމީހާ ޔައް އިގޭ ހައްޔަރު ކުރިޔަސް ކަމެއް ނުވާކަން. ދޫކޮއްލާނެކަން.

    41
    5
  2. ޖ

    ދިވެހިރާއްޖޭގައި ދިރިއުޅެންވީ ކުއްވެރިން އެމީހުންގެންދާ ވަރައް ވުރެއަވަހައްދޫކުރާނެ މިއޮތީވާގައުމެއް.

    44
    4
  3. ހޯހޯ

    ރޭޕް ކުރާމީހުން ހައްޔަރުނުކުރާތި! ގެރިމޯދީ ރުޅިގަދަވެދާނެ.

  4. ހޯރަ

    ނުކުރެވުނެއް ނު އެއް ކަމެއް ވެސް 24 ގަޑިއިރު ދައުލަތުގެ ކޮށްތު ކައިލާގެން އުޅެލާފަ އެދިޔައީ

  5. އެލެކްސް

    ގޭންގްރޭޕް ކުރަން އުޅުނު މީހުން ދޫކުރުމަކީ ޖަރީރާގެ ވައްތަރެއްބާ

  6. ވިސްނާ

    ހައްޔަރުކުރަންޖެހޭ ވަރުގެ ހެއްކެއް ފުލުހުންނަށް ނުދެއްކުނީކަމަށްވާނީ. މަގުމަތިން ދުވެފައިދިޔައީ އެގެސްޓު ހައުސްއިން ނުކުމެގެން ދިޔަ މީހެއްކަން ކަށްވަރުކޮށް ނުދެވުނީކަމަށްތިވާނީ. މަގުމަތިން ދުވެފައި ހިނގާދާނެ އެހެންމީހަކުވެސް. މަސްނުބޭނުނީމާ ކަނޑު ގޮސްވާހެން ހައްޔަރުނުކުރީމާ ގޯސްވާނީ ކޯޓު. ފުލުހުން ކުރަންޖެހޭ ވަރަށް މަސައްކަތް ނުކުރެވުނީމާ ކަމަށްތިވާނީ.

  7. ސީނު

    އަޖައިބު އަންތަރީސް ވެއްޖެ.. އެޖެންޑާ 19 ގެ ބިރުވެރިކަން.....19 ވަނަ އެޖެންޑާގެ ދަށުން އެއްވެސް މީހަކީ ކުއްކުރާމީހެއްނޫންތޯއްޗެ....ދެން އެއަންހެންމީހާ ތަ ކުއްވެރިވީ

  8. މިއްޓޭ

    ތީމޯދީމެންގެ ސަޤާފީކަމެއް. އޭނާގެ ރިކުއެސްޓައް އެޖެނޑާ 19ގެތެރެއަށް ތިއޮތީވަދެފަ

  9. ކިނބޫ

    ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއޭ ބުނާނެ ކަމެއް ނެތް. އެ ވާނީ އެޖެންޑާ 19 ގެ ގޮލައަކަށް. އެހެންވީމަ ކޯޓަށް ގެންގޮއްސަ ބުނާނީ މިހިރީ ރޭޕް ކުރި މީހާއޭ. އެއްވެސް ހެއްކެއް އެއްޗެއް ނުދައްކާނެ. ދެން ޖެހޭނީ ދޫކޮށްލަންތާ. ރީ ހައްތާވެސް ރޭވުން.

  10. ައަލީމުހަންމަދު

    މަކާރިމުލް އަހުލާގު ގެ ސިފަ ލިބިފަ ތިބި އިސްލާމް ދީނަށް ނަސްރު ދޭ ފަނދޑިޔާރުން ނަޒާހަތް ތެރިވާނަމަ މި ދީބުގެ ހާލަތު ވަކަރުގޭކުދިންގެ ދަރަޖަޔަކަށް ނުވެއްޓުނީސްކަން ޔަގީން. ހިތާމައިގެ ވާ ކޮޅެއް ނެތް. އެއްބަޔަކު އުފާކުރަނީ. ގައުމު ދެކެ ލޯބިވާ ދަރިން ހިތާމަ ކުރަނީ.

  11. ރ

    ފުލުހުން އެތަނަށް ވަދެ އެބަޔަކު ފަހާ ދުވެގެން ހައްޔަރުކޮށްގެން ގެންދިޔައީމަ ކޯޓަކަށް ހެއްކެއް ނުފެނެ. ދެން މި ގޯސްވަނީ ފުލުހުން. ކޮންމެ ކުށެއްކުރާ ބަޔަކު ހޯދާ ހައްޔަރު ކުރިޔަސް ކޯޓުން ފުލުހުންގެ މަސައްކަތް މިހަދަނީ ބޭކާރު މަސައްކަތަކަށް. ފުލުހުންގެ އަގު ވެއްޓެނީ މިކަހަލަ ކަންތައް ކުރާތީ.