ކާށިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް އިންތިޚާބުވެފައިވާ، ޢަބްދުﷲ ޖާބިރުގެ ފަރާތުން، ގާފަރު ޞިއްޙީ މަރުކަޒަށް ތިން އެއަރކޮންޑިޝަން ހަދިޔާކޮށްފިއެވެ.

ގާފަރު ޞިއްޙީ މަރުކަޒުގެ ވޯޑު އަދި ވެއިޓިންގ އޭރިޔާއަށް ބޭނުންވާ އެއަރކޮންޑިޝަންތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ޖާބިރުގެ ކެމްޕެއިނުގައި އިސްކޮށް އުޅުނު ފަރާތެއް "ވަގުތު" އަށް މަޢުލޫމާތު ދެއްވިއެވެ.

ކާށިދޫ ދާއިރާއަށް ޖާބިރު އިންތިޚާބުވުމަށްފަހު، އެ ދާއިރާގައި ހިމެނޭ ދެރަށަށް ގިނަ އެހީތަކެއް ޖާބިރު އަންނަނީ ވެދެއްވަމުންނެވެ. އަދި ކުރިއަށްއޮތްތަނުގައި ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށްވެސް ޖާބިރު ގެންދަވަނީ ވިދާޅުވަމުންނެވެ.

އެގޮތުން، ކާށިދޫ ތަޢުލީމު ކުރިއެރުވުމުގެ މަޤުސަދުގައި އެ ރަށުގައި ފެންވަރު ރަނގަޅު ޔުނިވާސިޓީއެއް އަޅުއްވަން ނިންމާފައިވާއިރު، އެރަށުގެ މަދަރުސާއަށްވެސް ފައިސާގެ އެހީތެރިކަމެއް ވެދިނުމަށްވެސް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން، ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާގެ އަގުހުރި އިނާމާއެކު، "ޖާބިރު ފުޓްސަލް ކަޕް" ކާށިދޫ އާއި ގާފަރުގައިވެސް ބާއްވަން ވަނީ ނިންމާފައެވެ.

ޖާބިރު ވަނީ މީގެ ކުރިންވެސް ކާށިދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައެވެ. ދެ އަހަރު ދުވަހުގެ މުއްދަތަށް އެ ދާއިރާގެ މެމްބަރުކަން ޖާބިރު ކުރެއްވީ ބައި އިލެކްޝަނެއް ކާމިޔާބު ކުރައްވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަމަނަ

    ކިހާދުވަހެއްގެ ކަމެއްބާ.

    12
    7
  2. ޙަސަން

    ޢަސްލު ސައިޒް ތީ ، އޭސީއެއް، ޕްރިންޓަރ އެއް ކޮމްޕިއުޓަރ އެއް ދެވިދާނެ. މީހާ އަށް ވުރެ ބޮޑަތި ވާހަކަ ދައްކާތީ މައްސަލަ އަކީ. މިސާލަކަށް ހޮސްޕިޓަލް .

    4
    2
  3. ރިނީ

    ބަަލަ މިޔަށެއްނޫންތަ ކިޔަނީ ބްރައިބް؟ އެކަމަކުވެސް ދިވެހިންނަށް ހަމަ އޯކޭ! ފާޅުގާ ހުރިހާކަމެއް.

    2
    1
  4. ކުޑަކުދިންގެ ބިރު

    ހާދަ ލާރިއެކޭދޯ ޖާބިރު ތިހަރަދު ކުރަނީ ދާއިރާއައް 3 އެއާކޯންތީ ވަރައް ލާރި މިހާރު އެއާކޯނާކީ ވަރައް އަގުބޮޑު އެއްޗެއް ހާދަ ހެޔޮމީހެކޭދޯ ޖާބިރުމީ

    4
    2
  5. ޭެެައެކޯ

    ސާބަހޭ ޖާބިރު