ރަމަޟާން މަސް ފެށެން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގު ވަރަށް ބޮޑަށް މައްޗަށް ހިނގައްޖެ އެވެ.

މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ކަނޑޫދޫ މިރުސް ކިލޯއެއް ލިބެން ހުރީ 100 ގުރާމު 80 ރުފިޔާ އަށެވެ. އެއީ ކިލޯއެއް 800 ރުފިޔާ އަށެވެ. މިއީ މިދިޔަ އަހަރުގެ ރޯދަމަހު ކަނޑޫދޫ މިރުސް ލިބުން އަގަށްވުރެވެސް ބޮޑު އަގެކެވެ.

ކަނޑޫދޫ މިރުސް ފޮޓޯ އަމީން ފަހުމީ

ދިވެހިން މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ކަނޑޫދޫ މިރުހުގެ އަގު އަތް ނުފޯރާ ފަށަށް އުފުލިފައިވާއިރު، މިކަމާގުޅޭ ގޮތުން ބައެއް ފަރާތްތަކުން ބުނީ، ހޫނު ގަދަ ވުމުގެ ސަބަބުން މިރުސް ގަސް ހައްދަން އުނދަގޫތަކެއް ކުރިމަތިވެގައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައިވެސް މިރުހުގެ އަގު އުފުލޭނެކަމަށް ބެލެވޭ ކަމަށެވެ.

“ކަނޑޫދޫގައި މިރުސް ހެއްދޭލެއްވެސް މަދީ. ހައްދާފަ ހުރި ގަސްތަކުގައިވެސް ފާޑެއްގެ ފަންޏެއް އަޅާފަކަމަށް ބުނަނީ. މިއީ މީގެކުރިން ދިމާވި ގޮތެއް ނޫން . ވަރަށް މަދުން މިރުސް އަޅުގަނޑުމެންނަށްވެސް ލިބެނީ. ކުރިއަށް އޮތްތަނުގައިވެސް މިރުހުގެ އަގުދާނީ މައްޗަށް.” މާރުކޭޓުގައި ގޮޅިއެއް ހިންގަމުން އަންނަ، މުހައްމަދު ރަޝީދު “ވަގުތު” އަށް މަޢުލޫމާތު ދިނެވެ.

ކަނޑޫދޫ މިރުސް ފޮޓޯ އަމީން ފަހުމީ

ހޫނު މަޑުވެ، ވާރޭ ވެހިއްޖެ ނަމަ، މިރުހުގެ އަގު ދަށަށް ހިނގައިދާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ލަފާ ކުރައްވައެވެ.

”ވާރޭ ނުވެހޭތީ، ފެން ނުލިބޭތީ ގަސްތައް ނުހެއްދިގެން މިރުހުގެ އަގު މައްޗަށް ގޮސްގެން މި އުޅެނީ. ކަނޑޫދޫންނާއި މާމެންދޫނާއި މިކަހަލަ ދެތިން ރަށަކުން މިރުސް މި ލިބެނީ. ޑިމާންޑް ބޮޑުވީމަ އަގުވެސް ބޮޑުވަނީ. ނަމަވެސް ރޯދަމަސް ތެރޭގައި މިރުހުގެ އަގު ދަށަށް ދިއުން އެކަށީގެންވޭ.” މާރުކޭޓުގައި ގޮޅިއެއް ހިންގަމުން އަންނަ، އަހުމަދު ނަސީރު “ވަގުތު” އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

މިރުހުގެ އިތުރުން، އާއްމުގޮތެއްގައި ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ އަގުތައްވެސް ބޮޑުކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ފާތުމާ

    މިފަހަރު ކަނޑޫދޫ މިރުސް ނުގަންނާނަން...އަތެއް ނުފޯރަ

    17
    • ހަމަ ނުބައި މިރުހެއް

      ތީ މާ ކުޅި އަދި ނުބައި މިރުހެއް. ތި ވައްތަރު ނުވާނެ ކާކަށް. ތި މިރުސް ކާންކަމުދާނީ ހަމަ އެކަނި ކަނޑޫދޫ މީހުން. ތި ހަލާކުވެ ހުސްވާނީ

      3
      2
  2. ވަތަނަބޭ ބީ

    އަގު ބޮޑުކުރެވިދާނެ، އެކަމަކު ތިކަމުގެ އާޚިރު ނަތީޖާ ތިވިޔަފާރިކުރާމީހުނަށް ހިތިވާނެ.
    ދެންފެންނާނީ އިންޑިޔާއާއި ސައުތު އެފްރިކާގެމިރުހުން މާރުކޭޓުފުރޭތަން. ލުނބޮޔަށްވީގޮތް ވީމައި ވިސްނިދާނެތޯއްޗެކެވެ.

  3. ޢިޔާބު

    މި މިރުހަކީ ސިއްހަތައް ގެއްލުންވާ ވަރަށް ބޭހުގެ އަސަރު ހުރި މިރހެއްތޯ ބަލަންެހޭ.

    2
    1
  4. ދިރާސާ

    މިދެން ބޮޑުވަރު .. ލާރިހޯދަން ޑްރާމާ ކުޅުންވެސް ހައްދުން ނައްޓާފަ.. ކޮންމެ އަހަރަކު ރޯދައަށް މިނޫންވަރެއް ވޭތަ؟؟؟ ރޯދައަށް ގަސްތައް ނުހެދޭ، މިރުސް ނާޅާ، ގަހުގަ ފަނިއަޅާ.... ނުވާކަށް ކަމެއްނެތް.. ރޯދައިގެ ކުރިން އަދި ފަހުން ގަސްތަކުގައި މިރުސް އަޅާވަރުން އޮބިނޯވޭ . .

    9
    1
    • ކިޔާ

      ހަހަހާ..ތެދެއް ތިބުނީ..މިހުންނަނީ ރޯދައިގެ ދަރުމައާއި ސަވާބު ގެއްލުވާލަން ވިޔަފާރިވެރިންކުރާ މޮޔަކަންތައް.

  5. ޖަލްޕަރީ

    ކިތަންމެ އަގުބޮޑުވިއަސް މަށެއްނުގަންނާނަށް.

  6. ޢަހަންމާ

    ވިޔަފާރި ވެރިންނަށް މަރެއް. ޜައްޔިތުން ފެލާލާނީ. ކޮންމެ ސަރުކާރަކަށްވެސް އޯކޭ. ވިޔަފާރިވެރިންގެ ދަށުވެފަ ތިބޭނީ.

  7. މަހޭޝް

    ތިޔާއީ ރައީސް ޔާމީނުގެ ކަންތަކެއްނޫންތަ އަނެއްކާ

  8. ޥިހި

    ޢެޖެންޑާ 19ގެ ދަށުން މިރުހަށް އޯގާތެރިކަން ގެނެސްދިނުމަށް ދައްނަވަން

  9. ދިޔަމިގިލި

    ޔޫގެންޑާ މިރުސް ގަތަސް ކަނޑޫދޫމިރުސް ނުގަންނާނަން .

  10. ކަޓުނަގާ

    މިއޮތީ ދޮގާ މަކަރާހީލަތުގެ ޒަމާން. އެމީހަަކަށް ދެމުނުގޮތަކަށް ދަމާގެން ދުނިޔެ އަކީ އުރިހާއެއްޗެއްކަމުަ ހަދައިގެން އުޅޭޒަމާން. ޖަހާލަތުގެ އަޅުންނައް ވެފަވާޒަމާން. ދުނިޔޭގެ ހަލާކުއައިސް އިންސާނުންނާ އަރާހަމަކޮށްފަވާޒަމާން. އެތައްދުވަހެއްވަންދެން 5 ރުފިޔާއަށް ގަންނަމުންދިޔަ ހިކަނދިފަތްކޮޅެއްވެސް މިހާރު އެވިއްކަނީ 15 ރުފިޔާއަށް. މުޅިމާރުކޭޓްގަ އަގުތައްކޮންޓްރޯކުރަން ތިބެނީ ބަންގާޅީން. އެމީހުން ހަދަނީހަދާނެ އެއްޗެއް.

  11. މީހަކު

    އެންމެންވެގެން ތިޔަ މިރުސް ގަތުން ހުއްޓާލާ އޭރުން އޮންނާނީ ރާކަނިމަސް ކެވިފަ

  12. އޮޅާލާ

    ކަނޑޫދޫގަ އެކަނިވިޔަ މިރުސް ހުރީ؟!؟ އަޖައިބެއް! ޙަމަ އިނޑިޔާ މިރުސްވެސް އޯކޭ! ލާމުގަ ވެސް އޮބޮތް މިރުސް! މީ އެހެން ރަށްރަށުގެ މީހުންނަށް ރަނގަޅު ދަނޑިވަޅެއް މިރުސް ވިއްކަން ލިބޭ! !

    • We

      ކަނޑޫދޫ މިރުސް ހާއްސަ ވެފަ ތަފާތު ވީމަ ކަނޑޫދޫ މިރުހޭ ކިޔާނީ..އައްޑޫ މިރުހެކޭ ވެސް ނުކިޔައެއްނު

      • ފޮޅާލާ

        ކަނޑޫދޫ މިރުސް ހާއްސަވެފައި ތަފާތުވަނީ ރޯދަމަހަށް އެކަނި، ރަނުން ހާއްސަ ކޯޓެއްލާ ކަމަށްވަނީ! ޢެހެންވެ ތާ އެހާ އަގުބޮޑީ! ކަނޑުދޫ މިރުހަށް ކަނޑުދޫ މިރުހޭ ކިޔުނީ ކަނޑުދޫ މިރުހުގަ ރޯދަމަށް ރަނުން ކޯޓެއް ލެވުނީމަ! މިހާރު ސާފު!

  13. ދައިދަބޭ ސޮރު

    މިރުހުގެ ބޭނުމަކީ ކުޅިވުން ކުޅިވަންޏާ ކޮނމެމިރުހެއްވެސް އޯކޭ ކޮބާ އސޭމިރުން ކުދިންނޭ މޮޔަނުވޭ

  14. ފަސީލާ

    ކޮން ކަނޑޫދޫ މިރުހެއްތަ! ކުޅި ވަންޏާހެޔޮ ކޮންމެ މިރުހަކަސް! ރޯދަމަސް އަންނައިރަށް މި ވިޔަފާރިވެރިން ގަނޑު ހަމަ މޮޔަވާނެ!