އައްޑޫ ސިޓީގައި ދާދި ދެންމެއަކު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ވެމްކޯ މުއައްޒަފަކު ނިޔާވެއްޖެއެވެ.

ދެންމެ އައްޑޫ ހިތަދޫ ކުނި ކޮށި ކައިރިން ހިނގި އެކްސިޑެންޓްގައި އަނިޔާވި ފިރިހެން މީހާ ނިޔާވިކަން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވަނީ "ވަގުތު"އަށް ކަށަވަރު ކޮށްދީފައެވެ. އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ވެމްކޯގެ އައިޓީ ޓެކްނީޝަނެއް ކަމަށްވާ ހިތަދޫ ނަބީލް އިބްރާހީމެވެ.

މިއަދު ހިނގި އެކްސިޑެންޓް ހިނގާފައި ވަނީ މެޑި ސިޓީ ވޭނަކާއި ދެ ސައިކަލު ޖެހިގެންނެވެ. އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލުގައި ތިބި ދެމީހުންނަށެވެ.

އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑުގައި ހިތަދޫން މަރަދުއަށް ދުއްވާފައި ދިޔަ ވޭން ކޮންޓްރޯލް ނުވެ، ކުރިމަތިން ދިޔަ ސައިކަލެއްގައި ޖެހިފައި، ވޭން ކޮންޓްރޯލް ނުވެގެން ދިޔަ ވަގުތު މަގު އަނެއް ފަޅިއަށް އަރާ މަރަދޫން ހިތަދޫއަށް ދިޔަ އެހެން ސައިކަލެއްގައި ޖެހިގެންނެވެ.

މިއަދު ހިނގާ ދިޔަ އެކްސިޑެންޓްގެ ތެރެއިން --- ވަގުތު އިމޭޖްސް

ނަބީލް ނިޔާވެފައި ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. ހޮސްޕިޓަލުން ބުނެފައި ވަނީ އޭނާ ގެންދިޔަ އިރުވެސް ހާލު ސީރިއަސް ކަމަށެވެ.

މިއަދު ހިނގާ ދިޔަ އެކްސިޑެންޓްގެ ތެރެއިން --- ވަގުތު އިމޭޖްސް

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާގެ ފަޔަށް އަނިޔާތަކެއްވެ، އެ އަންހެން މީހާގެ އަތްވެސް ވަނީ ބިންދައިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސައިން

    إنّالله وإنّاإليه راجعون

    76
    2
  2. ...

    إنّالله وإنّاإليه راجعون

    19
    1
  3. ާބ

    إنّالله وإنّاإليه راجعون

    12
  4. Anonymous

    إنّالله وإنّاإليه راجعون

    10
  5. ޖޮބޭ

    إنّالله وإنّاإليه راجعون

  6. ޙަސަން

    إنّالله وإنّاإليه راجعون