ޕީއެންސީގެ ރައީސް ކަމަށް ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ވަގުތީ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ކުރިމަތި ލައިފިއެވެ.

ޕިއެންސީގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ޕާޓީގެ އިންތިގާލީ ނައިބު ރައީސުންގެ ގޮތުގައި މިހާރު ތިއްބެވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. އެ ދެ ބޭފުޅުން ވެސް ވަނީ އަންނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފަ އެވެ.

އަދުރޭ ވިދާޅުވީ، އެ ޕާޓީގެ އިންތިހާބުގެ ކަންތައް ދަނީ ވަރަށް މިނިވަން ކަމާއެކު ކަމަށާއި އޭނާ އެކު ދެން ރައީސް ކަމަށް ވާދަކުރައްވާ ބޭފުޅަކު އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މި މަހު 6 ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލިސް އިންތިހާބުގައި އަދުރޭއާ ވާދަކޮށް ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ގާނޫނީ ވަކީލް ސިރާޖެވެ. އަދުރޭ މިއަދު ވިދާޅުވީ ވޯޓު ނެގުމުގައި އޮޅުވާލުންތަކެއް އުޅޭ ކަމަށާއި، ފޮނަދޫ ދާއިރާވެސް އަލުން ރަނގަޅަށް ގުނި ނަމަ، ގޮނޑީގައި އިންނާނީ އޭނަ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތަކުރު

    އާނ ދޯ.. ކޮންމެވެސް އެއްކަމަކާ އުޅެންވާނެއްނުން.....

    2
    1
  2. އައިޝާ

    ކަލެޔާ ބުނާކަށް ކޮންމެވެސް ކަމެއް ކުރަންވާނެ.ކަމެއް ނެތިއްޔާ ތިޔަކަން ވެސް ކުރަން ފޫގަޅައިގެން ހުރޭ..ކީހާ ޅެން ފަރިއްސަވެ ، ކެއްކިހާ ބޮނޑިބަތް ކުނިވެ ،ހެދިހާ ދޮގުތައް ފަޅާއަރީމާ ދެން ވާނީ ވާނެގޮތް. މޮޅެތި އަދަދުތަކުން ހިސާބުޖަހައިގެން ކަލޭފާނު ފޮތާއި އަދުރޭ ފޮތާއި ދިމާނުވީ ތިހެންވެސް ވެދާނެ . ސަރުކާރު ޒިންމާ ދާރު ކުރުވާށޭ ކިޔައިގެން ގަޔަށް ބާރު ގަމީހާ ފަޔަށް ބާރު ފަޓުލޫނު ލައިގެން ހިނގިޔަސް ވާނޭކަމެއް ނޯންނާނެ.ކޮބާ އެއްކަލަ ވޯޓު އޮޅުވާލިއްޔޭ ކިޔާފަ އީސީ ސަރީފޫއޭ ގޮވަމުން ހިނގި ޒުވާނޭ..ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށިދަނޑު ގެއްލުނީމަ ދެން ބުނެލަން އޮތީ ވަރަށް ސަލާމޭ...މާތް ﷲ ގެ އިރާދަފުޅާއެކު 2018 ގައި އަޅުގަނޑުމެން މި ހޮވި ވެރިކަން ހެޔޮގޮތުގަ ރަނގގަޅުގޮތުގެ ދެމިއޮންނާނޭ .

  3. އަޙްމަދު

    އަދުރޭމެންވެއްޖެނު މިހާރު ޕާޓީގެ އިސްމަޤާމުތަކުން ދުރަންޖެހެން ތީކީ ރާއްޖޭގެ ރައްޔިތުން ބަލައިގަންނަ މީހެއް ނޫން. އަދަބެއް އަހުލާޤެއް އުޅުމެއް ސުލޫކެއްނެތް.

  4. އަޙްމަދު 24 އެޕްރީލް 2019 8.47

    އަދުރޭމެންވެއްޖެނު މިހާރު ޕާޓީގެ އިސްމަޤާމުތަކުން ދުރަންޖެހެން ތީކީ ރާއްޖޭގެ ރައްޔިތުން ބަލައިގަންނަ މީހެއް ނޫން. އަދަބެއް އަހުލާޤެއް އުޅުމެއް ސުލޫކެއްނެތް.