ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް، ރޯދަ އިނާޔަތެއްގެ ގޮތުގައި، ލ. ދަނބިދޫ ކޮންމެ ގެއެއްގެ ކަރަންޓް ބިލްގެ 50 ޕަސެންޓް ކައުސިލުން ދައްކަދޭން ނިންމައިފިއެވެ.

އޭގެ އިތުރުން މަސްދަޅު ކޭސްވެސް ކޮންމެ ގެއަކަށް ބަހާފައިވާ އިރު، އެކަން ނިންމާފައި ވަނީ ދަނބިދޫ ކައުންސިލްގެ 2019 ވަނަ އަހަރުގެ 15 ވަނަ ޖަލްސާގައެވެ.

ރަމަޟާމް މަހާ ދިމާކޮށް، ގިނަ ރަށްރަށުގެ ކައުންސިލްތަކުން އަންނަނީ އިނާޔަތްތައް ދެމުންނެވެ. އެގޮތުން އދ. މާމިގިލީ ކައުންސިލުން، އެރަށު ކޮންމެ ގެޔަކަށް ފިޔާ ބަސްތާއެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

މާމިގިލީ ކައުންސިލްގެ އިތުރުން އެކިއެކި ކައުންސިލްތަކުންވެސް ދަނީ ރަމަޟާން މަހަށް ހާއްސަކޮށްގެން އިނާޔަތްތައް ދެމުންނެވެ. އެގޮތުން ރ. އުނގޫފާރު ކައުންސިލުން ވަނީ އެރަށު ގޭގޭގެ ކަރަންޓް ބިލް، ރަމަޟާން މަހަށް ހިލޭ ކޮށްދީފައެވެ.

މީގެ ކުރިންވެސް ރަމަޟާން މަހާ ދިމާކޮށް، އާންމުނަށް ގިނަ ކައުންސިލްތަކަކުން އިނާޔަތްތައް ދެމުންދެއެވެ. އެގޮތުން ފިޔާ ފަދަ އެއްޗެއްސަކީ އާންމުކޮށް، ކޮންމެ ގޭބިސީއަކަށްވެސް ރޯދައަށް ބޭނުންވާނެ ތަކެއްޗެވެ. އޭޣޭ އިތުރުން ބައެއް ކައުންސިލްތަކުން ބިސް، އަލުވި އަދި ކާޑުގެ ބާވަތްތައްވެސް ރޯދަ އިނާޔަތުގެ ގޮތުގައި ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދޮންމުޙައްމަދު

    ރަނގަޅު ނިންމުމެއް ކަމުގައިވިޔަސް ތަފާތުކުރުން ބޮޑު ނިންމުމެއް. މުއްސަނދިން މުޅިގެ އޭސީ ކޮށްގެން ކަރަންޓް ބިލަށް -/4000ރުފިޔާ އަރުވާއިރު ނިކަމެތި ރައްޔިތުމީހާގެ ކަރަންޓް ބިލަށް އަރަނީ -/400ރުފިޔާ، މުއްސަނދިމިހާގެ ކަރަންޓްބިލްގެ %50 އަކީ ނިކަމެތި ރައްޔިތުމީހާގެ 5 މަހުގެ ކަރަންޓްބިލް ދެއްކޭ ވަރު. އަންފެއަރ

    10
    4
    • .....

      އެއީ ތަފާތު ކުރުން ކަމުގަ ނުބެލެވޭ

      6
      2
  2. .....

    ސަރުކާރުން ކަރަންޓު ހިލޭ ދޭނެ ގޮތެއް ނެތްތަ...އެއީ އަސާސީ ހިދުމަތަކަށްވާ އިރު ރައްޔިތުން މިޖެހެނީ އަގު ބޮޑުކޮށް ގަންނަން....ސަރުކާރަށް އާމްދަނީ ލިބޭ މިންވަރަށް ބަލާ އިރު ކަރަންޓް ހިލޭ ދެވޭނެ...

    5
    1
  3. ނޯގުޑް

    ތިއެތި ކަޑަ ތިއީ ރަޢިއްޔަތުންގެ ފައިސާ ތިފައިސާއިން މުއްސަދިމީހާއާއި ނިކަމެތި މީހާތަފާތުކުރުމަކީ ދެރަކަމެއް މުއްސަދިމީހާގެ ހިއްސާ ތިފައިސާގައި ބޮޑުވެ ނިކަމެތިމީހާގެ ހިއްސާ ބޮޑުވުމަކީ މުއްސަދިމީހާއާއި ނިކަމެތިމީހާއާއިދެމެދު ތިކައުންސިލުން ގެންގުޅޭ މިންވަރު ވަރަށްރަނގަޅަށް ދައްކުވައިދޭ ކަމެއް މުސްތަގުބަލްގައި އެކަން ނުކުރުމަށް ނަސޭހަތްތެރިވަން އަދި މިފަހަރުގެ ތިނިންމުން އަލުން މުރާޖަޢާކޮށް ބަދަލުކުރުމަށް ގޮވާލަން

    1
    2