ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު ހެނދުނު 6:45 ހާއިރު ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓު ހިނގީ ހުޅުމާލެ ހުވަނދު މާރުކޭޓު ގޯޅިން ނިކުތް ކާރެއް ބޮޑުމަގުން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެން ކަމަށެވެ.

މި ހާދިސާ ހިނގި ވަގުތު ސައިކަލް ގައި ދެމީހަކު ތިބިއިރު އަނިޔާވީ ސައިކަލްގެ ފަހަތުގައި ހުރި އަންހެނަކަށް ކަމަށާއި، އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގައި އެ އަންހެން މީހާގެ ވާއަތު ފައިގެ ކުޑަހުޅުމަތިން ދެ ތަނެއް ވަނީ ކަފައިގެން ގޮސްފައެވެ.

މިއަދު ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އަންހެނަކަށް އަނިޔާވިއިރު، އިއްޔެވެސް ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގާފައި ވެއެވެ. އެގޮތުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގަހެއްގައި ޖެހުނު އިރު ފަހުން ހިނގި އެކްސިޑެންޓެއްގައި ކާރަކާއި ސައިކަލެއް ޖެހި ދެމީހަކަށް އަނިޔާވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ށާ

    ސައިކަލް ފަހަތުގަައިނީ ބަނޑަށް 8 މަހުގެ މާބަނޑު އަންހެނެއް. ?

    3
    4
  2. ކިނިކްސް

    ކާރުތަކުގެ ދުވެލި ހަމަ ބާރީ

    3
    1